ކިރަން ރާއޯ، ލާޕަތާ ލޭޑީސް ޕޯސްޓަރު- ގޫގުލް އިމޭޖެސް
ކިރަން ރާއޯ، ލާޕަތާ ލޭޑީސް ޕޯސްޓަރު- ގޫގުލް އިމޭޖެސް
އިންޑިއާގެ ފިލްމު ފެޑެރޭޝަނުން 2025ގެ އޮސްކާ އެވޯޑްސް އަށް ކިރަން ރާއޯގެ ފިލްމު ލާޕަތާ ލޭޑީސްގެ ނަން ފޮނުވާފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

ބޮލީވުޑް ހަންގާމާގައިވާ ރިޕޯޓެއްގައި ބުނެފައިވަނީ 2025 ގެ އޮސްކާ އެވޯޑްސް އަށް އިންޑިއާގެ އެންޓްރީ އެއްގެ ގޮތުގައި ހިންދީ ފިލްމު ލާޕަތާ ލޭޑީސް ކަނޑައަޅާފައިވާ ކަމަށާއި، މިހާރު އިންޑިއާގެ ފިލްމު ފެޑެރޭޝަން އިން މި ފިލްމުގެ ނަން އޮސްކާގެ ޓީމަށްވެސް ފޮނުވާފައިވާ ކަމަށެވެ. އަދި މި ފިލްމު އޮސްކާ އެވޯޑަށް ފާސްވުމަކީ ކިރަން ރާއޯ އަށާއި، އިންޑިއާގެ ފިލްމު އިންޑަސްޓްރީ އަށްވެސް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ރިޕޯޓުގައި ވެއެވެ.

މި ފިލްމުގެ ވާހަކަ ބިނާވެފައިވަނީ އަންހެނަކު އޭނާގެ ފިރިމީހާ ގެއްލިގެން، އޭނާ ހޯދުމަށްޓަކައި ކުރާ ކަންތަކުގެ މައްޗަށެވެ. މި ފިލްމުގެ ތަރިންގެ ތެރޭގައި ނިތާންޝީ ޖޮއެލް އާއި، ޕްރަތިބާ ރަންތާ އާއި، ސްޕާޝް ސްރިވަސްތަވާ އަދި ޗަޔާ ގަދަމް ހިމެނެއެވެ.

ލާޕަތާ ލޭޑީސް އަށް އޮސްކާރ އެއް ލިބުމަކީ ކިރަން ގެ ހުވަފެނެއްކަމަށް އޭނާ ވަނީ ދާދި ފަހުން ޕީޓީއައި އަށް ދިން އިންޓަވިއުއެއްގައި ބުނެފައެވެ. އަދި މި އެވޯޑަށް އެ ފިލްމު ހުށަހެޅިފައިވުމަކީވެސް ފިލްމަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް އޭނާ ވަނީ ފާހަގަ ކޮށްފައެވެ.

އޮސްކާ އެވޯޑްސް ނުވަތަ އެމެރިކާގެ އެކަޑެމީ އެވޯޑަކީ އެއަހަރެއްގެ އެންމެ މަގުބޫލު ފިލްމީ ތަރިންނާއި ފިލްމުގެ އެކި އެކި މަސައްކަތްތައް ފާހަގަކޮށް ދޭ އެވޯޑެކެވެ. މި އެވޯޑުގައި އެކި އެކި ކެޓަގަރީތައް ހިމެނޭއިރު، ބަައިނަލްއަގުވާމީ ފިލްމު ކެޓަގަރީއެއްވެސް އިންނަކަން ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން