ކްރެންބެރީ ޖޫހަކީ ޔޫރިން އިންފެކްޝަން ރަނގަޅު ކުރުމަށް އެހީވެދޭ އެއްޗެއް- ގޫގުލް އިމޭޖެސް
ކްރެންބެރީ ޖޫހަކީ ޔޫރިން އިންފެކްޝަން ރަނގަޅު ކުރުމަށް އެހީވެދޭ އެއްޗެއް- ގޫގުލް އިމޭޖެސް
ޔޫރިން އިންފެކްޝަން ޖެހުމަކީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ބަޔަކަށް ވަރަށް އާންމުކޮށް ދިމާވާ ކަމެކެވެ. މިކަމުގެ ސަބަބުން ގައިގައި ވޭން އަޅާއިރު، އެކަމުގެ ސަބަބުން ހެލިފެލިވެ އުޅެން އުނދަގޫވާ ފަހަރުވެސް އާދެއެވެ. އެހެންކަމުން ތިރީގައި މިވަނީ މާ ގިނައިން ޔޫރިން އިންފެކްޝަން ޖެހޭނަމަ އެކަމަށް ފަރުވާ ހޯދުމަށް ގޭގައި ކުރެވިދާނެ ބައެއް ކަންކަމެވެ.

ދައްބަނޑު ހޫނުކުރުން



ޔޫރިން އިންފެކްޝަން ޖެހި އެކަމުގެ ސަބަބުން ދައް ބަނޑުގައި އަޅާ ވޭން ބަރުދާސްތު ކުރަން އުނދަގޫވާނަމަ ދައް ބަނޑު ހޫނު ކުރުމުން އެކަމަށް ހައްލެއް ލިބޭނެއެވެ. އެގޮތުން ދައް ބަނޑުގައި ހޫނު ފެން ހަމެއް ބާއްވައިގެން ހުރުމުން ދައް ބަނޑުގެ މަސްތައް ހަމައަކަށް އެޅި އެކަމުގެ ސަބަބުން ބަނޑުގެ ރިހުމަށް ލުޔެއް ލިބޭނެއެވެ.

ކްރެންބެރީ ޖޫސް ބުއިން



ކްރެންބެރީ ޖޫހަކީ ޔޫރިން އިންފެކްޝަން ރަނގަޅު ކުރުމަށްޓަކައި ޒަމާނުއްސުރެ މީހުން ބޭނުން ކުރަމުން އައިސްފައިވާ އެއްޗެކެވެ. މީގައި ހިމެނޭ މާއްދާތަކަކީ ކުޑަކަމުދާ ނިޒާމުގައި ޖަރާސީމު އުފެދުން ހުއްޓުވައިދޭ މާއްދާތަކެއް ކަމުން މި ބޭނުން ކުރުމުން އިންފެކްޝަން އަވަހަށް ރަނގަޅުވެއެވެ.

ވިޓަމިން ސީ ހިމެނޭ ބާވަތްތައް ކެއުން



ވިޓަމިން ސީ އެކުލެވޭ ބާވަތްތައް ކައިބޮއި އުޅުމަކީވެސް ޔޫރިން އިންފެކްޝަން ރަނގަޅު ކުރުމަށްޓަކައި ގޭގައި ކުރެވިދާނެ ކަމެކެވެ. ހަށިގަނޑަށް ވިޓަމިން ސީ އެތެރެ ވާ ވަރަކަށް ކުަޑަކަމުދާއިރު އޭގެ އެސިޑިޓީ އިތުރުވެ އޭގެ ސަބަބުން ކުޑަކަމުދާ ނިޒާމުގައި ޖަރާސީމު އުފެދުން ހުއްޓުވައިދެއެވެ. އަދި އޭގެ ސަބަބުން އިންފެކްޝަން ރަނގަޅުވެ، ގައިގައި އަޅާ ވޭން ލުއިވެއެވެ.

އެޕްލް ސިޑާ ވިނެގާ ބޭނުން ކުރުން



އެޕުލް ސިޑާ ވިނެގާއަކީވެސް ޔޫރިން އިންފެކްޝަން ރަނގަޅު ކުރުމަށް އެހީވެދޭ އެއްޗެކެވެ. މި ބޭނުން ކުރުމުން ކުޑަކަމުދާ ނިޒާމުއި ޖަރާސީމު އުފެދުން ހުއްޓުވައިދީ، އޭގެ ސަބަބުން ޔޫރިން އިންފެކްޝަން ރަނގަޅު ވެއެވެ. އަދި މީހާގެ ގައިގައި އަޅާ ވޭނަށްވެސް ލުޔެއް ލިބެއެވެ.

މަސްދަރު: ޓައިމްސްއޮފްއިންޑިއާ


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން