މަރްޔަމް ނަހްދާ ވަޙީދު   1 އޮކްޓޯބަރު 2024 - 0:11
ކާއްޓަކީ ހަށިގަނޑަށް ފައިދާހުރި އެތައް މާއްދާތަކެއް އެކުލެވޭ އެއްޗެއް- ގޫގުލަ އިމޭޖެސް
ކާއްޓަކީ ހަށިގަނޑަށް ފައިދާހުރި އެތައް މާއްދާތަކެއް އެކުލެވޭ އެއްޗެއް- ގޫގުލަ އިމޭޖެސް
ކާއްޓަކީ ރާއްޖޭގައި ފަސޭހަކަމާއެކު ލިބެން ހުންނަ، އަދި އާންމު ދިރިއުޅުމުގައި ކޮންމެ ދުވަހަކުހެން ގިނަ ގޭބިސީތަކުގައި ބޭނުން ކުރާ އެއްޗެކެވެ. މިއީ ސިއްހަތަށް ފައިދާހުރި އެތައް މާއްދާތަކެއް އެކުލެވޭ އެއްޗެއް ކަމުން ހެނދުނުގެ ނާސްތާ ގަޑީގައި މި ބޭނުން ކުރުމުން އަޅުގަނޑުމެންގެ ހަށިގަނޑަށް ގިނަގުނަ ފައިދާތަކެއް ލިބެއެވެ.

އެގޮތުން ބަލާއިރު ކޮންމެ ދުވަހަކު ހޭލުމަށްފަހު ކާށި ކާނަމަ، ހަޖަމުގެ މައްސަލަތަކުން މީހާ ދުރުކޮށްދެއެވެ. ކާއްޓަކީ އޭގައި ގިނަ އަދަދަކަށް ފެޓާއި ފައިބާ އެކުލެވޭ އެއްޗެކެވެ. މި މާއްދާތަކަކީ ގޮހޮރުގައި ހަޖަމުގެ މަސައްކަތުގައި އެހީވެދޭ ޖަރާސީމުތައް އުފައްދައިދޭ މާއްދާތަކެއް ކަމުން ކޮންމެ ދުވަހަކު ހެނދުނު ކާށި ހުނި ކެއުމުން ގޮހޮރުގެ މައްސަލަތަކުން ދުރުވެ، މީހާގެ ހަޖަމުގެ ނިޒާމު ރަނގަޅުވެއެވެ.

އަދި ކޮންމެ ދުވަހަކު މި ބޭނުން ކުރާނަމަ މީހާގެ ދިފާއީ ނިޒާމުވެސް ވަރުގަދަވާނެއެވެ. ކާށީ ހުންޏަކީ އޭގައި ގިނަ އަދަދަކަށް ލޯރިކު އެސިޑު ހިމެނޭ އެއްޗަކަށްވީއިރު، މި އެސިޑަކީ އެންޓި ބެކްޓީރިއަލް، އެންޓި ފަންގަލް އަދި އެންޓި ވައިރަލް ޕްރޮޕަޓީތަކެއް ލިބިފައިވާ އެއްޗެކެވެ. އެހެންކަމުން ހެނދުނު ހެނދުނާ މި ބޭނުން ކުރާނަމަ މީހާގެ ހަށިގަނޑުގައި ހުންނަ ޖަރާސީމުތައް ނެތިގޮސް، މީހާގެ ދިފާއީ ނިޒާމު ވަރުގަދަ ވެއެވެ. އަދި ބަލިތަކުން މީޙަ ދުރުވޭވެސް މެއެވެ.

މީގެ އިތުރުން މިއީ ބަރުދަން ލުއި ކުރުމަށްވެސް އެހީވެދޭ އެއްޗެކެވެ. މީގައި ގިނަ އަދަދަކަށް ފައިބާ އަދި ފެޓު އެކުލެވޭއިރު، މި ކެއުމުން މީހާއަށް ގިނަ ވަގުތު ބަނޑު ފުރިފައި ހުންނަ ކަމުގެ އިހުސާސް ކުރެވި، ކާއެއްޗެހި ކަވައިގަންނަ ވަރު މަދުވެއެވެ. އަދި އޭގެ ސަަބަބުން ހަށިގަނޑަށް އެތެރެކުރެވޭ ކެލޮރީތައް މަދުވެ، ބަރުދަން ލުއިވެއެވެ. އަދި ހަމަ އެހެންމެ ބަނޑުގައި ހުންނަ ސަރުބީވެސް ވިރައެވެ.

ކާށި ކެއުމުން މި ނޫންވެސް ވަރަށް ގިނަ ފައިދާ ހަށިގަނޑަށް ލިބޭނެ ކަމަށް ސިއްހީ މާހިރުންނާއި ޑައިޓީޝަނުން ބުނެއެވެ. އެހެންކަމުން ކޮންމެ ދުވަހަކުވެސް ހޭލާފައި ހެނދުނުގެ ނާސްތާގައި ކާށި ހިމަނާލެވޭތޯ ކޮންމެ މީހަކުވެސް ބަލަން ޖެހެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން