ހދ. ކުޅުދުއްފުށީ ފަޅުތެރޭގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްފަހު މާލެ ގެނެސްފިއެވެ.
ކުޅުދުއްފުށީ ފަޅު ތެރޭގައި މަރުވެފައި އޮއްވާ ފެނުނު އެރަށު ޑޭޒީފެހި، މުހައްމަދު ހަސަންގެ ހަށިގަނޑު ޕޯސްޓްމޯޓަމް އަށްފަހު މާލެ ގެނެސްފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
މުގައްމަދު ހަސަން މަރުވެފައި އޮއްވާ ފެނިގެން ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ މިމަހުގެ 11 ވަނަ ދުވަހުގެ ހެނދުނު 8:30 ހާއިރެވެ. އޭނާގެ ހަށިގަނޑު ފެނިފައިވަނީ އެރަށު އުތުރު ބަނދަރުގެ ފަޅުތެރެއިންނެވެ.
އޭނާގެ ހަށިގަނޑު ފެނިގެން ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ވަނީ މަރުވެފައިކަމަށް މީގެ ކުރިން އެރަށު ހޮސްޕިޓަލުން ބުނެފައިވީނަމަވެސް، މި މަރާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންތައްތަކެއް ހުރުމުން ޕޯސްޓްމޯޓަމް ހެދުމަށް މިދިޔަ ހަފްތާގައި އޭނާގެ ހަށިގަނޑު ވަނީ ރާއްޖެއިން ބޭރަށް ފޮނުވާފައެވެ.
ޕޯސްޓްމޯޓަމް ހެދުމަށްފަހު 36 އަހަރުގެ މުހައްމަދު ހަސަންގެ ހަށިގަނޑު މިހާރު މާލެ ގެނަސްފައިވާއިރު، އޭނާގެ ކަށުނަމަދު އޮންނާނީ މިއަދުގެ އަސްރު ނަމާދަށްފަހު ހުޅުމާލޭ ސަހަރާގައެވެ.
މިހާރު ފުލުހުން މި މައްސަަލަ ތަހުގީގު ކުރަމުންދާއިރު، ތަހުގީގާަ ގުޅޭ އިތުރު މައުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު