ދިވެހިރާއްޖޭގައި ކެންސަރު ބައްޔަށް ޚާއްސަ ސެންޓަރެއް ޤާއިމްކުރުމުގެ މަސައްކަތް އިނގިރޭސިވިލާތާއި އިންޑިއާގެ ކުންފުންޏަކާ ގުޅިގެން ކުރިއަށް ގެންދިއުމަށް ރަސްމީކޮށް ޙަވާލުކޮށްފިއެވެ.
ހުޅުމާލެ ހޮސްޕިޓަލުގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ މި ސެންޓަރުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ އިނގިރޭސިވިލާތުގެ ކުއަންޓަމްހައިޓްސް ލިމިޓެޑާއި، އިންޑިއާގެ އޭންވެސްކިއުލާ ޓެކްނޮލޮޖީ ޕްރައިވެޓް ލިމިޓެޑާއެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމްއެވެ. އަދި މި މަސައްކަތް ހަވާލުކުރި ކޮންސޯޓިއަމްގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިން އޮފިސަރ އެންޑް ޑިރެކްޓަރ ޗިންތަން ސޯނީއެވެ.
ރޭޑިއޭޝަނަށް ޚާއްސަ ޗެމްބަރަކާއެކު ތަރައްޤީކުރާ މި ސެންޓަރަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ މުހިންމު މަޝްރޫޢެކެވެ. ރާއްޖޭގެ ޞިއްޙީ ނިޒާމު ހަރުދަނާކޮށް، ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން މި ސެންޓަރު ޤާއިމްކުރުމަށް ވަނީ ނިންމަވާފައެވެ.
މި ސެންޓަރުގެ ޚިދުމަތް ފެށުމާއެކު، ރާއްޖޭގައި ކެންސަރު ބައްޔަށް ދެވޭ ޚާއްސަ ފަރުވާތައް އިތުރަށް ހަރުދަނާވެގެންދާނެއެވެ. އަދި ކެންސަރު ބަލީގެ ފަރުވާއަށް ރާއްޖެއިން ބޭރަށް ދާންޖެހޭ މީހުންގެ ނިސްބަތް ބޮޑުތަނުން މަދުވެ، އަމިއްލަ ޤައުމުގައި ތިބެގެން ފެންވަރު ރަނގަޅު، އިތުބާރުހުރި ޞިއްޙީ ފަރުވާ ލިބިގެންދާނެ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން މަޢުލޫމާތު ދެއެވެ.

ކިޔުންތެރިންގެ ހިޔާލު