މަރްޔަމް ނަހްދާ ވަޙީދު   28 ސެޕްޓެމްބަރު 2024 - 0:29
ވިހަ މާއްދާތަކުން ފުއްޕާމޭ ސާފުކުރުމަށް ބޯންވީ އިނގުރު ސައި- ގޫގުލް އިމޭޖެސް
ވިހަ މާއްދާތަކުން ފުއްޕާމޭ ސާފުކުރުމަށް ބޯންވީ އިނގުރު ސައި- ގޫގުލް އިމޭޖެސް
އާންމު ދިރިއުޅުމުގައި އަޅުގަނޑުމެން ދަނީ ކޮންމެ ދުވަހަކުވެސް ތަފާތު އެކި ގޮތްގޮތުން އެކިކަހަކަ ނުރައްކާތެރު ވިހަ މާއްދާތަކަށް ހުށަހެޅެމުން ކަމަށްވާއިރު، މިކަމުގެ ސަބަބުން އަޅުގަނޑުމެންގެ ފުއްޕާމެއަށް ވަރަށް ނޭދެވޭ އަސަރު ކުރެއެވެ. މުޖްތަމައުގައި އުޅޭއިރު ސިނގިރޭޓު ބޯމީހުންގެ ސަބަބުން އޭގައި ހިމެނޭ ވިހަ މާއްދާތަކާއި، ނުސާފު ވައިގައި ހުންނަ ވިހަ މާއްދާތައް އަޅުގަނޑުމެންގެ ހަށިގަނޑަށް ވަންނައިރު، އޭގެ ސަބަބުން ފުއްޕާމެއަށް ގިނަގުނަ ގެއްލުންތައް ލިބެއެވެ.

މިފަހަރު މި ހިމަނާލަނީ ފުއްޕާމޭ މި ވިހަ މާއްދާތަކުން ރައްކާތެރިކޮށް ފުއްޕާމޭ ސާފު ކުރުމަށްޓަކައި ބޯންވީ ބައެއް ބުއިންތަކެވެ.

ރީނދޫ ކިރު

ރީނދުލާއި، ކިރު އަދި މާމުއި ކޮޅެއް އެޅުމަށްފަހު ތައްޔާރުކުރާ ރީނދޫ ކިރަކީ ސިއްހަތަށް ފައިދާހުރި އެތައް މާއްދާތަކެއް އެކުލެވޭ އެއްޗަކަށްވީއިރު، މި ބޭނުން ކުރުމުން މީހާގެ ފުއްޕާމޭ ވެސް ސާފުވެއެވެ. ނިދުމުގެ ކުރިން މި ބުއިމުން ފުއްޕާމޭ ދުޅަވުން ކުޑަކޮށްދީ، ހަށިގަނޑުގައި ހުންނަ ވިހަ މާއްދާތައް ބޭރުކޮށްދީ ފުއްޕާމޭވެސް ސާފު ކޮށްދެއެވެ.

އިނގުރު ސައި

އިނގުރު ސަޔަކީވެސް ފުއްޕާމޭ ސާފުކޮށްދިނުމަށް އެހީވެދޭ އެއްޗެކެވެ. މި ތައްޔާރު ކުރުމަށް އިނގުރުކޮޅެއް ގާނާލުމަށްފަހު ފެނުގައި ފަސް މިނެޓު ވަންދެން ކައްކާލާނީއެވެ. އަދި ކައްކާނިމުމުން ފުރާނާލުމަށްފަހު އޭގެ ތެރޭގައި ހުރި އިނގުރުކޮޅުތައް ނެގުމަށްފަހު، މާމުއި ކޮޅަކާއި ލުނބޯ ކޮޅެއް އަޅާނީއެވެ. އިނގުރަކީ އިންފްލެމޭޓަރީ ޕްރޮޮޕަޓީތައް އެކުލެވޭ އެއްޗެއް ކަމުން މި ބުއިމުން ނޭވާލާ ނިޒާމު ސާފުވެ، ފުއްޕާމޭވެސް ސާފުވެއެެވެ.

އޯބަތް ފެން

އޯބަތް ފެނަކީވެސް ފުއްޕާމޭ ސާފު ކުރުމަށް އެހީވެދޭ އެއްޗެކެވެ. މި ތައްޔާރު ކުރުމަށްޓަކައި ރޭގަނޑު ނިދާއިރު އޯބަތް ފެނަށް އަޅާފައި ބެހެއްޓުމަށް ފަހު ހޭލުމަށްފަހު އެ ފެން ފުރާނާފައި އޭގައި ހުރި އޮށްތައް ވަކިކުރުމަށްފަހު ފެން ބޯނީއެވެ. މިއީ ނޭވާ ހޮޅީގައި ހުންނަ ރޯގާ އާއި، ކަރުތެރޭގައި ހުންނަ ދަވަ ސާފު ކޮށްދިނުމަށް އެހީވެދޭ އެއްޗެކެވެ. އެހެންކަމުން މި ބުއިމުން ނޭވާލާނިޒާމު ސާފުވެ ފުއްޕާމޭވޭސް ސާފުވެއެވެ.

ފޮނިތޮށި އާއި މާމުއި ފެން

ފޮނިތޮށި އަދި މާމުއި އެއްކުރުމަށްފަހު ހަދާ ފެނަކީވެސް ފުއްޕާމޭ ސާފު ކުރުމަށް އެހީވެދޭ އެއްޗެކެވެ. މި ތައްޔާރު ކުރުމަށްޓަކައި ފޮނިތޮށިގަނޑެއް ހޫނު ފެން އެއްޗެއްގެ ތެރޭގައި 10 މިނެޓު ވަންދެން ބާއްވާނީއެވެ. އަދި 10 މިނެޓު ވުމުން ފޮނިތޮށިގަނޑު ނެގުމަށްފަހު އެ ފެން ތައްޓަށް މާމުއި ކޮޅެއް އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާނީއެވެ. މި ބުއިމުން ފުއްޕާމޭ ދުޅަވުން ކުޑަކޮށްދީ ފުއްޕާމޭ ސާފު ކުރުމަށް އެހީވެދެއެވެ.

މަސްދަރު: ޓައިމްސް އޮފް އިންޑިއާ


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން