ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި ހަށިގަނޑަށް ބޭނުންވާ ވަރަށް ނިއުޓްރިއެންޓުތައް ލިބުމަކީ ވަރަށް މުހިންމު ކަމެކެވެ. ހަށިގަނޑަށް ބޭނުންވާ ވަރަށް ނިއުޓްރިއެންޓު ނުލިބޭނަމަ އޭގެ ސަބަބުން ތަފާތު އެކި މައްސަލަތައް ދިމާވެއެވެ. އަދި އެކަމުގެ ނިޝާންތައް ހަށިގަނޑުން ފެންނަން ހުންނާނެއެވެ. އެހެންކަމުން މިފަހަރު މި ހިމަނާލަނީ ބޭނުންވާ ވަރަށް ނިއުޓްރިއެންޓު ނުލިބޭނަމަ ފެންނާނެ ބައެއް ނިޝާންތަކެވެ.
އަބަދު ވަރުބަލިވުން
އަބަދު ވަރުބަލިވާނަމަ އެއީ ހަށިގަނޑަށް ބޭނުންވާ ވަރަށް ނިއުޓްރިއެންޓު ނުލިބޭ ކަމުގެ ނިޝާނެކެވެ. އެގޮތުން ހަށިގަނޑަށް ބޭނުންވާ ވަރަށް އަޔަން، ނުވަތަ ވިޓަމިން ބީ12 ނުލިބޭނަމަ އަބަދުވެސް ވަރުބަލިކަން އިހުސާސް ކުރެވޭނެއެވެ. މިކަން މިހެން ވަނީ މި މާއްދާތަކަކީ ހަކަތަ އުފައްދައިދިނުމުގައި އެހީވާ މާއްދާތަކަށް ވާތީއެވެ. އެހެންކަމުން މި މައްސަލަ ދިމާވާނަމަ ޑޮކްޓަރަށް ދެއްކުމަކީ ވަރަށް މުހިންމު ކަމެކެވެ.
އިސްތަށި ފޭބުން
އަބަދު ބޮލުން އިސްތަށި ފައިބާނަމަ އެއީވެސް ހަށިގަނޑަށް ބޭނުންވާ މާއްދާތައް އެތެރެ ނުވާތީ ވާ ކަމެއް ކަމަށް ވެދާނެއެވެ. އެގޮތުން ހަށިގަނޑަށް ބޭނުންވާ ވަރަށް ޕްރޮޓީން، އަޔަން އަދި ބަޔޮޓިން އާއި ވިޓަމިން ޑީ ނުލިބޭނަމަ ބޮލުން އިސްތަށިފައިބާނެއެވެ. ސަބަބަކީ މި މާއްދާތަކަކީ ބޮލުގައި އިދްތަށި ފެޅުމަށާއި، އިސްތަށިގަނޑު ވަރުގަދަ ކުރުމުގައި އެހީވެދޭ މާއްދާތަކަކަށް ވާތީއެވެ.
ނިޔަފަތި ހަލާކުވުން
ފަސޭހަކަމާއެކު ނިޔަފަތިތައް ހަލާކުވެ، ބިންދައިގެން ދާނަމަ އެއީވެސް ހަށިގަނޑަށް ބޭނުންވާ ނިއުޓްރިއެންޓުތައް ނުލިބޭތީ ވާކަމެއް ކަމަށް ވެދާނެއެވެ. އެގޮތުން ހަށިގަނޑަށް ބޭނުންވާ ވަރަށް ޒިންކު، އަޔަން އަދި ބިޔޮޓިން ނުލިބޭނަމަ މިމައްސަލަ ދިމާވާނެއެވެ. ސަބަބަކީ މި މާއްދާތަކަކީ ނިޔަފަތީގެ ސިއްހަތު ރަނގަޅުކޮށް، ނިޔަފަތިތައް ވަރުގަދަ ކޮށްދޭ މާއްދާތަކަަކަށް ވާތީއެވެ.
ފަސޭހައިން ބަލިތައް ޖެހުން
ވަރަށް ފަސޭހަކަމާއެކު އަރިދަފުސް ރޯގާ ފަދަ ބަލިތައް ޖެހޭނަމަ އެއީވެސް ހަށިގަނޑުގައި ނިއުޓްރިއެންޓުތައް މަދުކަމުގެ އަލާމާތެކެވެ. އެގޮތުން ހަށިގަނޑަށް ބޭނުންވާ ވަރަށް ޒިންކު، ވިޓަމިން ސީ އަދި މިނޫނަސް ދިފާއީ ނިޒާމު ވަރުގަދަ ކޮށްދޭ ނިއުޓްރިއެންޓުތައް އެތެރެ ނުވާނަަމަ، މީހާގެ ދިފާއީ ނިޒާމު ބަލިކަށި ވެއެވެ. އަދި އޭގެ ސަބަބުން ފަސޭހަކަމާއެކު ބަލިތައް ޖެހެއެވެ. ވީމާ އަބަދު ބަލިވާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ ވަރަށް މުހިންމު ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު