ހަށިގަނޑުގައި ވިޓަމިން ސީ މަދުވާނަމަ ހިރުގަނޑުގެ މައްސަލަތައް ޖެހޭ- ގޫގުލް އިމޭޖެސް
ހަށިގަނޑުގައި ވިޓަމިން ސީ މަދުވާނަމަ ހިރުގަނޑުގެ މައްސަލަތައް ޖެހޭ- ގޫގުލް އިމޭޖެސް
ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި ހަށިގަނޑަށް ބޭނުންވާ ވަރަށް ވިޓަމިނާއި މިނަރަލްތައް ލިބުމަކީ ވަރަށް މުހިންމު ކަމެކެވެ. އެގޮތުން ހަށިގަނޑުގެ މަސައްކަތްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރުމަށްޓަކައި ބޭނުންވާ އެންމެ މުހިންމު އެއް މާއްދާއަކީ ވިޓަމިން ސީ އެވެ. އަދި ހަށިގަނޑަށް ބޭނުންވާ ވަރަށް ވިޓަމިން ސީ ނުލިބޭނަމަ ތަފާތު އެކި މައްސަލަތައް ދިމާވެއެވެ.

ވިޓަމިން ސީ އަކީ ހަށިގަނޑުގައި ރައްކާކުރެވޭ މާއްދާއަކަށް ނުވާތީ ހަށިގަނޑަށް ބޭނުންވާ ވަރަށް މި މާއްދާ އެތެރެ ނުވެވޭނަމަ މީހާގެ ދިފާއީ ނިޒާމު ބަލިކަށިވެއެވެ. ވިޓަމިން ސީ އަކީ އޮކްސިޑޭޓިވް ސްޓްރެސް އިން ހަށިގަނޑުގެ ސެލްތައް ރައްކާތެރި ކޮށްދީ، ބަލިތަކާ ދެކޮޅަށް ހަނގުރާމަ ކުރުމުގައި އެހީވެދޭ މާއްދާއެއްކަމުން ހަށިގަނޑުން މި މަދުވުމުން ފަސޭހަކަމާއެކު ނޭވާލާނިޒާމަށް ޖެހޭ ބަލިތަކުގެ ޝިކާރައަކަށް މީހާ ވެއެވެ.

އަދި ހަށިގަނޑަށް ބޭނުންވާ ވަރަށް ވިޓަމިން ސީ ނުލިބޭނަމަ އޭގެ ސަބަބުން މީހާގެ ހަންގަނޑު ކުރަކިވެ، ހަމުގެ އެކި މައްސަލަތައްވެސް ދިމާވެއެވެ. އެގޮތުން ބަލާއިރު ހަންގަނޑު ދުޅަވެ ރަތް ވުން ފަދަ ކަންކަން ދިމާވާނަމަ އެއީ ވިޓަމިން ސީ މަދުވުމުގެ އަލާމާތެކެވެ. އަދި ތުންފަތް ހިކި، ފަޅައިގެންދާނަމަ އެއީވެސް ވިޓަމިން ސީ މަދުވުމުގެ އަލާމާތެކެވެ. މި މައްސަލަތައް ދިމާވަނީ ވިޓަމިން ސީ މަދުވުމުން ހަށިގަނޑުގައި ކޮލަޖެން އުފައްދާވަރު މަދުވާތީއާއި، ހަންގަނޑު އޮކްސިޑޭޓިވް ސްޓްރެސް އަށް ދާތީއެވެ.

އަދި މީގެ އިތުރުން ހިރުގަނޑު ހަލާކުވެ ހިރުގަނޑުން ލޭ އައުމަކީވެސް ހަށިގަނޑަށް ބޭނުންވާ ވަރަށް ވިޓަމިން ސީ އެތެރެ ނުވާނަމަ ދިމާވާ މައްސަލައެކެވެ. ވިޓަމިން ސީ އަކީ ބާރުގަދަ އެންޓިއޮކްސިޑެންޓެއްކަމުން ހަށިގަނޑަށް ބޭނުންވާ ވަރަށް މި އެތެރެވާނަމަ "ސްކާވީ" ފަދަ ހިރުގަނޑުގެ މައްސަލަތައް ދަށްކޮށްދޭން މަސައްކަތް ކުރެއެވެ. ނަމަވެސް މި ހަށިގަނޑުން މަދުވުމުން ހިރުގަނޑުގެ މައްސަލަތައް ދިމާވެ، ހިރުގަނޑުން ލޭ އައިސް މީހާގެ ހަށިގަނޑުގައި ވަރަށް ބޮޑަށް ވޭން އަޅާ ގޮތް ވެއެވެ.

ވިޓަމިން ސީ އަކީ ހަށިގަނޑަށްވެސް ވަރަށް ބޭނުންތެރި އެއްޗަކަށްވީއިރު، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި މިއީ ކޮންމެހެން ބޭނުން އެއްޗެކެވެ. އެހެންކަމުން ކޮންމެ ދުވަހަކުވެސް ހަށިގަނޑަށް ބޭނުންވާ ވަރަށް ވިޓަމިން ސީ އެތެރެ ކުރުމުގެ ގޮތުން މި މާއްދާ ހިމެނޭ އެއްޗިސް ކައިބޮއެ އުޅެން ޖެހެއެވެ. ވިޓަމިން ސީ އަކީ ގިނަ މޭވާ އާއި ތަރުކާރީގައި އެކުލެވޭ އެއްޗެއްކަމުން މި ބާވަތްތައް ކެއުމުގައި ބޭނުން ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން