ނިރުބަވެރި އިސްރާއީލުން ހިންގާ ޖަރީމާތަކަށް އެންމެ ބޮޑަށް ހަތިޔާރު ފޯރުކޮށްދޭ އެމެރިކާއަށްވެސް އިސްރާއީލުން އޮޅުވާލަމުންދާކަން ހާމަވެއްޖެއެވެ.
އިސްރާއީލުން އެމެރިކާއަށް އޮޅުވާލަމުންދާކަން ހާމަވީ ރޭ ފަތިހުގެ ވަގުތުގައި އިސްރާއީލުން ލުބުނާނަށް ދެމުންދިޔަ ހަމަލާތަކުގެ ތެރެއިން ހިޒްބުاللهގެ ލީޑަރު ޙަސަން ނަޞްރަﷲ އަވަހާރަކޮށްލަން ހަމަލާދޭން ތައްޔާރުވަމުންދާ ކަމަށް ބުނެ އިސްރާއީލުން އެމެރިކާ އަށް އެންގި ހިސާބުންނެވެ.
ލުބްނާނުގެ ހަނގުރާމަވެރި ޖަމާއަތް، ހިޒްބުاللهގެ ލީޑަރު ނަސްރަﷲ އަވަހާރަކޮށްލަން އިސްރާއީލުން ހަމަލާދިނުމުގެ ކުރިން އެމެރިކާއަށް އެންގި ކަަމަށް އިސްރާއީލުން ބުނާއިރު އެމެރިކާގެ އަސްކަރިއްޔާ ހިންގާ ޕެންޓަގަން އިން ވަނީ އެކަން ދޮގުކޮށްފައެވެ. އެގޮތުން ޕެންޓަގަން އިން ބުނީ އެމެރިކާއަށް އިސްރާއީލުން މިކަންކުރަން އުޅޭކަން އެންގި އިރު ބޮން އަޅާ ބޯޓުތައް ލުބްނާންގެ މަތިން ދަތުރުކުރަމުން ދިޔަ ކަމަށެވެ.
މި ހަމަލާ ދިނުމުގެ ހުއްދަ ނިރުބަވެރި ނެތަންޔާހޫ ދިންއިރު ނަގާފައިވާ ފޮޓޯއެއްވެސް އެގައުމުން ވަނީ އާންމުކޮށްފައެވެ. މި ހަމަލާ ދިން އިރު ނެތަންޔާހޫ ހުރީ އެމެރިކާގައެވެ. މި ހަމަލާގައި ނަޞްރުﷲ ޝަހީދުކޮށްލާފައިވާކަމަށް އިސްރާއީލުން ބުނާއިރު އީރާނުން ވަނީ އެކަން ދޮގު ކޮށްފައެވެ.
ޔަހޫދީ އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 700 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު ލުބުނާނުގެ ގިނަ ހިސާބުތަކުގެ އިމާރާތްތައް މިހާރު ވަނީ މީހުން ދިރިނޫޅެވޭވަރަށް ސުންނާފަތި ކޮށްފައެވެ.
ރޭގައި އިސްރާއީލުން ބެއިރޫތަށް ދިން ހަމަލާގައި ގިނަ އަދަދެއްގެ އާންމުން ޝަހީދުވެ ގިނަ ބަޔަކު ޒަހަމްވެފައިވެއެވެ. އެ ހަމަލާގައި އިސްރާއީލުން ބޭނުންކުރީ އެގައުމުން ކުރިން ބޭނުންނުކުރާ ބަންކަރު ގޮއްވަން ބޭނުންކުރާ ބޮމެކެވެ. އެ ހަމަލާގައި އެއްފަހަރާ ހަތަރު އިމާރާތެއް ބިމާހަމަކޮށްލިއެވެ.

ކިޔުންތެރިންގެ ހިޔާލު