މަރްޔަމް ނަހްދާ ވަޙީދު   21 ސެޕްޓެމްބަރު 2024 - 0:31
ކޮތަނބިރި ފަރާއި އޮށަކީ ވަރަށް ފައިދާހުރި އެއްޗެއް- ގޫގުލް އިމޭޖެސް
ކޮތަނބިރި ފަރާއި އޮށަކީ ވަރަށް ފައިދާހުރި އެއްޗެއް- ގޫގުލް އިމޭޖެސް
ތައިރޮއިޑަކީ އަޅުގަނޑުމެންގެ ހަަށިގަނޑަށް ބޭނުންވާ ހުރިހާ ހޯމޯނުތަކެއް ބޭރުކޮށްދޭ އެންޑޯކްރައިން ގްލޭންޑެވެ. ތައިރޮއިޑު މައްސަލަ ހުންނަ ނަމަ އޭގެ ސަބަބުން ހަށިގަނޑުގެ ހުރިހާ ނިޒާމަކަށްވެސް ބުރޫ އަރައި، އޭގެ ސަބަބުން މީހާގެ ދިފާއީ ނިޒާމުވެސް ބަލިކަށިވެއެވެ. އެހެންކަމުން ތައިރޮއިޑުގެ ސިއްހަތަށް ބަލައި، ތައިރޮއިޑުގެ އެކި ބަލިތަކުން ދުރުވުމަށް ކޮންމެ މީހަކުވެސް ބޭނުން ވެއެވެ.

ޒަމާނުއްސުރެ މީހުން ތަފާތު އެކި ގޮތްގޮތަށް ތައިރޮއިޑު މައްސަލަތައް ހައްލު ކުރަން މަސައްކަތް ކުރެއެވެ. ނަމަވެސް ދިރާސާތަކުން ދައްކާ ގޮތުގައި ތައިރޮއިޑުގެ މައްސަލަތައް ހައްލު ކުރުމަށް ބޭނުން ކުރުން އެންމެ ރަނގަޅު އެއް ބާވަތަކީ ކޮތަނބިރި އެވެ. އެހެންކަމުން މިފަހަރު މި ހިމަނާލަނީ ތައިރޮއިޑު މައްސަލަތައް ހައްލު ކުރުމަށް ކޮތަނބިރި ބޭނުންކުރުމުން އެހީވެދޭ ބައެއް ގޮތްތަކެވެ.

ދިފާއީ ނިޒާމު ވަރުގަދަ ކޮށްދޭ



ކޮތަނބިރި އަކީ މީހާގެ ދިފާއީ ނިޒާމު ވަރުގަދަ ކޮށްދޭ އެއްޗެކެވެ. މިއީ ގިނަ އަދަދަކަށް އެންޓި-އޮކްސިޑެންޓުތައް ހިމެނޭ އެއްޗެއްކަމުން މި ބޭނުން ކުރުމުން މީހާގެ ދިފާއީ ނިޒާމު ވަރުގަދަވެ، އޭގެ ސަބަބުން ހަށިގަނޑު އެކިކަހަލަ ބަލިތަކުން ރައްކާތެރި ކޮށްދެއެވެ. އަދި އޭގެ ސަބަބުން ތައިރޮއިޑުގެ ސިއްހަތު ރަނގަޅުވެ ތައިރޮއިޑު މައްސަލަތަކުން މީހާ ދުރުވެއެވެ.

ކޮލެސްޓުރޮލް ދައްކޮށްދޭ



ކޮތަނބިރި އަކީ ލޭގައި ކޮލެސްޓްރޮލް ހުންނަ ވަރުވެސް ދައްކޮށްދޭ އެއްޗެކެވެ. ހަށިގަނޑުގައި ކޮލެސްޓްރޮލް ގިނަވާނަމަ އޭގެ ސަބަބުން ތައިރޮއިޑު މައްސަލަތައް މެދުވެރިވެއެވެ. އެހެންކަމުން ކޮތަނބިރި ބޭނުން ކުރުމުން ހަށިގަނޑުގައި ކޮލެސްޓްރޮލް ހުންނަ މިންވަރު އެއް ހަމަ އެއްގައި ހިފަހައްޓައިދީ، އޭގެ ސަބަބުން ތައިރޮއިޑު ހޯމޯނުތައް ރެގިއުލޭޓު ވެއެވެ. އަދި އޭގެ ސަބަބުން، ތައިރޮއިޑު މައްސަލަތަކުން މީހާ ދުރުވެއެވެ.

ތައިރޮއިޑު ބާރުގަދަ ކޮށްދޭ

ކޮރިއެންޑާ އަކީ އޭގައި ގިނަ އަދަދަކަށް ވިޓަމިން ހިމެނޭ އެއްޗެކެވެ. އޭގެ ތެރޭގައި ވިޓަމިން އޭ، ސީ އަދި ކޭ ހިމެނެއެވެ. އެހެންކަމުން މި ބޭނުން ކުރުމުން ފްރީ ރެޑިކަލްގެ ސަބަބުން ހަށިގަނޑުގެ ސެލްތަކަށް ދިމާވާ އެކި މައްސަލަތައް ހައްލު ކޮށްދެއެވެ. އަދި މިކަމުގެ ސަބަބުން ތައިރޮއިޑު ބާރުގަދަވެ، އޭގެ އެންމެ ފުރިހަމަ ގޮތުގައި މަސައްކަތް ކުރެއެވެ.

މަސްދަރު: ލައިވްމިންޓު.ކޮމް


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން