މަރްޔަމް ނަހްދާ ވަޙީދު   27 ސެޕްޓެމްބަރު 2024 - 0:19
ދުއްވާ އުޅަނދުތަކުގެ ސަބަބުން ވައި ނުސާފުވޭ- ގޫގުލް އިމޭޖެސް
ދުއްވާ އުޅަނދުތަކުގެ ސަބަބުން ވައި ނުސާފުވޭ- ގޫގުލް އިމޭޖެސް
އަޅުގަނޑުމެންގެ މުޖްތަމައުގައި ދުއްވާ އުޅަނދުތަކާއި ތަފާތު އެކިކަހަލަ ފެކްޓަރީ ތަކާ ބާވަތްތައް ގިނަ ވުމަކީ އޭގެ ސަބަބުން އަޅުގަނޑުމެން މި ދިރިއުޅޭ މާހައުލައް ތަފާތު އެކިކަހަލަ ގެއްލުންތައް ވުމަށް މެދުވެރިވާ ކަމެކެވެ. އެގޮތުން ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ ވައިގެ ތެރެއަށް ނައިޓްރޮޖެންޑައިއޮކްސައިޑު އާއި ސަލްފާޑައިއޮކްސައިޑު ފަދަ މާއްދާތައް ދޫވެ، ވައި ނުސާފު ވުމެވެ.

އަޅުގަނޑުމެން ދިރިއުޅެމުންދާ މާހައުލުގެ ވައި ނުސާފު ވުމަކީ އޭގެ ސަބަބުން ތަފާތު އެކި މައްސަލަތައް ދިމާވާ ކަމެކެވެ. އެހެންކަމުން މިފަހަރު މި ހިމަނާލަނީ ވައި ނުސާފުވުމުން ދިމާވާ ބައެއް މައްސަަލަތަކެވެ.

ނޭވާލާނިޒާމުގެ ބަލިތައް

ދިރިއުޅޭ މާހައުލުގެ ވައި ނުސާފު ވުމަކީ އޭގެ ސަބަބުން ތަފާތު އެކިކަހަލަ ނޭވާލާނިޒާމުގެ ބަލިތައް ޖެހުމަށް މެދުވެރިވާ ކަމެކެވެ. އެގޮތުން ޖެހޭ ބައެއް ބަލިތަކުގެ ތެރޭގައި އަސްމާ (ނޭވާ ހިއްލުން) އާއި ކްރޮނިކު ބޮރޮންކައިޓިސް ފަދަ ބަލިތައް ހިމެނެއެވެ. މި ބަލިތައް ޖެހެން މެދުވެރިވަނީ ނުސާފު ވައި އެތެރެވުމުގެ ސަބަބުން ނޭވާހޮޅި ދުޅަވެ، މާ ގިނައިން މިއުކަސް އުފައްދާތީއެވެ.

ހިތުގެ މައްސަލަތައް



ދިރިއުޅޭ މާހައުލުގެ ވައި ނުސާފުވުމަކީ އޭގެ ސަބަބުން ހިތުގެ މައްސަލަތައްވެސް ޖެހުމަށް މެދުވެރިވާ ކަމެކެވެ. ވައިގައި ހުންނަ ބައެއް ޕޮލިއުޓެންޓު ތަކަކީ މީހާގެ ލެއަށާއި މެއަށްވެސް އެތެރެވާ އެއްޗެއްސެވެ. ހަށިގަނޑަށް މި އެއްޗެހި އެތެރެ ވުމުގެ ސަބަބުން ހިތުގެ މައްސަލަތައް ޖެހުމަށް މެދުވެރިވެ ސްޓްރޯކު ފަދަ ނުރައްކާތެރި މައްސަލަތައްވެސް ދިމާވެއެވެ.

ފުއްޕާމޭ ހަލާކުވޭ



މާ ގިނަ ދުވަހު ނުސާފު ވައިގެ ތެރޭގައި ދިރިއުޅޭނަމަ އޭގެ ސަބަބުން މީހާގެ ފުއްޕާމޭ ހަލާކުވެ ފުއްޕާމޭގެ މަސައްކަތްތަކަށް ބުރޫއަރައި، ކްރޮނިކު އޮބްސްޓްރަކްޓިވް ޕަލްމޮނަރީ ޑިޒީޒް ޖެހުމަށް މެދުވެރިވެއެވެ. މި ބަލީގެ ސަބަބުން ފުއްޕާމޭގައި ހުންނަ ޓިޝޫތައް ހަލާކުވެ ހަށިގަނޑުގައި އޮކްސިޖަން ދައުރުވާ ގޮތައް ބުރޫ އަރައެވެ. އަދި އޭގެ ސަބަބުން ނޭވާ ކުރުވެ، ހަށިގަނޑުގެ ވަރު ދެރަވުން ފަދަ މައްސަލަތައް ދިމާވެއެވެ.

ޒުވާން އުމުރުގައި މުސްކުޅިވުން



ވައި ނުސާފު ތަނެއްގައި ދިރިއުޅޭނަމަ ޒުވާން އުމުރުގައި ހަންގަނޑުން މުސްކުޅިވުމުގެ އަލާމާތްތައް ފެނެއެވެ. މިކަން މިހެން ވަނީ ވައި ނުސާފު ވުމުގެ ސަބަބުން ހަށިގަނޑު އޮކްސިޑޭޓިވް ސްޓްރެސް އަށް ގޮސް އޭގެ ސަބަބުން ހަންގަނޑުގައި ހުންނަ ކޮލަޖެން އާއި އިލާސްޓިން ހަލާކުވާތީއެވެ. މިކަމުގެ ސަބަބުން ހަންގަނޑު ކުރަކިވެ ހަންގަނޑަށް ރޫއަރާ ގޮތްވެއެވެ.

މަސްދަރު: ޓައިމްސްއޮފްއިންޑިއާ



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން