މަރްޔަމް ނަހްދާ ވަޙީދު   25 ސެޕްޓެމްބަރު 2024 - 0:21
މާބަނޑު އަންހެނަކު ތައްޔާރީ ކާނާ ކަނީ- ގޫގުލް އިމޭޖެސް
މާބަނޑު އަންހެނަކު ތައްޔާރީ ކާނާ ކަނީ- ގޫގުލް އިމޭޖެސް
މާބަނޑުވުމުން މީހާގެ ހަށިގަނޑަށް ބޮޑެތި ބަދަލުތައް އައިސް ކެއިން ބުއިމަށްވެސް ބޮޑެތި ބަދަލުތަކެއް އާދެއެވެ. މިދުވަސްވަރު ތައްޔާރީ ކާނާ ކަވައިގަންނަ ވަރު އިތުރުވެ، އޭގެ ސަބަބުން ބައެއް މީހުން އަބަދުހެން ތައްޔާރީ ކާނާ ކައިއުޅޭތަން ވެސް ފެނެއެވެ. ނަމަވެސް މާބަނޑު ދުވަސްވަރު މާ ގިނައިން ތައްޔާރީ ކާނާ ކާނަަމަ އޭގެ ސަބަބުން ސިއްހަތަށް ގެއްލުންވާކަން ވަރަށް ގިނަ ދިރާސާތަކުން ދައްކައެވެ. ތިރީގައި މި ހިމަނާލަނީ މާބަނޑު އިރު ތައްޔާރީ ކާނާ ކެއުމުން ލިބޭ ބައެއް ގެއްލުންތަކެވެ.

ހަޖަމުގެ މައްސަލަތައް ޖެހޭ



މާބަނޑު ދުވަސްވަރު މާ ގިނައިން ތައްޔާރީ ކާނާ ކާނަމަ އެކަމުގެ ސަބަބުން ހަޖަމުގެ މައްސަލަތައް ޖެހެއެވެ. އެގޮތުން މާބަނޑު އިރު ތެލުލާފައި ހުންނަ ކާއެއްޗެހި ކެއުމުން އޭގެ ސަބަބުން ބަނޑަށް އުނދަގޫވެ، ބަނޑުގައި ވައި ހެދި ބަނޑު ފުއްޕާ ގޮތް ވެއެވެ. އަދި ބައެއް ހާލަތުގައި މެއިން ދިލަވެސް ނަގައެވެ. މީގެ އިތުރުން ތައްޔާރީ ކާނާ އަކީ އޭގައި ފައިބާ މަދު އެއްޗަކަށް ވުމުން ފާހާނާއަށް ދިއުމަށް އުނދަގޫވެ ބަނޑު ހަރުވެސް ވެއެވެ. އެހެންކަމުން މާބަނޑު ދުވަސްވަރު ތައްޔާރީ ކާނާ ކެއުމަކީ އެހާ ރަނގަޅު ކަމެއް ނޫނެވެ.

ގެސްޓޭޝަނަލް ޑައިބެޓީސް ޖެހުމުގެ ފުރުސަތު ބޮޑުވޭ



މާބަނޑު އިރު މާ ގިނައިން ތައްޔާރީ ކާނާ ކާނަމަ އޭގެ ސަބަބުން ގެސްޓޭޝަނަލް ޑައިބެޓީސް ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ. ގެސްޓޭޝަނަލް ޑައިބެޓީސް އަކީ މާބަނޑު ދުވަސްވަރު ލޭގައި ހަކުރު މަތިވުމުން ކުރިމަތިވާ ކަމެކެވެ. ތައްޔާރީ ކާނާ އަކީ އޭގައި ގިނަ އަދަދަކަށް ހަކުރާއި ލޮނު އެކުލެވޭ އެއްޗެއް ކަމުން މާ ގިނައިން ބޭނުން ކުރާނަމަ ގެސްޓޭޝަނަލް ޑައިބެޓީސް ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ. އަދި އޭގެ ސަބަބުން ފުރާނައަށް ނުވަތަ ބަނޑުގައި އޮތް ދަރިފުޅަށް ގެއްލުންވާ ފަހަރުވެސް އާދެއެވެ.

ބަނޑުގައި އޮތް ދަރިފުޅަޑް ގެއްލުން ވޭ

މާބަނޑު ދުވަސްވަރު މާ ގިނައިން ތައްޔާރީ ކާނާ ކާނަމަ އެކަމުގެ ސަބަބުން ބަނޑުގައި އޮތް ދަރިފުޅަށް ގެއްލުންވާ ފަހަރުވެސް އާދެއެވެ. އެގޮތުން ދިމާވާ ބައެއް މައްސަލަތަކުގެ ތެރޭގައި އެކުދިން ހެދިބޮޑު ވަމުން އަންނަ އިރު އެއްޗިއްސަށް އެލާޖިކު ވާވަރު ބޮޑުވުމާއި، އެކުދިންގެ އުފެދުމުގައި އައިބު ގޮތެއް ނުވަތަ އުނި ސިފައެއް ހުރުން ހިމެނެއެވެ.

މަސްދަރު: މޮމްޖަންކްޝަން.ކޮމް


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން