ދިވެހި ސިފައިން ތަމްރީނެއްގައި
ދިވެހި ސިފައިން ތަމްރީނެއްގައި
ސިފައިންގެ ތަމްރީނު މަރުކަޒު، ގިރިފުށީގައި ކޯވިޑް-19 ފެތުރި އިތުރު 27 މީހަކު ޕޮޒިޓިވް ވެއްޖެ އެވެ.

ގިރިފުށިން އެންމެ ފުރަތަމަ ކޮވިޑަށް ޕޮޒިޓިވްވީ ސިފައިންގެ ހަތަރު މީހެކެވެ. އެމީހުން ޕޮޒިޓިވްވުމާއި ގުޅިގެން އެރަށަށް އަރާ ފޭބުން މަނާކޮށް ގިރިފުށި ވަނީ މޮނިޓަރިންގެ ހާލަތަށް ގެންގޮސްފަ އެވެ. އަަދި އެރަށުގައި ދެން ތިބި ސިފައިންގެ ޓެސްޓްތައް ވެސް ވަނީ ހަދާފަ އެވެ.

ނަމަވެސް އޭގެ ފަހުން ސިފައިންގެ 27 މީހަކު ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. އަދި އެކަމާއި ގުޅިގެން ގިރިފުށީގައި ސިފައިން ހަދަމުންދިޔަ ތަމްރީންތައް ވަގުތީ ގޮތުން މިހާރު ވަނީ ހުއްޓާލާފަ އެވެ.

ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ފްރަންޓްލައިންގައި އެންމެ މުހިންމު ދައުރެއް އަދާކުރަމުންދާ އެއް މުއައްސަސާއަކީ ސިފައިންނެވެ. ކޮވިޑްގެ ބަލި މީހުން އެއް ތަނުން އަނެއް ތަނަށް އުފުލުމާއި ބަލި މީހުން ތިބޭ ފެސިލިޓީތައް ބަލަހައްޓަމުން ގެންދަނީ ވެސް ސިފައިންނެވެ.

އެމްއެންޑީއެފުން މީގެ ކުރިން ބުނެފައިވަނީ، ސިފައިންގެ ތެރެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ހާމަ ކުރުން ހުއްޓާލާފައިވާ ކަމަށެވެ. ނަމަވެސް ފުުލުހުންގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަދިވެސް ހާމަ ކުރެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން