މިފްކޯގެ އިންޖިނިއަރިން އެންޑް ޕްރޮޖެކްޓް ޑިޕާޓްމެންޓުގެ ޖެނެރަލް މެނޭޖަރ މުއާޒު އަލީ
މިފްކޯގެ އިންޖިނިއަރިން އެންޑް ޕްރޮޖެކްޓް ޑިޕާޓްމެންޓުގެ ޖެނެރަލް މެނޭޖަރ މުއާޒު އަލީ
ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުގެ ތެރެއިން އަލަށް ގާއިމްކުރާ ދ. މީދޫ އައިސް ޕްލާންޓަށް ބޭނުންވާ ބިން، އެރަށު ކައުންސިލުން އަގެއް ނުނަގާގޮތަށް މިފްކޯއާ ހަވާލުކުރުމަކީ، އެރަށު ކައުންސިލުން މަސްވެރީންނަށް ދޭ އަހަމިއްޔަތުކަން ހާމަވެގެންދާ ކަމެއް ކަމުގައި މިފްކޯއިން ބުނެފިއެވެ.

މިފްކޯގެ އިންޖިނިއަރިން އެންޑް ޕްރޮޖެކްޓްސް ޑިޕާޓްމެންޓުގެ ޖެނެރަލް މެނޭޖަރު މުއާޒު އަލީ ވިދާޅުވީ މީދޫގައި އައިސް ޕްލާންޓު ހެދުމަށް އެރަށު ކައުންސިލުން ހިލޭ 3000 އަކަފޫޓުގެ ބިމެއް ހަމަޖައްސައިދީފައިވާ ކަމަށެވެ. އަދި އެ ސަރަހައްދުގެ މަސްވެރީންނަށް ނުވަތަ މަސްވެރިކަމަށް އައިސް ލިބޭގޮތް ވުމުން މިފްކޯއަށް ތާޒާ ކަނޑުމަސް ލިބިގެންދާނެކަން މުއާޒު ފާހަގަކުރެއްވިއެވެ.

"ކައުންސިލްތަކުން ނަގަނީވެސް ރަމްޒީ ފީއެއް. އަދި އަޅުގަނޑުމެނަށް އެއިން ފައިދާ ނުވިޔަަސް މަސްވެރީންނަށް ހެޔޮ އަގެއްގައި އައިސް ވިއްކަނީ ކޮލެޓީ މަސް ހޯދުމުގެ މަގްސަދުގައި. މި މަސައްކަތް ނިމުމުން ދެން އެ ސަރަހައްދުން ވެސް ލިބޭނީ ކޮލެޓީ މަސް." މުއާޒް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން މީދޫ ކައުންސިލްގެ ރައީސް އިބްރާހިމް ނަސީމް ވިދާޅުވީ، މުސްތަގުބަލުގައި މީދޫއަށް މަސްއޮޑިފަހަރު އައިސް އަޅަން ދިއުމުން އެރަށުގެ އިގްތިސާދީ އޮއިވަރު ބަދަލުވެ، ކުދި ވިޔަފާރިތަކާއި ފިހާރަތަކާއި ސައި ހޮޓަލުގެ އާމްދަނީއަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ. އަދި މީދޫގެ އިތުރުން އެ ރަށާ ކައިރި ރަށްރަށުގެ ފަރުމަސް ވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ރޯމަހުގެ މަސައްކަތުގައި އުޅޭ އާންމުންގެ އާމްދަނީއަށްވެސް ހެޔޮ ބަދަލެއް އަންނާނެކަމަށް ނަސީމް ވިދާޅުވިއެވެ.

މީދޫ އައިސްޕްލާންޓުގެ އެއްބަސްވުމުގައި ފިޝަރީޒް މިނިސްޓްރީއާއި މިފްކޯއިން ސޮއިކުރީ ނިމުނު ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު ގައެވެ.

މި މަޝްރޫއުގެ ދަށުން މީދޫގެ އިތުރުން ދ. ބަނޑިދޫ އާއި ށ. ފުނަދޫގައި އަޅާ ކޮންމެ އައިސްޕްލާންޓަކީ ދުވާލަކު 30 ޓަނުގެ އައިސް އުފައްދާ ޕްލާންޓެކެވެ. މީގެ އިތުރުން ކޮންމެ ޕްލާންޓަކާއެކު 50 ޓަނުގެ އައިސް ސްޓޯރޭޖެއް ހަދާނެ އެވެ.

ޖުމްލަ 24 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން ކޮންމެ އައިސް ޕްލާންޓެއް ހެދުމަށް 8 މިލިއަން ރުފިޔާ ހޭދަވާނެއެވެ. އަދި މިއީ ސަރުކާރުން މިފްކޯއަށް ފައިސާ ދީގެން ހިންގާ މަޝްރޫއެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން