ޙިޒްބުﷲގެ އިސް ވެރިއަކަށް ޙަސަން ނަޞްރުﷲއާ ދެބެއިންގެ ދެދަރި މީހަކު އަންނަން އުޅޭކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

ޙިޒްބުﷲގެ އިސްވެރިއެއްގެ ގޮތުގައި ހުންނެވި ޙަސަން ނަޞްރުﷲ، އިސްރާއިލުން ދިން ހަމަލާއެއްގައި އަވަހާރަވީ މިދިޔަ ހުކުރު ދުވަހުއެވެ.

އެއާއެކު ދެން ޙިޒްބުﷲގެ އިސްވެރިއެއްގެ ގޮތުގައި ނުކުންނަވާނީ ކޮން ބޭފުޅެއްތޯ ބައެއް ފަރާތްތަކުން ސުވާލުކުރަމުންދާ އިރު ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ދެން އެ މަގާމަށް ނުކުންނަވާނީ ޙަސަން ނަޞްރުﷲއާ ދެބެއިންގެ ދެދަރި ހަޝީމް ސަފީއުއްދީނެވެ.

ހަޝީމަކީ ޙަސަން ނަޞްރުﷲ އަށްފަހު ޙިޒްބުﷲގެ ކަންކަމުގައި އެންމެ އިސްކޮށް އުޅުއްވި ބޭފުޅާވެސް މެއެވެ.

އަދި އޭނާ މަގާމަށް ރެކްރޫޓްކުރުމަށް މަސައްކަތް ކުރަމުންދާތާ މިހާރު 30 އަހަރު ވެދާނެ ކަމަށް ވެސް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.

ހަޝީމް ކައިވެނި ބައްލަވައިގެން އުޅުއްވީ އެމެރިކާއިން އަވަހާރަކޮށްލާފައިވާ އިރާނުގެ ގުދުސް ފޯސްގެ ކޮމާންޑަރު ގާސިމް ސުލައިމާނީގެ ދަރިކަނބަލަކާއެވެ.

ހަޝީމްއަކީ ޓެރަރިސްޓެއް ކަމަށް ސައުދީ އަރަބިއްޔާއާއި އެމެރިކާއިން އޮންނަނީ ކަނޑައަޅައިފައެވެ.

ޙަސަން ނަޞްރުﷲ އަވަހާރަކޮށްލުމާ ގުޅިގެން ޙިޒްބުﷲއާއި ޢިރާޤުގެ ބައެއް ޖަމާޢަތްތަކާއި ޔަމަނުގެ ޙޫޘީން މިހާރު ދަނީ އިސްރާއިލަށް ކެނޑިނޭޅި ހަމަލާތައް ދެމުންނެވެ.

އިސްރާއިލުން ލުބްނާންއަށް އެއްގަމުން އެރުމަށްވެސް ތައްޔާރުވަމުންދާ ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ،


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން