ކޮރޮނާވައިރަހަކީ ކޮންމެވެސް ސިފައެއްގައި އަބަދުވެސް އިންސާނުންނާއެކު އުޅޭނެ ވައިރަހެއް ކަމަށް އިނގިރޭސިވިލާތުގެ ސަރުކާރުގެ ސައިންޓިފިކް އެޑްވައިޒަރަކު ވިދާޅުވެއްޖެއެވެ.
އޭނާ ވިދާޅުވީ ކޮރޯނާވައިރަހުން ސަލާމަތް ވުމަށް ދެން ޖެހޭނީ އަބަދުވެސް ގަވާޢިދުން ވެކްސިން ބޭނުން ކުރާށެވެ. މި ވައިރަހަކީ އަހަރެމެންގެ ތެރެއިން ފިލައި ނުގޮސް ކޮންމެވެސް ސިފައެއްގައި އުޅޭނެ ވައިރަހެއް ކަމަށް ތަޖުރިބާކާރު ސައިންޓިސްޓް ވިދާޅުވެފައި ވެއެވެ.
"މިވައިރަސް އުޅޭނީ ހަމަ ފްލޫއެއް ގޮތަށް. މި ވައިރަހުން ސަލާމަތް ވުމަށް ހަމަ ޖެހޭނީ ގަވާޢިދުން އެއޮންނަ މުއްދަތެއް ހަމަކޮށް ވެކްސިން ޖަހަން." އިނގިރޭސި ސައިންޓިސްޓް ސަރ މާކް ވޮލްޕޯރޓް ވިދާޅުވިއެވެ. ވޮލްޕޯރޓަކީ އިނގިރޭސި ވިލާތުގެ ސައިންޓިފިކް އިމަރޖެންސީ ގްރޫޕްގެ މުޝީރެކެވެ.
ވޮލްޕޯރޓް ވިދާޅުވީ ކޮރޯނާވައިރަހަކީ އަހަރެމެންގެ ތެރެއިން މުޅިން ނެތިގެންދާނެ ވައިހެއް ނޫންކަމަށެވެ. މި ވައިރަހުން ސަލާމަތްވެ ދިރިއުޅުމަށް އޮތް ހަމައެކަނި ގޮތަކީ މުޅި ދުނިޔޭގައި އާންމުކޮށް ގަވާޢިދުން މި ވައިރަހަށް ވެކްސިން ޖަހައިގެން އުޅުން ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮރޯނާވައިރަހާ ބެހޭގޮތުން ވޮލްޕޯރޓް މިފަދަ ގޮތަކަށް ވާހަކަ ދައްކަވާފައިވާއިރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިސް ވެރިޔާ ޓެޑްރޮސް އަދުނަން ގަބްރިޔެސަސް ދާދިފަހުން ވިދާޅުވެފައިވަނީ ބޭސްވެރިކަމުގެ ހޯދުންތަކާއި ޓެކްނޮލޮޖީގެ އުފެއްދުން ތަކާއެކު ކޮރޯނާވައިރަސް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ދުނިޔޭގެ ބޮޑު ބަޔަކުން މުޅިން ފިލައިގެން ދާނެ ކަމަށެވެ.
"މިކަމަށް އޮތް ހައްލަކީ ވެކްސިން. އަހަރެމެންނަށް އެފަދަ ވެކްސިނެއް ވަރަށް އަވަހަށް ލިބޭނެ ކަމަށް އުއްމީދު ކުރަން." ސިއްހަތު ޖަމިއްޔާގެ އިސް ވެރިޔާ ވިދާޅުވިއެވެ.
އެހެންވީމާ ބައްޔާ ބެހޭގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާއި ދުނިޔޭގެ އެންމެ ތަޖުރިބާކާރު ސައިންސްވެރިންގެ ޚިޔާލުވެސް ވަރަށް ބޮޑަށް ތަފާތުކަން ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު