މަރްޔަމް ނަހްދާ ވަޙީދު   24 ސެޕްޓެމްބަރު 2024 - 0:15
ބޮލީވުޑްގެ ތަރި ޓައިގާރ ޝްރޮފް- ގޫގުލް އިމޭޖެސް
ބޮލީވުޑްގެ ތަރި ޓައިގާރ ޝްރޮފް- ގޫގުލް އިމޭޖެސް
ބޮލީވުޑްގެ ތަރި ޓައިގާ ޝްރޮފްގެ ކުރިއަށް އޮތް ފިލްމު "ބާގީ 4" ގެ މަސައްކަތް މިމަހު ފަށާނެ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

ޕިންކްވިލާގައިވާ ރިޕޯޓެއްގައި ބުނެފައިވަނީ އެތައް ބައެއްގެ މެދުގައި މަގުބޫލުވެފައިވާ ބާގީ ފްރެންޗައިސްގެ 4 ވަނަ ފިލްމު އުފެއްދުމުގެ މަސައްކަތްތައް މިމަހު ފެށޭނެ ކަމަށާއި، މި ފިލްމުގެ ޝޫޓިންގްތައް ނޮވެމްބަރުގައި ފަށާނެ ކަމަށެވެ. އަދި މި ފިލްމަކީ ބާގީ ފްރެންޗައިސްގެ އެންމެ ބޮޑު ފިލްމު ކަމަށްވެސް ރިޕޯޓުގައި ވެއެވެ.

އެކްޝަން މަންޒަރުތައް ހިމެނޭ ބާގީ ފްރެންޗައިސްގެ ހުރިހާ ފިލްމުތަކަކީވެސް ހިޓު ފިލްމުތަކެއް ކަމަށް ވުމުން މި ފިލްމަކީވެސް ހަމަ ކުރީގެ ފިލްމުތައް ފަދަ ހިޓު، އަދި އެތައް ބައެއްގެ މެދުގައި މަގުބޫލު ވާނެ ފިލްމަކަށް ހެދުމަށް ފިލްމުގެ އުފެއްދުންތެރިން މަސައްކަތް ކުރާ ކަމަށްވެސް ރިޕޯޓުގައި ވެއެެވެ.

ޓައިގާ ޝްރޮފް އަކީ ގިނަ އެކްޝަން ފިލްމުތަކަކުން ފެނިފައިވާ، އެތައް ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ތަރިއެކެވެ. އޭނާ ދެން އެންމެ އަވަހަށް ފެނިގެންދާނީ "ސިންގަމް އަގެއިން" އިންނެވެ. އަދި ސިދާތު އަނަންދު އުފައްދާ ފިލްމު "ރާމްބޯ" އިންވެސް ޓައިގާ ފެންނާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން