މަރްޔަމް ނަހްދާ ވަޙީދު   29 ސެޕްޓެމްބަރު 2024 - 1:6
ބޮލީވުޑްގެ ތަރި ސައިފް އަލީ ޚާން- ގޫގުލް އިމޭޖެސް
ބޮލީވުޑްގެ ތަރި ސައިފް އަލީ ޚާން- ގޫގުލް އިމޭޖެސް
ބޮލީވުޑްގެ މަޝްހޫރު ތަރި ސައިފް އަލީ ޚާންގެ އާއިލީ ގަނޑުވަރު "ޕަޓައުޑީ ޕެލަސް" ގައި މިއުޒިއަމް އެއް ހެދުމަށް ނިންމާފައިވާ ކަމަށް ސައިފް ބުނެފިއެވެ.

ބޮލީވުޑް ހަންގާމާގައިވާ ރިޕޯޓެއްގަައި ބުނެފައިވަނީ ސައިފްގެ އާއިލީ ގަނޑުވަރު ކަމަށްވާ ޕަޓައުޑީ ޕެލަސް މީގެ އަހަރުތަކެއް ކުރިން އޭނާއަށް ލިބިފައިވާއިރު، މިހާރު އޭނާ އެތަނުގައި މިއުޒިއަމެއް ހަދަން ނިންމާފައިވާ ކަމަށް ދާދި ފަހުން ދިން އިންޓަވިއުއެއްގައި ސައިފު ބުނެފައިވާ ކަމަށެވެ. އަދި އެ މިއުޒިއަމްގައި އޭނާގެ ކާފަ އާއި ބައްޕަގެ ކާމިޔާބީތަކާއި ހަނދާންތައް ބަހައްޓާނެ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ސައިފް އިތުރަށް ބުނެފައިވަނީ އޭނާގެ ބައްޕަގެ ދިރިހުރި އިރު އެތަން ހޮޓަލެއްގެ ގޮތުގައި ބޭނުން ކުރަން ކުއްޔަށް ދީފައިވީނަމަވެސް އޭނާގެ މާމަ ހިޔާލު ދީފައިވާ ގޮތުގެ މަތިން އެތަނަކީ އެ އާއިލާގެ ހަނދާންތައް ފެންނަން ހުންނާނެ ތަނަކަށް ހަދަން ބޭނުންވާ ކަމަށެވެ. އަދި މީގެ އިތުރުން އޭނާގެ މާމަކާފަ އަދި ބައްޕަ ވެސް ވަޅުލާފައިވަނީ މިތާގައި ކަމުން މިއީ އޭނާއަށް ވަރަށް ހާއްސަ ތަނެއް ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

މީގެއިތުރުން މި ގަނޑުވަރަކީ ހަމައެކަނި ސައިފު އަށް ވާރުތަވެފައިވާ ތަނެއް ކަމަށާއި، އޭނާގެ ކޮއްކޮ ސަބާ އާއި ސޮހާ އަށް މިތަނުން ހިއްސާއެއް ލިބިފައިނުވާ ކަމަށްވެސް ރިޕޯޓުގައި ވެއެވެ. އަދި ގަނޑުވަރު ސައިފް އަށް ލިބިފައިވަނީ އޭނާ އަކީ މި ޝާހީ އާއިލާގެ "ނަވާބް" އަކަށް ވާތީ ކަމަށްވެސް ރިޕޯޓުގައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން