ފަންސާސް އެއް މުވައްޒަފުންނާއެކު ސްޓެލްކޯގެ ލީޑާޝިޕް އެންހޭންސްމަންޓް ޕްރޮގްރާމް ފަށައިފި އެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ އެކްސްގައި މިރޭ ވިދާޅުވީ މި ފަހަރު ފެށީ ލީޑާޝިޕް އެންހޭންސްމަންޓް ޕްރޮގްރާމްގެ ހަތް ވަނަ ބެޗު ކަމަށެވެ.
އެ ޕްރޮގްރާމް ކުރިއަށް ދަނީ ގިރިފުށީގައި ކަމަށް ވެސް ބުނެފައި ވެއެވެ.
ފަހުމީ ވިދާޅުވީ އެ ޕްރޮގްރާމްގެ ސަބަބުން ފައިދާކުރާނީ އެ މުވައްޒަފުންނަށް އެކަނި ނޫން ކަމަށާއި ސްޓެލްކޯއާއި ގައުމަށް ވެސް އޭގެ ސަބަބުން ބޮޑު ފައިދާއެއް ކުރާނެ ކަމަށެވެ.
އަދި މީހުންނަށް އިންވެސްޓްކުރުމަކީ ސްޓެލްކޯގެ މުސްތަގުބަލަށް އިންވެސްޓްކުރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފަހުމީ ވިދާޅުވީ އެ ޕްރޮގްރާމަކީ ސްޓެލްކޯގެ ލީޑާާޝިޕް ކެޕޭސިޓީ އިތުކުރުމުގެ މަގުސަދުގައި ހިންގާ ޕްރޮގްރާމެއް ކަމަށެވެ.
އަދި މީގެ ކުރިން އެ ޕްރޮގްރާމްގެ އެހެން ބެޗުތަކާއެކު މިހާތަނަށް ސްޓެލްކޯގެ 368 މުވައްޒަފުން ތަމްރީން ކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
އަދި އަމަާޒަކީ ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުރިހާ މުވައްޒަފުންނަށް ދިނުން ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު