މިއަދު ހުޅުމާލޭގައި ހިންގި ބޮޑު އޮޕަރޭޝަނުގައި 200 އަށްވުރެން ގިނަ އޮފިސަރުން ބައިވެރިވެފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން މިއަދު ބުނީ ގަވާއިދާ ޚިލާފަށް ވިޔަފާރިކޮށް، ސައްހަ ވިސާއެއް ނެތި އުޅެމުންދާ ބިދޭސީން ބަލައި ފާސްކުރުމަށް ހުޅުމާލޭގައި ކުރިއަށް ގެންދެވުނު މާސް އިންސްޕެކްޝަންގައި 200 އަށްވުރެން ގިނަ އޮފިސަރުން ބައިވެރިވެފައިވާ ކަމަށެވެ.

މި އޮޕަރޭޝަންގައި އިމިގްރޭޝަންގެ އިތުރުން މޯލްޑިވްސް ޕޮލިސް ސަރވިސް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ހެލްތް ޕްރޮޓެކްޝަން އެޖެންސީ އަދި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބައިވެރިވެފައިވާކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

އިމިގްރޭޝަނުން މިއަދު ހިންގި އޮޕަރޭޝަނުގައި ހުޅުމާލޭގެ ހުރިހާ ސަރަހައްދެއް ބަލައި ފާސްކޮށްފައިވެއެވެ. އެގޮތުން މި ހަރަކާތުގެ ތެރެއިން ހުޅުމާލޭގެ 27 ޒޯނެއް (ފޭސް 01 އަދި 02) ހިމެނޭގޮތަށް އެކި ސަރަހައްދުތައް ބަލައި ފާސްކޮށްފައިވާކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

ގަވާއިދާ ޚިލާފަށް މަސައްކަތް ކުރާ ބިދޭސީން އަތުލައިގަތުމަށް ހިންގާ އޮޕަރޭޝަންގައި އިމިގްރޭޝަނުން ވަނީ މާލޭގައި ވެސް މީގެ ކުރިން އިންސްޕެކްޝަނެއް ކުރިޔަށް ގެންގޮސްފައިކަން ފާހަގަ ކުރެވެއެވެ. އެ ހަރަކާތުގައި ގިނަ އަދަދެއްގެ ބިދޭސީން އަތުލައިގަނެފައިވާއިރު ގަވާއިދާ ޚިލާފަށް ހިންގާ ގިނަ ތަންތަން ބަންދުކުރިކަންވެސް ފާހަގަ ކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން