ދެ އެޕާޓްމަންޓަކާއި ދެ ކާރަކުން ކިލޯއަކަށް ވުރެ ގިނަ ޑްރަގު އަތުލައި ބަޔަކު ހައްޔަރުކޮށްފިއެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 18 އަހަރުގެ ފިރިހެނަކާއި 22 އަހަރުގެ ފިރިހެނެއްގެ އިތުރުން 24 އަހަރުގެ ދެ ފިރިހެނުން ނެވެ. މިއީ ހުސް ދިވެހީންނެވެ.

ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައިވާ ގޮތުން މި މީހުން ދިރިއުޅުނު އެޕާޓްމަންޓުން ޓްރެފިކިން މިންގަނޑަށް ފެތޭ މަސްތުވާތަކެއްޗާއި މަސްތުވާތަކެތި ބަންދުކުރާ އާލާތްތައް ފެނިފައިވާ ކަމަށެވެ.

އަދި އެ މީހުންނަކީ ނެޓްވޯކެއްގެ ތެރެއިން މަސްތުވާތަކެތިި ވިއްކާ ބައެއް ކަމަށް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުންގެ ރިޕޯޓްފައި ބުނެފައިވެއެވެ.

އެ މައްސަލައާ ގުޅިގެން އިތުރު އެޕާޓްމަންޓަކާއި ދެ ކާރެއް ބަލައި މަސްތުވާތަކެތި ހޯދި ކަމަށާއި އަދި ޖުމްލަ އެއް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަތް ކަމަށް ބުނެފައި ވެއެވެ.

އެ މައްސަލައިގައި އެކަކު 20 ދުވަހަށް އަދި ދެން ތިބި ތިން މީހުން 15 ދުވަހަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުވެސްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން