ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އެއްގަމު އުޅަނދު ދުއްވުމުން 30 ދުވަހުގެ މުއްދަތަށް އެ އުޅަނދެއް ހިފެހެއްޓޭ ގޮތަށް އުޅަނދުތައް ދޫކުރުމާ ގުޅޭ އައު އުސޫލުގައި ކަނޑައަޅައިފިއެވެ.
މިނިސްޓްރީ އޮފް ޓްރާންސްޕޮޓޭޝަން އިން ބުނީ އާ އުސޫލުތަކުގެ ދަށުން، އެކި ބާވަތުގެ ކުށްތަކާ ގުޅިގެންގެން ހިފެހެއްޓޭ އުޅަނދުތައް ދޫކުރެވޭނެ މުއްދަތުތައް ކަނޑައަޅާފައިވާ ކަމަށެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭ އުޅަނދުތައް ދޫކުރުމާ ގުޅޭ އައު އުސޫލުތައް މިހާރު އިއުލާނުކޮށްފައިވާއިރު އާ އުސޫލުތަކުގެ ދަށުން، ދުވެލީގެ މިންގަނޑާ ހިލާފަށް ދެ ފަހަރަށް ވުރެ ގިނައިން ދުއްވުމުގެ ސަބަބުން ހިފެހެއްޓޭ އުޅަނދުތައް ދޫކުރެވޭނީ 15 ދުވަހުގެ މުއްދަތު ހަމަވުމުންނެވެ.
ލައިސަންސް ނެތި ދުއްވުމުގެ ސަބަބުން ހިފެހެއްޓޭ އުޅަނދުތަކާއި، އުޅަނދުގެ އަސްލު ގެއްލޭގޮތަށް ބަދަލު ގެނެސްގެން ދުއްވާ އުޅަނދުތައް ދޫކުރެވޭނީ 15 ދުވަހުގެ މުއްދަތު ހަމަވުމުން ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ދޫކުރެވޭނީ 48 ގަޑިއިރު ހަމަވުމުން ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ރަޖިސްޓްރީ ނަންބަރާ ގުޅޭ މައްސަލަތަކުގައި ހިފެހެއްޓޭ އުޅަނދުތަކާއި، އިންޖީނު އަދި ޗެސިސް ނަންބަރަށް ބަދަލު ގެނެސްގެން ދުއްވާ އުޅަނދުތަކާ ގުޅޭ ހާއްސަ އުސޫލުތަކެއް ވެސް ކަނޑައަޅާފައިވާ ކަމަށެވެ. އަދި އެކްސިޑެންޓުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ އުޅަނދުތައް ދޫކުރެވޭނީ ތަހުގީގު ނިމުމަށްފަހު ހަތް ދުވަހުގެ ތެރޭގައި ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.
މިނިސްޓްރީން ބުނީ އާ އުސޫލުތަކުގެ މަގްސަދަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކޮށް، ގާނޫނާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ބާރުއެޅުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު