އިރާންގެ އަސްކަރިއްޔާއިން ރޭ ފޮނުވާލި ވަރުގަދަ މިސައިލްތައް ނިރުބަވެރި އިސްރާއީލުގެ އަސްކަރީ މަރުކަޒަކަށް އަމާޒުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ބޭރުގެ މީޑިޔާތަކުން ރިޕޯޓްކޮށްފައިވާގޮތުގައި އިރާނުން ރޭ ވަނީ 200 އަށްވުރެ ގިނަ ބެލިސްޓިކް މިސައިލް އިސްރާއީލަށް ފޮނުވާފައެވެ. މި ހަމަލާތަކަކީ އިސްރާއީލުގެ އަސްކަރީ މަރުކަޒުތަކަށާއި އެގައުމުގެ އެހެނިހެން ތަންތަނަށް އަމާޒުކޮށް ފޮނުވާލާފައިވާ ހަމަލާތަކެކެވެ.

މި ހަމަލާތައް އިރާނުން އިސްރާއީލަށް ދީފައި ވަނީ މީގެ ކުރިން ގިނަ އަދަދެއްގެ އިންޒާރުތަކެއް ދިނުމަށްފަހުއެވެ.

ރޭ އިސްރާއީލަށް ވަރުގަދަ މިސައިލް ހަމަލާތަކާއި ޑްރޯން ހަމަލާތަކެއް ދީފައިވަނީ މިދިޔަ އޭޕްރިލް މަހުގެ އެއްވަނަ ދުވަހު ނިރުބަވެރިން ސޫރިއާގެ ވެރިރަށް، ދިމިޝްގުގައި ހުންނަ އިރާނުގެ ކޮންސުލޭޓަށް ދިން ވަރުގަދަ ހަމަލާއާއި އިރާނުގެ ވެރިރަށް، ތެހެރާނުގައި ހުންނަވަނިކޮށް ހަމާސްގެ ލީޑަރު އިސްމާއީލް ހަނިއްޔާ މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހު އަވަހާރަކޮށްލުމާއި ގުޅިގެން ބަދަލު ހިފުމުގެ ގޮތުންނެވެ.

"ސީއެންއެން" އިން ބުނެފައިވާ ގޮތުގައި އެ ނޫހަށް ލިބިފައިވާ ދެ ވީޑިއޯއަކުން އިސްރާއީލުގެ ދެކުނުގައި އޮންނަ ނެވަތިން އަސްކަރީ މަރުކަޒަށް މިސައިލްތައް އަމާޒުވާ މަންޒަރު ފެނިގެންދާ ކަމަށެވެ. މީގެ ކުރިން އޭޕްރިލް 13 ވަނަ ދުވަހު ވެސް އިރާނުން ވަނީ އެ މަރުކަޒަށް އަމާޒުކޮށް ހަމަލާތަކެއް ދީފައިކަން ފާހަގަ ކުރެވެއެވެ.

މީގެ ކުރިންވެސް އިސްރާއީލަށް މިފަދަ އެތައް ހަމަލާއެއް ދީފައިވީނަމަވެސް އެގައުމުން އެފަދަ ކަމެއްގެ އެއްވެސް މައުލޫމާތެއް މީޑިޔާ އާއި ހިއްސާއެއް ނުކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން