ޝާން މުހައްމަދު   29 ސެޕްޓެމްބަރު 2024 - 9:52
ނިރުބަވެރި އިސްރާއީލުގައި ސައިރެންގެ އަޑު ނުކެނޑޭ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެފިއެވެ.

ޔަމަނުން ފޮނުވާލި މިސައިލްތަކުން މެދުތެރޭ އިސްރާއީލުގައި ސައިރަން އަޅާފައިވާކަން އައިޑީއެފުން ވަނީ ކަށަވަރުކޮށްދީފައެވެ. އައިޑީއެފުން ބުނީ އިޒްރޭލުގެ މެދުތެރޭގެ އެކި ހިސާބުތަކުން ސައިރެން އަޅަމުންދާ ކަމަށާއި މިއީ ޔަމަނުން ފޮނުވާލި ގިނަ މިސައިލްތަކުގެ ސަބަބުން ރައްޔިތުން ރައްކާތެރި ކުރުމަށް ކުރާ ކަމެއް ކަމަށް އައިޑީއެފުން ވަނީ ބުނެފައެވެ.

ހޮނިހިރު ދުވަހު ޓެލް އަވީވް ހިމެނޭ ގޮތަށް މެދުތެރޭ އިސްރާއީލުގެ އެކި ހިސާބުތަކުގައި ވައިގެ ހަމަލާތަކުގެ ސައިރެންގެ އަޑާއެކު އިސްރާއީލް އަސްކަރިއްޔާ މިހާރު އޮތީ ޔަމަނުގެ ހަމަލާއަކަށް ތައްޔާރަށް ކަމަށް އެގައުމުން ވަނީ ބުނެފައެވެ.

ޔަމަނުގެ ހޫތީން ބުނާގޮތުގައި އެ ޖަމާއަތުން ވަނީ ޔަހޫދީ އިސްރާއީލުގެ ޓެލްއަވީވް ކައިރީގައި އޮންނަ ބެން ގުރިއަން އިންޓަނޭޝަނަލް އެއާޕޯޓަށް ބެލިސްޓިކް މިސައިލެއް ފޮނުވާފައެވެ. މިއީ އެ ސަރަހައްދަށް ފުރަތަމަ މިސައިލް ފޮނުވިތާ ދެ ދުވަސް ނުވަނީސް ހޫތީން އިސްރާއީލަށް ހަމަލާދިން ދެވަނަ ފަހަރެވެ.

ހޫތީ ހަރަކާތުން ބުނީ އިސްރާއީލުން ބެއިރޫތަށް ދިން ވައިގެ ހަމަލާއެއްގައި އީރާނުން ތާއީދުކުރާ އިއްތިހާދު ހިމެނޭ ހިޒްބުاللهގެ ވެރިޔާ ސައްޔިދު ހަސަން ނަޞްރުالله އަވަހާރަކޮށްލުމުން ހިތާމަކުރާކަމަށެވެ.

ހިޒްބުاللهގެ ވެރިޔާ އަވަހާރަކޮށްލުމަށް ފަހު ޔަހޫދީން ފިލާފައިވާއިރު އެމީހުން މިހާރު އިންތިޒާރު ކުރަމުން ދަނީ ހޫތީންގެ ވަރުގަދަ ރައްދު ހަމަލާއަކަށެވެ. އަދި މި ހަމަލާ ދޭނެ އިރެއް އިސްރާއީލަށް ނޭނގޭއިރު އެގައުމު އޮތީ މުޅިން ކުއްލި ހާލަތައް ގެނެސްފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން