މަރްޔަމް ނަހްދާ ވަޙީދު   30 ސެޕްޓެމްބަރު 2024 - 23:59
އެހެން މީހުން ގަޔާވާ ފަދަ މީހަކަށް ވެވޭނީ މީހުންނާ ގުޅިގެން އުޅުމުން- ގޫގުލް އިމޭޖެސް
އެހެން މީހުން ގަޔާވާ ފަދަ މީހަކަށް ވެވޭނީ މީހުންނާ ގުޅިގެން އުޅުމުން- ގޫގުލް އިމޭޖެސް
މުޖްތަމައުގައި އުޅޭއިރު އެހެން މީހުން ބަލައިގަންނަ އަދި އެހެންމީހުން ގަޔާވާފަދަ މީހަކަށްވާން ކޮންމެ މީހަކުވެސް ބޭނުންވާނެއެވެ. ގިނަ އެކުވެރިން ތިބުމަކީ އެކަމުގެ ސަބަބުން ދިރިއުޅުމުގައި އެކި ކަންކަން ހާސިލް ކުރަން ފެސޭހަވާ ކަމެކެވެ. އެހެންކަމުން އެހެން މީހުން ގަޔާވާފަދަ މީހަކަށްވާން އެންމެންވެސް މަސައްކަތް ކުރެއެވެ. ތިރީގައި މި ހިމަނާލަނީ އެހެން މީހުން ގަޔާވާ ފަދަ މީހަކަށް ވެވޭނެ ބައެއް ގޮތްތަކެވެ.

އަނެކާގެ ޖަޒުބާތުތައް ދެނެގަތުން



ތިބާއަކީ އަނެކާގެ ޖަޒުބާތުތައް ދެނެގަނެވޭ ފަދަ މީހެއް ނަމަ އޭގެ ސަބަބުން ތިބާއަށް އެހެން މީހުންގެ ރުހުން ފަސޭހަކަމާއެކު ލިބި، ތިބާއަކީ އެހެން މީހުން ގަޔާވާ ފަދަ މީހަކަށް ވެއެވެ. އެހެން މީހުންގެ ޖަޒުބާތުތައް ދެނެގަނެ، އެމީހުންގެ ޖަޒުބާތުތަކާއި ހިޔާލުތަކަށް ގަދަރުކުރާނަަމަ، އެމީހުން ތިބާއާމެދު ދެކޭ ގޮތް ވަރަށް ތަފާތުވެއެވެ. އަދި ތިބާއަކީ އެހެން މީހުންގެ ޖަޒުބާތުތަކަށް ގަދަރު ކުރާ މީހަކަށްވަނީނަމަ މުޖްތަމައުގެ ގިނަ ބައެއްގެ ލޯބި ތިބާއަށް ލިބި، ތިބާ ދަންނަ މީހުންވެސް ގިނަވާނެއެވެ.

ކަންކަމުގައި އެހެން މީހުންގެ ލަފާ ހޯދުން

ތިބާއަކީ ކަންކަމުގައި އެހެން މީހުންގެ ލަފާ ހޯދާ މީހެއް ނަމަ ތިބާއަކީ މީހުންނާ ގުޅިގެން އުޅެން ބޭނުންވާ މީހެއްކަން އެމީހުންނަށް އެނގި، އެމީހުންގެ ރުހުން ތިބާއަށް ލިބެއެވެ. އަދި އަނެކާގެ ފަރާތުން ކަންކަމުގައި ލަފާ ހޯދާނަމަ އޭނާއަށް އޭނާއަކީ މުހިންމު މީހެއްކަން އިހުސާސް ކުރެވި، ތިބާއާ އޮންނަ ގުޅުން ބަދަހި ކުރަން ބޭނުންވެސް ވެއެވެ. މިސާލަކަށް މަސައްކަތުގެ މާހައުލުގައި އަނެކާގެ ފަރާތުން ކަންކަން އޮޅުން ފިލުވުމުން، ތިބާއަކީ ގުޅިގެން އުޅެން ބޭނުންވާ އަދި އެހެން މީހުންގެ އެހީއަށްވެސް ބޭނުންވާ މީހެއްކަން އެނގި، އެހެން މީހުން ގަޔާވާފަދަ މީހަކަށް ތިބާ ވެގެން ދެއެވެ.

އެހެން މީހުންނަށް ތައުރީފު ކުރުން



ތިބާއަކީ ހެޔޮހިތުން އެހެން މީހުންނަށް ތައުރީފުކުރާ މީހެއްނަމަ އެމީހުންހެ ހިތްތަކުގައި ތިބާއަށް ކުލުނު ޖެހި، ތިބާއަކީ އެމީހުން ގަޔާވާފަދަ މީހަކަށް ވެގެން ދެއެވެ. އަނެކާގެ ތައުރީފު ލިބުމަކީ ކޮންމެ މީހަކުވެސް އުފާވާނެ ކަމެކެވެ. އަދި އެއީ އެމީހެއްގެ މަސައްކަތްތައް ނުވަތަ “އެފޯޓު” ތައް އެހެން މީހުންނަށް ފާހަގަވާކަން އެނގޭނެ ކަމެއްވެސް މެއެވެ. އެހެންކަމުން އަނެކާގެ ފަރާތުން ފެންނަ ކިތައްމެ ކުޑަ ސިފައަކަށްވެސް ހެޔޮހިތުން ތައުރީފު ކުރާ މީހަކަށް ތިބާ ވަނީނަމަ، މުޖްތަމައުގެ މީހުން ހިތްތަކުގައި ތިބާއަށް ގަދަރު އުފެދި، ތިބާއަކީ އެހެންމީހުން ގަޔާވާފަދަ މީހަކަށް ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން