ފިލައިގެން އުޅެނިކޮށް އިންޓަޕޯލްއިން ރެޑް ނޯޓިސް ނެރެފައި އޮތް މީހަކު މާރާމާރީގެ މައްސަލައެއްގައި ހައްޔަރުކޮށްފި އެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި އިއްޔެ ހައްޔަރުކުރީ މުހައްމަދު ސިބްތު އަބްދުﷲ(19އ.) ނަމަކަށް ކިޔާ މީހެކެވެ.

އޭނާ ހައްޔަރުކުރީ ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ގްރޫޕް ހަދައިގެން ގިނަ ބަޔަކާއެކު މާރާމާރީ ހިންގައި އަމަން އަމާންކަން ނަގާލުމުގެ މައްސަލައިގައި ކަމަށް އަމުރުގައި ބުނެފައި ވެއެވެ.

އަމުރުގައި ބުނެފައިވާ ގޮތުގައި ސިބްތު ފިލައިގެން އުޅޭތާ ހަތް މަސް ދުވަސްވެސް ވެއްޖެ އެވެ. ސިބްތު ހައްޔަރުކުރަން އިންޓަޕޯޓްއިން ރެޑް ނޯޓިސް ނެރުނީ ކީއްވެގެން ކަމެއް ބުނެފައެއް ނުވެއެވެ.

އަދި ސިބްތު ފިލުމުގެ ފުރުސަތު މަތީ ދަރަޖައަކަށް އެބައޮތް ކަމަށާއި އަދި އޭނާއަކީ މުޖުތަމައުގެ ސަލާމަތައް ނުރައްކާ އޮތް މީހެއް ކަމަށް ބުނެ އޭނާގެ ތަހުގީގު ނިމެންދެން ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރުމަށް ކޯޓު އަމަރުގައި ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން