"ފަޒީސް ހިޖާމާ ތެރަޕީ"ގެ ނަމުގައި ހިޖާމާގެ ހިދުމަތް ދެމުންގެންދާ ކްލިނިކުން ހިޖާމާ ޖެހުން ހުއްޓާލައިފި އެވެ.

ހެލްތު މިނިސްޓްރީއަށް ލިބެމުންދާ އެކި ޝަކުވާތަކާ ގުޅިގެން ފަޒީ ހިޖާމާ ޖެހުން ހުއްޓާލަން އެކި ފަހަރު މަތީން މިނިސްޓްރީން އޮތީ އަންގައިފަ އެވެ.

އެގޮތުން އެންމެ ފަހުން އެކަން އެންގީ މި މަހުގެ ކުރީކޮޅު އެވެ. އަދި ލައިސެންސް ލިބެންދެން ހިޖާމާ ޖެހުން ހުއްޓާލަން އޮތީ އަންގައިފަ އެވެ.

ނަމަވެސް މިނިސްޓްރީން އެކަން އެންގުމުންވެސް އެ ކްލިނިކްގެ ވެރިޔާ ފަޒީލާ އުސްމާން ބުނީ ހިޖާމާ ހުއްޓާނުލާނެ ކަމަށެވެ.

ނަމަވެސް މި ފަހުން އައިސް ފަޒީގެ ފޭސްބުކް ޕޭޖުގައި ޕޯސްޓުތައް ކުރާލެއް ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ.

ފަޒީގެ ކްލިނިކަަށް "ރަސް"އިން ގުޅުމުން ބުނީ ލައިސެންސް ލިބެންދެން މިހާރު ހިޖާމާ ޖެހުން ހުއްޓާލައިފައިވާ ކަމަށެވެ.

މީގެ ކުރިން ވެސް ހެލްތު މިނިސްޓްރީން އެންގުމުން ފަޒީ ހިޖާމާ ޖެހުން ހުއްޓާލި އެވެ. ނަމަވެސް ދުވަސްކޮޅެއް ނުވެ އެކަން ފެށި އެވެ. ހެލްތު މިނިސްޓްރީން ބުނީ ފަޒީ ހިދުމަތް ފެށީވެސް ލައިސެންސް ނެތި ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން