ނިރުބަވެރި އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތަކުގައި އިއްޔެ އެކަނިވެސް 100 އަށްވުރެ ގިނަ މީހުން މަރާލައިފިއެވެ.

ފަލަސްތީނުގެ ދިފާއުގައި ލުބުނާނުން އިސްރާއީލާއި ދެކޮޅަށް ނުކުތުމުން އިސްރާއީލުން ވަނީ ލުބުނާނަށް ހަލާތައް ދޭން ފަށާފައެވެ. މި ހަމަލާތަކުގެ ދިފާއުގައި ލުބުނާނުންވެސް އިސްރާއީލާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދެމުންދާކަން ފާހަގަ ކުރެވެއެވެ.

އެމެރިކާއިން ހަތިޔާރު ފޯރުކޮށްދެމުންދާ އިޒްރޭލުގެ ހަމަލާތަކުގައި ލުބުނާނުގެ ހާހަކަށްވުރެ ގިނަ މީހުން މަރުވެފައިވާކަމަށް އެގައުމުގެ ސިއްހީ އޮފިޝަލުން މައުލޫމާތު ދެއެވެ. އަދި އިސްރާއީލުގެ ހަމަލާތައް ލުބުނާނުގެ އެކި ހިސާބުތަކަށް އަމާޒުވަމުންދާއިރު މި ހަމަލާތަކާ ގުޅިގެން އެގައުމުގެ މިލިއަނަކަށް ވުރެ ގިނަ މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ.

ލުބްނާނުންގެ ހަނގުރާމަވެރި ޖަމާއަތް ހިޒްބުﷲ ބަލިކަށިކޮށްލުމުގެ ނަމުގައި އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި ހިޒްބުالله ގެ ވެރިޔާވެސް އަވަހާރަވެފައިވާއިރު އޭގެ ފަހުން އިސްރާއީލް އޮތީ ލުބުނާނުން ދީފާނެ ހަމަލާއަކަށް ވަރަށް ބިރުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ހިޒްބުﷲ ޖަމާއަތުން ބުނީ އެ ޖަމާއަތުގެ ވެރިޔާ، ނަސްރުﷲ އަވަހާރަކޮށްލި ނަމަވެސް ފަލަސްތީނުގެ ހައްގުގައި އެ ޖަމާއަތުން ކުރަމުންދާ މަސައްކަތަށް އެއްވެސް ހުއްޓުމެއް ނާންނާނެ ކަމަށެވެ. އަދި ލީޑަލުގެ ބަދަލުގައި އަބަދުވެސް ބެކަޕަށް މީހަކު ހުންނާނެ ކަމަށް ލުބުނާނުންވެސް ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން