މެނޭޖަރު ސަލާމުގެ ޗުއްޓީ ނުދިނުމުން، ވަޒީފާއަށް ނިކުތް އަންހެނަކު މަރުވެއްޖެ- ގޫގުލް އިމޭޖެސް
މެނޭޖަރު ސަލާމުގެ ޗުއްޓީ ނުދިނުމުން، ވަޒީފާއަށް ނިކުތް އަންހެނަކު މަރުވެއްޖެ- ގޫގުލް އިމޭޖެސް
ބަލިވެގެން ސަލާމުގެ ޗުއްޓީއަށް އެދި ބުށައެޅުމުން ޗުއްޓީ ނުލިބި ވަޒީފާއަށް ގޮސް ހުއްޓައި 30 އަހަރުގެ އަންހެނަކު މަރުވެއްޖެއެވެ.

ހިންދުސްތާން ޓައިމްސްގައިވާ ރިޕޯޓެއްގައި ބުނެފައިވަނީ ތައިލެންޑްގެ ފެކްޓަރީއެއްގައި ވަޒީފާ އަދާކުރަމުން ދިޔަ 30 އަހަރުގެ އަންހެނަކު ސިކް ލީވް ނުދިނުމުން ވަޒީފާއަށް ނުކުމެހުއްޓާ މަރުވީ ކަމަށާއި، މި ހާދިސާ ހިނގާފައިވަނީ އެ އަންހެން މީހާ ސަލާމުގެ ޗުއްޓީއަށް އެދުމުން، ޗުއްޓީ ނުދިނުމުގެ ސަބަބުން ވަޒީފާއަށް ގޮސް އުޅެނިކޮށް ކަމަށެވެ.

އޭނާ މަސައްކަތް ކުރަމުން ދިޔައީ ތައިލެންޑުގެ ސަމުތު ޕްރަކަންގައި ހުންނަ ކަރަންޓުގެ މަސައްކަތްތައް ކުރާ ޕްލާންޓެއްގައެވެ. މެއި ނަމަކަށް ކިޔާ މި އަންހެން މީހާ ސަލާމުގެ ޗުއްޓީ ނަގަން އުޅުނީ ބޮޑު ގޮހޮރު ދުޅަވުމާ ގުޅިގެން މެޑިކަލް ހުށައަޮައިގެންނެވެ. އޭނާ ހުށައެޅީ ސެޕްޓެމްބަރު 5 އިން 9 އަށް ސަލާމުގެ ޗުއްޓީ ނަގާށެވެ.

އަދި އެ ބައްޔަށް 4 ދުވަސްވަންދެން ހޮސްޕިޓަލުގައި ފަރުވާ ހޯދާފައިވާއިރު، ހޮސްޕިޓަލުން ދޫކުރުމުންވެސް ހާލު ރަނގަޅު ނުވާތީ އޭނާ ވަނީ އިތުރު ދެދުވަހުގެ ޗުއްޓީއެއް ނަގާފައެވެ. އަދި އޭނާގެ ހާލަތު އިތުރަށް ގޯސް ވަމުންދާތީ ސެޕްޓެމްބަރު 12 ވަނަ ދުވަހު ސަލާމުގެ ޗުއްޓީއަކަށް އެދުމުން މޭއި ގެ މެނޭޖަރު ވަނީ މާގިނައިން ޗުއްޓީ ނަގާފައިވާތީ ސަލާމުގެ ޗުއްޓީ ނުދޭނެ ކަމަށާއި، އިތުރު މެޑިކަލް އެއްވެސް ހުށަހަޅަން ޖެހޭނެ ކަމަށް ބުނެފައެވެ.

ސަލާމުގެ ޗުއްޓީ ނުލިބުމުންނާއި ވަޒީފާ ގެއްލިދާނެ ކަމުގެ ބިރު އޮތުމާއެކު މޭއި ވަނީ ސެޕްޓެމްބަރު 13 ގައި ވަޒީފާއަށް ނިކުމެފައެވެ. އަދި އޭނާ އެދުވަހު ޑިއުޓީއަށް ދިޔަތާ 20 މިނެޓެއްހާއިރު ވީތަނާ އޭނާގެ ހާލު ދެރަވެ، ހޭނެތުމުން ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި ހޮސްޕިޓަލުގައި ފަރުވާދީ، އިމަޖެންސީ ސާޖަރީއެއް ކޮށްފައިވާއިރު، ޖެހިގެން އައި ދުވަހު އޭނާ ވަނީ މަރުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން