ދާދިފަހުން އީރާނުން ވަރުގަދަ މިސައިލުތައް ފޮނުވި އިރު ހަމާސް އިން ދިޔައީ އިސްރާއީލަށް އެއްގަމު މަގުން ހަމަލާދެމުން ކަމަށް އެގައުމުން ބުނެފިއެވެ.

އިސްރާއީލުގެ ޓެލް އަވީވް ސިޓީ ކައިރީގައި އޮންނަ ޖާފާގައި ހަތް މީހަކު މަރުވެ އެތައް ބަޔަކު ޒަހަމްވި ބަޑިޖެހުމުގެ ހަމަލާގެ ޒިންމާ ފަލަސްތީނުގެ ޖަމާއަތް، ހަމާސްގެ ހަތިޔާރު އެޅި ވިންގުން ވަނީ ނަގާފަ އެވެ.

"[ހިސޯރުކޮށްފައިވާ ހުޅަނގު އައްސޭރި] ސިޓީ ހެބްރޫން އިން ހަނގުރާމަވެރިން ހިންގި ބަޠަލާ ޖާފާ އޮޕަރޭޝަންގެ ޒިންމާ އެޒެޑިން އަލް ގައްސާމް ބްރިގޭޑްސް އިން ނަގަން،" އެ ޖަމާއަތުން ބުދަ ދުވަހު ނެރުނު ބަޔާނެއްގައިވެ ވަނީ ބުނެފައެވެ.

އެޒެއްދީން އަލް ގައްސާމް ބްރިގޭޑްސް އިން އިސްރާއީލުގައި ދިން ހަމަލާގައި އެ ޖަމާއަތުން ދެ މީހަކު ވަނީ ބައިވެރިވެފައެވެ. އެއީ މުހައްމަދު މިސްކާއި އަހުމަދު އަލް ހައިމޯނީ އެވެ.

މި ހަމަލާ ދީފައިވަނީ އަންގާރަ ދުވަހުގެ ރޭ ދަންވަރު އީރާނުން އިސްރާއީލަށް ވަރުގަދަ ރޮކެޓްތަކެއް ފޮނުވާލުމުގެ ކުޑައިރުކޮޅެއް ކުރިންނެވެ.

ހަމާސްގެ ހަމަލާގައި މަރުވި މީހުންގެ ތެރެއިން ތިން މީހުންނަކީ އިސްރާއީލުގެ މީހުން ކަމަށާއި އެކަކީ ޖޯޖިއާގެ މީހެއް ކަމަށް އިސްރާއީލުގެ މީޑިއާތަކުން ވަނީ ބުނެފަ އެވެ. އަނެއް ބަޔަކީ ގްރީސް އާއި މޯލްޑޯވަން މީހެއް ކަމަށް އެގައުމުތަކުގެ ސަރުކާރުތަކުން ބުނެއެވެ. ހަތް ވަނަ މީހާގެ އައިޑެންޓިޓީއެއް އަދި ހާމައެއް ނުކުރެ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން