ހިތްހަމަ ނުޖެހުމުން ޑާކު ޗޮކްލެޓު ކަނީ- ގޫގުލް އިމޭޖެސަ
ހިތްހަމަ ނުޖެހުމުން ޑާކު ޗޮކްލެޓު ކަނީ- ގޫގުލް އިމޭޖެސަ
ދިރިއުޅުމުގައި ދިމާވާ އެކިކަހަލަ ކަންކަމާމެދު ހިތްހަމަ ނުޖެހުމަކީ އޭގެ ސަބަބުން މީހާގެ މޫޑަށް ބަދަލުތަކެއް އައިސް ދުވަހާއިގެން ކުރިއަށް ދާން އުނދަގޫ ކުރުވާ ކަމެކެވެ. މިކަން ރަނގަޅުކޮށް، ރަނގަޅު މޫޑަކަށް ދިއުމަށް ބައެއް ކަހަލަ ކާ އެއްޗެހި ކެއުމުން އެހީވެދޭ ކަމަށް ދިރާސާތަކުން ދައްކައެވެ.

އެހެންކަމުން ތިރީގައި މި ހިމަނާލަނީ ކަމަކާމެދު ހިތްހަމަ ނުޖެހިފައި ހުރިނަމަ މޫޑު ރަނގަޅު ކުރުމަަށް ކާންވީ ބައެއް އެއްޗެހި:

ޑާކް ޗޮކްލެޓު

ޑާކް ޗޮކްލެޓަކީ މީހާގެ މޫޑު ރަނގަޅު ކުރުމުގައި ވަރަށް ބޮޑަށް އެހީވެދޭ އެއްޗެކެވެ. މިކަން މިހެންވަނީ މިއީ ސިކުނޑީގައި ސެރެޓޮނިން އަދި އެންޑޯފިން އުފައްދައިދޭ އެއްޗަކަށް ވާތީއެވެ. އަދި މީގެ އިތުރުން މިއީ މެގްނީޒިއަމް އާއި އަދިވެސް ތަފާތު އެކި އެންޓިއޮކްސިޑެންޓުތައް ހިމެނޭ އެއްޗެއް ކަމުން މިކެއުމުން ފިކުރުތަކާ ދުރުވެ، ހާސްކަން ފިލައެވެ. އަދި އޭގެ ސަބަބުން މީހާގެ މޫޑުވެސް ރަނގަޅުވެއެވެ.

ދޮންކެޔޮ

ދޮންކޭލަކީ އޭގައި ގިނަ އަދަދަކަށް ވިޓަމިން ބީ6 ހިމެނޭ އެއްޗަކަށްވީއިރު، މިއީ ސިކުނޑީގައި ސެރެޓޮނިން އުފައްދައިދޭ މާއްދާއެއް ވެސްމެއެވެ. މީގެ އިތުރުން މީގައި ގުދުރަތީ ހަކުރުތަކާއި ފައިބާ ހިމެނޭތީ މި ކެއުމުން މީހާގެ ލޭގައި ހަކުރު ހުންނަ މިންވަރު މަތި ނުވެ، ހަކަތަ ލިބެއެވެ. އަދި އޭގެ ސަބަބުން މީހާގެ މޫޑުވެސް ރަނގަޅުވެއެވެ.

ބަދަން

އެކި ކަހަލަ ބަދަން އަދި ސީޑްސްއަކީ އޭގައި ގިނަ އަދަދަކަށް ހަަށިގަނޑަށް ފައިދާހުރި ފެޓު، ހާއްސަކޮށް އޮމެގާ 3 ފެޓީ އެސިޑު ހިމެނޭ އެއްޗިއްސެވެ. މި ފެޓަކީ ސިކުނޑީގެ ސިއްހަތު ރަނގަޅު ކޮށްދޭ އަދި އެންޒައިޓީ އާއި ޑިޕްފެޝަން ފަދަ ނަފްސާނީ ބަލިތަކުން މީހާ ދުރުކުރުމުގައި އެހީވެދޭ އެއްޗެކެވެ. އެހެންކަމުން އަލްމަންޑު، އަދި ޗިއާ ސީޑު ފަދަ އެެއްޗިސް ކާނަމަ މީހާގެ މޫޑު ރަނގަޅުވެ، މީހާ އުފާވެރިކަންމަތީ ދެމިހުރުމަށް އެހީވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން