މަރްޔަމް ނަހްދާ ވަޙީދު   2 އޮކްޓޯބަރު 2024 - 5:12
އަނގަހަފާލަން ކާން އެންމެ ރަނގަޅީ ޕީނަޓު- ގޫގުލް އިމޭޖެސް
އަނގަހަފާލަން ކާން އެންމެ ރަނގަޅީ ޕީނަޓު- ގޫގުލް އިމޭޖެސް
ޕީނަޓަކީ ހަށިގަނޑަށް ފައިދާހުރި އެތައް މާއްދާތަކެއް އެކުލެވޭ އެއްޗަކަށްވީއިރު މިއީ ތަފާތު އެކި ކާއެއްޗެހި ތައްޔާރު ކުރުމުގެއިތުރުން ވަކި އެއްޗަކައި ނުލައި ހުހައްވެސް މީހުން ކައި އުޅޭ އެއްޗެކެވެ. މިއީ ހަށިގަނޑަށް ވަރަށް ގިނަގުނަ ފައިދާތައް ލިއްބައިދޭ އެއްޗަކަށްވުމުން، މިއީ އަނގަހަފާލަން ކާން އެންމެ ރަނގަޅު، އެންމެ ފައިދާހުރި އެއް ބަދަނުގެ ބާވަތްވެސް މެއެވެ.

މިއީ ބަރުދަން ލުއިކުރުމުގައި އެހީތެރިވާ އެއްޗެއްކަމުން ބަރުދަން ލުއިކުރަން އުޅޭ ފަރާތްތަކުން އާންމު ގޮތެއްގައި

އަނގަ ހަފާލަން ބޭނުން ކޮށް އުޅެނީ ޕީނަޓެވެ. ދިރާސާތަކުން ދައްކާގޮތުގައި ހަފްތާއަކު މަދުވެގެން ދެ ފަހަރު ޕީނަޓު ކާނަމަ އޮބޭސިޓީ ފަދަ މައްސަލަތައް ޖެހުމުން މީހާ ދުރުކޮށްދެއެވެ. މިކަން މިހެން ވަނީ ޕީނަޓް އަކީ މީހާ ގިނައިރު ބަނޑު ފުރިފައި ހުންނަ ކަމުގެ އިހުސާސް ކުރުވައިދޭ އެއްޗެއްކަމަށް ވުމުން، އޭގެ ސަބަބުން ދުވާލު ކައިބޮއި އުޅޭވަރު މަދުވެ، ހަށިގަނޑަށް އެތެރެވާ ކެލޮރީތައް މަދުވާތީއެވެ.

ޕީނަޓަކީ ހަަށިގަނޑުގައި ކޮލެސްޓްރޮލް ހުންނަ ވަރު ދައްކުރުމުގައިވެސް އެހީތެރިވެދޭ އެއްޗެކެވެ. މިއީ މޮނޮސެޗުރޭޓެޑް ފެޓީ އެސިޑުތައް ހިމެނޭ އެއްޗެއް ކަމުން މި ކެއުމުން ހަށިގަނޑުގައި ހުންނަ އެލްޑީއެލް ލެވެލްތައް (ނުރަނގަޅު ކޮލެސްޓްރޮލް) ދައްކޮށްދީ، ހަށިގަނޑަށް ފައިދާ ހުރި ކޮލެސްޓްރޮލް ނުވަތަ އެޗްޑީއެލް އިތުރުކޮށްދެއެވެ. އެހެންކަމުން އަނގަހަފާލަން ޕީނަޓު ބޭނުން ކުރާނަމަ ހިތުގެ ބަލިތަކާއި ސްޓްރޯކް ފަދަ މައްސަލަތަކުން މީހާ ރައްކާތެރި ކޮށްދެއެވެ.

މީގެ އިތުރުން މިއީ މީހާ ކެންސަރު ބަލިން ވެސް ރައްކާތެރި ކުރުމުގައި އެހީވެދޭ އެއްޗެކެވެ. ޕީނަޓަކީ އޭގައި ގިނަ އަދަދަކަށް ޕޮލިފީނޮލިކް އެންޓިއޮކްސިޑެންޓުތައް ހިމެނޭ އެއްޗަކަށްވާއިރު، މިއީ ބަނޑުގެ ކެންސަރު ޖެހުމަށް މެދުވެރިވާ މާއްދާއެއް ކަމަށްވާ ކާސިޖޯނިކު ނިސްޓްރޯސެމިންސް އުފެދުން މަދުކޮށްދޭ އެންޓިއޮކްސިޑެންޓެކެވެ. އަދި މީގެ އިތުރުން ޕީނަޓަކީ އޭގައި ގިނަ އަދަދަކަށް ރެސްވެރެޓްރޮލް ހިމެނޭ އެއްޗަކަށްވީއިރު، މިއީވެސް ކެންސަރު ބައްޔާ ދެކޮޅަށް މަސައްކަތްކުރާ މާއްދާއެކެވެ.

ޕީނަޓަކީ މިނޫނަސް އެތައް ސިއްހީ މައްސަލައަކުން މީހާ ރައްކާތެރިކޮށްދޭ އެއްޗެކެވެ. އެގޮތުން އަނގަ ހަފާލަން މި ބޭނުން ކުރާނަމަ ޑިޕްރެޝަން އާއި، ސްޓްރޯކު ފަދަ މައްސަލަތަކުންވެސް މީހާ ރައްކާތެރިކޮށްދެއެވެ. ވީމާ ހަށިގަނޑަށް ގެއްލުންވާފަދަ އެއްޗިސް ކެއުމުގެ ބަދަލުގައި އަނގަ ހަފާލަން ބޭނުން ކުރަންވީ ޕީނަޓެވެ. ނަމަވެސް މިއީ އެންމެ ބޮޑު އެއް އެލާޖެން ކަމުން، މިކާއިރު އެކަމަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން