ޒާތީ ދިރިއުޅުމުގައި ދިމާވާ ކަންތައްތައް އެހެން މީހުންނާ ހިއްސާ ނުކުރަނީ އެސްފީނާ ޖެހިދާނެތީ ކަމަށް ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ސޮނާކްޝީ ސިންހާ ބުނެފިއެވެ.
ދާދި ފަހުން ނިއުސް18 އަށް ދިން އިންޓަވިއުއެއްގައި ސޮނާކްޝީ ވަނީ ކައިވެނި ކުރުމުގެ ކުރިން އޭނާގެ ޒާތީ ދިރިއުޅުމުގެ ކަންތައްތައް މީޑިއާތަކާއި، އަދި އެހެން މީހުންނާވެސް މާ ބޮޑަށް ހިއްސާ ނުކޮށް އުޅުނު ސަބަބު ބުނެދީފައެވެ. އެގޮތުން އޭނާ ބުނެފައިވަނީ ފިރިމީހާ އާއި ގުޅޭ ވާހަކަތަކާއި ޒާތީ ދިރިއުޅުމުގައި ދިމާވާ ކަންތައްތައް އެހެން މީހުންނާ ހިއްސާ ނުކުރަނީ އެސްފީނާ ޖެހުމުގެ ބިރު އޮންނާތީ ކަމަށެވެ.
އަދި މިއީ ސޮނާކްޝީ އާއި އޭނާގެ ފިރިމީހާ ޒަހީރުއާ ދެމީހުން އެކުގައި ނިންމި ނިންމުމެއް ކަމަށްވެސް އޭނާ ވަނީ މި އިންޓަވިއުގައި ބުނެފައެވެ. އޭނާ އިތުރަށް ބުނެފައިވަނީ އެމީހުންގެ ދިރިއުޅުމުގެ އެކި ކަންތައް ފަސޭހަ ކަމާއެކީ މީހުންނަށް އެނގޭ ކަމަށާއި، ޒަހީރު އާއި އޭނާ އާއި ދެމެދު އޮތް ގުޅުމަކީ ހާއްސަ ގުޅުމަކަށް ވުމުން އެހެން މީހުންނަށް އަންގަން ބޭނުން ނުވީ ކަމަށެވެ.
ހަތް އަހަރު ދުވަސް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ސޮނާކްޝީ އާއި ޒަހީރު ކައިވެނި ކޮށްފައިވަނީ މިއަހަރު ޖޫން 23 ގައެވެ. ސޮނާކްޝީ އާއި ޒަހީރު އަކީ ބޮލީވުޑްގައި ނަންވިދާ، ހުނަރުވެރި ދެ ތަރިންނެވެ.

ކިޔުންތެރިންގެ ހިޔާލު