އީރާނުން އެއްފަހަރާ ގިނަ އަދަދެއްގެ މިސައިލްތަކެއް ނިރުބަވެރު އިސްރާއީލަށް ފޮނުވާފައިވާކަމަށް އިސްރާއީލުގެ ޚަބަރުފަތުފާ ވަސީލަތްތަކުން ބުނެފިއެވެ.

އިސްރާއީލުގެ މީޑިޔާތަކުން ރިޕޯޓްކުރާ ގޮތުގައި އެގައުމުގެ އެކި ސަރަހައްދުތަކުގައި ވަނީ ސައިރެންގެ އަޑު ގުގުމާފައެވެ. އަދި އީރާނުން ގިނަ އަދަދެއްގެ ބެލިސްޓިކް މިސައިލް ހަމަލާތަކެއް ފޮނުވާފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

މީގެ ގަޑިއިރުތަކެއް ކުރިން އެމެރިކާއިން ވެސް ވަނީ އިސްރާއީލަށް އީރާނުން ވަރުގަދަ ހަމަލާތަކެއް ދޭން ތައްޔާރުވަމުންދާކަމަށް ބުނެ އިންޒާރު ދީފައެވެ. އަދި އިސްރާއީލުގެ ދިފާއުގައި އަބަދުވެސް އެމެރިކާ އޮންނާނެ ކަމަށާއި އީރާނުން ދީފާނެ ހަމަލާއަކަށް ދިފާއުވާނޭ މަގު ހޯދައިދޭނެ ކަމަށްވެސް އެމެރިކާއިން ވަނީ ބުނެފައެވެ.

މެދުއިރުމަތީގެ މަސްރަހު ވަރަށް ހަލަބޮލިވެފައިވާއިރު އެ ސަރަހައްދުގެ ޚަބަރުތައް ގެނެސްދެމުންދާ އަލްޖަޒީރާ ނޫހުން ބުނީ އިސްރާއީލާ ދެކޮޅަށް މިހާރުވެސް އީރާނުން ފޮނުވާލި 102 މިސައިލު ދަތުރުކުރަމުންދާކަމަށެވެ.

އީރާނުން ފޮނުވާލި މި މިސައިލްތަކުން ދިފާއުވުމަށް އިސްރާއީލުން މަސައްކަތް ކުރަމުންދާއިރު އެކަމުގައި އެމެރިކާގެ އެހީތެރިކަން ހޯދާނެ ކަމަށް ބެލެވެއެވެ. އަދި އީރާނުގެ މި ހަމަލާއަކީ އެ ދެގައުމުގެ ހަނގުރާމަ ފެށުނު ފަހުން އީރާނުން އިސްރާއީލަށް ދިން އެންމެ ވަރުގަދަ ހަމަލާކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

މި ހަމަލާތައް އަންނާނެ ކަން ކުރީންވެސް އިސްރާއީލާއި އެމެރިކާއިން އަށް އެނގޭއިރު އެ ގައުމުތަކުން ބުނެފައިވަނީ އިރާނުން ސީދާ ހަމަލާދީފި ނަމަ އެކަމުގެ ނުރައްކާތެރި ނަތީޖާތަކާ އިރާނުން ކުރިމަތިލާން ޖެހޭނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން