މަރްޔަމް ނަހްދާ ވަޙީދު   27 ސެޕްޓެމްބަރު 2024 - 0:25
އޯޓްސް އަކީ ކޮލެސްޓްރޮލް ދައްކުރުމަށް އެހީޗެދޭ އެއްޗެއް- ގޫގުލް އިމޭޖެސް
އޯޓްސް އަކީ ކޮލެސްޓްރޮލް ދައްކުރުމަށް އެހީޗެދޭ އެއްޗެއް- ގޫގުލް އިމޭޖެސް
ހަށިގަނޑުގައި ކޮލެސްޓްރޮލް ލެވެލް މަތިވުމަކީ އޭގެ ސަބަބުން ސިއްހަތަށް ބޮޑެތި ގެއްލުންތައް ލިބޭ ކަމެކެވެ. އެގޮތުން ކޮލެސްޓްރޮލް މާ ބޮޑަށް މަތިވާނަމަ އޭގެ ސަބަބުން ހިތުގެ ބަލިތަކާއި، ސްޓްރޯކް ފަދަ ނުރައްކާތެރި މައްސަލަަތައް ދިމާވުމުގެ ފުރުސަތު ބޮޑުވެއެވެ. މިއީ ބޭސް ކައިގެން ހައްލު ކުރެވޭ ކަމަކަށްވީއިރު، މީހާގެ ކެއުމަށް ބަދަލުތަކެއް ގެނައުމުންވެސް މިކަން ހައްލުވެއެވެ.

ތިރީގައި މި ހިމަނާލަނީ ކޮލެސްޓްރޮލް ދައްކުރުމަށް ކާންވީ ބައެއް ބާވަތްތަކެވެ.

އޯޓްސް

އޯޓްސް އަކީ ތަފާތު އެކި ގޮތްގޮތައް ތައްޔާރު ކޮށްގެން ކެވޭ އެއްޗަކަށް ވީއިރު، މިއީ ހަށިގަނޑުގައި ހުންނަ ކޮލެސްޓްރޮލް ލެވެލްތައްވެސް ދައްކޮށްދިނުމަށް އެހީވެދޭ އެއްޗެކެވެ. މިއީ ގިނަ އަދަދަކަށް ސޮލިއުބަލް ފައިބާ ހިމެނޭ އެއްޗެއް ކަމުން މި ބޭނުން ކުރުމުން ހަށިގަނޑުގައި އެލްޑީއެލް (ނުރަނގަޅު ކޮލެސްޓްރޮލް) ހުންނަ ވަރު ދައްކޮށްދެއެވެ.

މޭވާ އާއި ތަރުކާރީ

ގިނަ އަދަދަކަށް ފައިބަރު އެކުލެވިގެންވާ މޭވާ އާއި ތަރުކާރީ އަކީ ލޭގައި ކޮލެސްޓްރޮލް ލެވެލްތައް ދައްކޮށްދިނުމަށް އެހީވެދޭ ބާވަތްތަކެވެ. ސޮލިއުބަލް ފައިބާ އަކީ ހަށިގަނޑަށް ނުރަނގަޅު ކޮލެސްޓްރޮލް ދައްކޮށްދޭ އެއްްޗެކެވެ. އެހެންކަމުން އާފަލު، ޕެއާސް، ބެރީސް އަދި ފަތްޕިލާވެލީގެ ބާވަތްތަކަކީ ކޮލެސްޓްރޮލް ދައްކުރުމަށް އެހީވެދޭ ބާވާތްތަކެވެ.

މަސް



ބައެއް ކަހަލަ މަހުގެ ބާވަތްތަކަކީވެސް ކޮލެސްޓްރޮލް ދައްކޮށްދިމަށް އެހީވެދޭ ބާވަތްތަކެވެ. ސާޑައިން އާއި ސަލްމަން ފަދަ މަހަކީ އޭގައި ގިނަ އަދަދަކަށް އޮމެގާ 3 ފެޓު ހިމެނޭ އެއްޗިއްސެވެ. އޮމެގާ 3 ފެޓް އަކީ ލޭގައި ޓްރައިގްލިސެރައިޑު ހުންނަ ވަރު ދައްކޮށްދޭ ބާވަތެއް ކަމުން މި ބޭނުން ކުރުމުން ލޭގައި ކޮލެސްޓްރޮލު ހުއްނަ ވަރު ދައްވެއެވެ.

މަސްދަރު: ލައިވްމިންޓު.ކޮމް


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން