ނިރުބަވެރި އިސްރާއީލުން ލުބުނާނުގެ ވެރިރަށް ބެއިރޫތަށާއި ޣައްޒާއަށް އެއްފަހަރާ ހަމަލާތައް ދެމުންދާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ބޭރުގެ މީޑިޔާތަކުން ރިޕޯޓްކުރާ ގޮތުގައި އިސްރާއީލުން ވަނީ ބެއިރޫތަށާއި ޣައްޒާއަށް ދެމުންދާ ހަމަލާތައް ފުޅާކޮށްފައެވެ. އަދި ހަމަލާ ފެށި ފަހުން އިސްރާއީލުން ވަނީ ލުބުނާނުގެ ވެރިރަށް ބެއިރޫތުގެ ކައިރި ސަރަހައްދުތަކަށްވެސް ގިނަ އަދަދެއްގެ ބޮން އަޅާފަ އެވެ.

ލުބުނާނުގެ ހެލްތު މިނިސްޓްރީން ބުނީ އިސްރާއީލުގެ ހަމަލާތަކުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 100 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށެވެ. އަދި ޔަހޫދީ އަސްކަރިއްޔާ ސިފައިންގެ ޖެޓްތަކުން މުޅި ގައުމުގައި ހުއްޓުމެއް ނެތި ބޮން ގޮއްވަމުންދާ ކަމަށް ބުނެފައި ވެއެވެ.

ބޭރުގެ މީޑިޔާތަކުން ރިޕޯޓްކުރާ ގޮތުގައި މިހާރު އިސްރާއީލުގެ އަސްކަރިއްޔާ އިން ވަނީ ލުބުނާނަށް އެއްގަމު މަގުން އަރަން މިސްރަާބު ޖަހާފައެވެ. އެގޮތުން އިސްރާއީލުން ދަނީ އަސްކަރީ ސާމާނާއި އުޅަނދުތަކާއެކު ލުބުނާނުގެ ބޯޑަރު ކައިރިޔަށް ޖަމާވަމުން ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އެމެރިކާއިން ހަތިޔާރު ފޯރުކޮށްދެމުންދާ އިސްރާއީލުން ޣައްޒާގެ އެކި ހިސާބުތަކަށް ދެމުންގެންދާ ހަމަލާތައް ވެސް ހުއްޓައެއް ނުލައެވެ. އެގޮތުން ޣައްޒާއަށް އިއްޔެ ދިން ހަމަލާތަކުގައިވެސް 28 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ.

ޣައްޒާގައި އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި 41،595 މީހުން މަރުވެ، 96،251 މީހުން ޒަޚަމްވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން