ކައިލީ ޖެނާ
ކައިލީ ޖެނާ
ކޮރޯނާވައިރަހުގެ ބިރުވެރިކަމުގެ ތެރޭގައި ކައިލީ ޖެނާ އާއި މަންމަ ކްރިސް ޖެނާ، ހޭންޑް ސެނިޓައިޒާ ތައްޔާރުކޮށްގެން ކެލިފޯރނިއާގެ ހޮސްޕިޓަލްތަކަށް ހަދިޔާކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ފޮކްސް ނިއުސް އިން ބުނެފިއެވެ.

ފޮކްސް ނިއުސްއިން އިއްޔެ ބުނެފައިވަނީ އެ ޗެނަލަށް ލިބުނު ޕްރެސް ރިލީސެއްގައި ބުނެފައިވާ ގޮތުގައި ކޯވިޑް-19 އާއި ގުޅިގެން މަޝްހޫރު ކޮސްމެޓިކްސް ކުންފުނި، ކޮޓީ އާއި ގުޅިގެން ކައިލީ ވަނީ އެމަރޖެންސީގައާއި އިސް ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ޚާއްޞަކޮށްގެން ހޭންޑް ސެނިޓައިޒާ ތައްޔާރުކުރުމުގެ މަސައްކަތްތަކެއް ފަށާފައިކަމަށެވެ.

ފޮކްސް ނިއުސް އިން އިތުރަށް ބުނީ ކޮންމެ ސެނިޓައިޒާ ފުޅިއެއްގައި އިސް ސަފުތަކުގައި ހަރަކާތްތެރިވާ ސިއްހީ ބޭފުޅުންނަށް ޚާއްޞަ މެސެޖެއް ލިޔެވިފައިވާނެކަމަށެވެ.

އިސް ސަފުގައި ހަރަކާތްތެރިވަމުންދާ ފަރާތްތަކަށް މާސްކާއި ރައްކާތެރިކަމުގެ އިތުރުތަކެތި ފޯރުކޮށްދިނުމަށް ކައިލީ ވަނީ ނިމިދިޔަ ހަފްތާގެ ތެރޭގައި އެއް މިލިއަން ޑޮލަރު ހަދިޔާކޮށްފައެވެ. ކައިލީއަކީ މަޝްހޫރު ރިއަލިޓީ ޓެލެވިޒަން ތަރިއެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން