މަރްޔަމް ނަހްދާ ވަޙީދު   29 ސެޕްޓެމްބަރު 2024 - 1:10
ބޮލީވުޑްގެ ތަރި ރަންބީރު ކަޕޫރު- ގޫގުލް އިމޭޖެސް
ބޮލީވުޑްގެ ތަރި ރަންބީރު ކަޕޫރު- ގޫގުލް އިމޭޖެސް
މަޝްހޫރު ދޫމް ޕްރެންޗައިސްގެ 4 ވަނަ ފިލްމު "ދޫމް 4" ގެ ލީޑުން މިފަހަރު ފެންނާނީ ބޮލީވުޑްގެ މަޝްހޫރު ތަރި ރަންބީރު ކަޕޫރު ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

ރިޕޯޓްތައް ބުނާގޮތުން، ދޫމް 4 (ދޫމް ރީބޫޓު) އުފެއްދުމުގެ މަސައްކަތްތައް މިހާރު ކުރަމުންދާއިރު، މި ފިލްމުގެ ލީޑު ރޯލުން މިފަހަރު ފެންނާނީ ރަންބީރު ކަޕޫރު އެވެ. އަދި ރަންބީރު އަކީ މި ރޯލަށް އެންމެ ކަމުދާ ފިލްމީ ތަރި ކަމަށް ފިލްމުގެ އުފެއްދުންތެރިން ދެކޭ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

މީގެއިތުރުން، ރަންބީރު އަކީ ފެށުނީއްސުރެވެސް ދޫމް ފްރެންޗައިސްގެ ފިލްމުތަކަށް ޝައުގުވެރިވާ ފަރާތެއް ކަމަށާއި، އޭނާއަށް މި ފިލްމުގެ ލީޑު ލިބުމުން ވަރަށް ފަސޭހަކަމާއެކު އެ ރޯލު ކުޅުމަށް އެއްބަސްވެފައިވާ ކަމަަށްވެސް ރިޕޯޓްތައް ބުނެއެވެ. މީގެ އިތުރުން މިއީ ރީބޫޓު އެއް ކަމުން މި ފިލްމުގައި މި ފްރެންޗައިސްގެ ކުރީގެ ފިލްމުތަކުން ފެނުނު އެއްވެސް ތަރިއެއް ނުފެންނާނެ ކަމަށްވެއެވެ.

ރަންބީރު އަކީ ބޮލީވުޑްގައި މިހާރު ފުންނާބު އުސް ކާމިޔާބު ތަރިއެއްގެ ބެލެވޭއިރު، އޭނާއަށް މިހާރުވެސް ގިނަ ފިލްމުތަކެއްގެ ލީޑު ރޯލު ވަނީ ލިބިފައެވެ. އޭގެ ތެރޭގައި "އެނިމަލް ޕާކު" އާއި "ލަވް އެންޑް ވާރ" އާއި "ރާމާޔަނާ ފްރެންޗައިސް" ވެސް ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން