ކަނޑުމަތިން މަރުވެފައި އޮއްވާ ފެނުނީ އެމްޑީޕީގެ އެކްޓިވިސްޓް ޖައުފަރު
ކަނޑުމަތިން މަރުވެފައި އޮއްވާ ފެނުނީ އެމްޑީޕީގެ އެކްޓިވިސްޓް ޖައުފަރު
އުސްފަސްގަނޑާ ދިމާއިން ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައި އޮއްވާ ފެނުނީ އެމްޑީޕީގެ އެކްޓިވިސްޓް، އަދި ޕޮޓޯގްރާފަރ ޖައުހަރީ، ޖައުފަރެވެ.

ފުލުހުން ބުނީ އުސްފަސްގަނޑާ ދިމާ ކަނޑުމަތީގައި މީހަކު މަރުވެފައި އޮތް ކަމަށް މިއަދު 17:06 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

އަދި މި ރިޕޯޓު ލިބުމާއެކު ފުލުހުންގެ ޓީމެއް އެތަނުގައި ހަރަކާތްތެރިވެ އެމީހާގެ ހަށިގަނޑު ނަގާފައިވާއިރު، މިހާތަނަށް ބެލި ބެލުމުން އެއީ ދިވެހި ފިރިހެނެއްކަން ކަށަވަރުވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެމީހާގެ ހަށިގަނޑު މިހާރު ވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އެމީހާ ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައިގައި ބަލަންޖެހޭ ކަންތައް ބަލައި، ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން