މަރްޔަމް ނަހްދާ ވަޙީދު   28 ސެޕްޓެމްބަރު 2024 - 0:19
ބޫލް ބުލައްޔާ 3 ގެ ޕޯސްޓަރު- ގޫގުލް އިމޭޖެސް
ބޫލް ބުލައްޔާ 3 ގެ ޕޯސްޓަރު- ގޫގުލް އިމޭޖެސް
މަޝްހޫރު ހިންދީ ފިލްމު ފްރެންޗައިސް ބޫލު ބުލައްޔާގެ 3 ވަނަ ބައިގެ ޓީޒަރ ނެރެފިއެވެ.

ހިންދުސްތާނީ ޓައިމްސްގައިވާ ރިޕޯޓެއްގައި ވަނީ މަޝްހޫރު ބޫލު ބުލައްޔާ ފްރެންޗައިސްގެ ކުރިއަށް އޮތް ފިލްމު "ބޫލު ބުލައްޔާ 3" ގެ ޓީޒަރ އިއްޔެގެ ވަގުތެއްގައި ޓީ ސީރީސްގެ ޔޫޓިއުބު ޗެނަލްގައި ހިއްސާ ކޮށްފައިވާ ކަމަށެވެ. އަދި މި ފިލްމުގެ މުހިންމު ރޯލުތަކުން ފެންނަނީ ވިދިޔާ ބާލަން އާއި، ކާރްތިކު އާރިޔަން ގެ އިތުރުން ޓުރިޕްތީ ދިމްރީ ކަމަށްވެސް ރިޕޯޓިގައި ވެއެވެ.

ތިރީގައި މި ހިމަނާލަނީ "ބޫލް ބުލައްޔާ 3" ގެ ޓީޒަރެވެ.



މި ފްރެންޗައިސްގެ އެހެން ފިލަމުތަކެކޭ އެއްގޮތައް މި ފިލްމުގައިވެސް ވިދިޔާ ފެނިގެންދާނީ މަޝްހޫރު މަންޖޫލިކާގެ ރޯލުންނެވެ. އަދި ކާރްތިކު ފެންނާނީވެސް މީގެ ކުރިން އޭނާ ކުޅެފައިވާ ކެރެކްޓަރު ކަމަށްވާ ރޫހު ބާބާގެ ރޯލުންނެވެ. އަދި މި ޓީޒާއިން ފެންނަ ގޮތުގައި ޓުރިޕްތީ ފެނިގެންދަނީ ކާރްތިކުގެ ލޯބިވެރިއެއްގެ ގޮތުގައެވެ.

ބޫލު ބުލައްޔާ ފްރެންޗައިސް އަކީ އެތައް ބައެއްގެ މެދުގައި މަގުބޫލު ފްރެންޗައިސް އަކަށްވީއިރު، މި ފިލްމުތަކަކީ ބިރުވެރި ކޮމެޑީ ފިލްމުތަކެކެވެ. އަދި "ބޫލު ބުލައްޔާ 3" އިންވެސް މިކަން އެންމެ ފުރިހަމަ ގޮތުގައި ދައްކާނެކަން ޓީޒާއިން އެނގެއެވެ. އަނީސް ބަޒްމީ ޑައިރެކްޓުކުރާ މި ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު 31 ގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން