އަލަށް ނެރުނު އައިފޯނު ގަތުމަށް ފިރިހެނަކު 21 ގަޑިއިރު ވަންދެން މުމްބާއީގެ އެޕަލް ސްޓޯރުގެ ކުރިމަތީގައި ކިޔޫގައި މަަޑުކުރިކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.
އިންޑިއާގެ ބާޒާރަށް އިއްޔެގެ ވަގުތެއްގައި އައިފޯނު 16 ނެރެފައިވާއިރު، މި ފޯން ގަތުމަށްޓަކައި އެތައް ބަޔަކު ވަނީ މަގުގަތީގައި އެތައް އިރެއް ވަންދެން ކިޔޫ ހަދައިގެން މަޑުކޮށްފައެވެ. އެގޮތުން ހިންދުސްތާނީ ޓައިމްސްގައިވާ ރިޕޯޓެއްގައި ބުނެފައިވަނީ މުމްބާއީގެ ބަންޑްރާ ކުރުލާ ކޮމްޕްލެކްސް (ބީކޭސީ) ގައި ހުންނަ އެޕަލް ސްޓޯރަށްވެސް އިއްްޔެ އެންމެ ފުރަތަމަ ވަދެފައިވަނީ މިފަދައިން އެތައް އިރުތަކެއް ވަންދެން އިންތިޒާރު ކުރި ފިރިހެނެއް ކަމަށެވެ.
އިންޑިއާގެ އަހްމަދުއާބާދަށް ނިސްބަތްވާ އުޖުވަލް ޝާހު އަކީ އެޕްލްގެ އުފެއްދުންތަކުގެ ބޮޑު ފޭނަކަށް ވީއިރު އޭނާވަނީ އާ އައިފޯނު ނިކުންނާތީ އެ ގަތުމަށްޓަކައި މުމްބާއީގެ ބީކޭކޭގެ އެޕަލް ސްޓޯރު ކުރިމަތީގައި 21 ގަޑިއިރު މަޑުކޮށްފައެވެ.
އުޖުވަލު އަކީ އެންމެ ފުރަތަމަ އެތަނަށް ދިޔަ މީހާ ކަމަށްވީއިރު، އެންމެ ފުރަތަމަ އެޕަލްސްޓޯރަށް އިއްޔެ ވަނުމުގެ ފުރުސަތުވެސް ލިބިފައިވަނީ އޭނާއަށެވެ. އޭނާ ބުނެފައިވަނީ އައިފޯނު 16 ގައި ތަފާތު އާ ފީޗާސްތަކެއް ހުރުމުން އެ ކަންތައް ޓެސްޓު ކުރަން އޭނާ ހުރީ ކެއްމަދުވެފައި ކަމަށެވެ.
މީގެ އިތުރުން ބެންގަލޫރުގެ މީހެއް ކަމަށްވާ ވިވެކް ވެސް މި ފޯނު ގަތުމަށްޓަކައި އިއްޔެ ފަތިހު 4 ޖެހީއްސުރެން އެޕަލް ސްޓޯރ ކުރިމަތީގައި ހުރީ ކިޔޫގައި ކަމަށް ރިޕޯޓުގައި ވެއެވެ.
އައިފޯނަކީ އަލަށް ބާޒާރަށް ނިކުންނަ ދުވަހު އާ ސްޓޮކް ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ވިކި ހުސްވާ ޑިމާންޑް އޮންނަ ބްރޭންޑަކަށް ވާތީ އެޕަލް ސްޓޯރު ކުރިމަތީގައި މި ނޫނަސް ވަރަށް ގިނަ މީހުން މަޑުކޮށްގެން ތިބިކަަން އެކްސްގައި ހިއްސާ ކޮށްފައިވާ ވީޑިއޯ ތަކުން ހަމަވެއެވެ.

ކިޔުންތެރިންގެ ހިޔާލު