އދ.ގެ ވެރިޔާ ގުޓެރޭސް ނިރުބަވެރި އިސްރާއީލަށް އެތެރެވުން އެގައުމުން މަނާކޮށް އެކަން އިއުލާން ކޮށްފިއެވެ.

އިސްރާއީލުން މިކަން އިއުލާން ކޮށްފައި ވަނީ އިރާނުން ދިން ވައިގެ ހަމަލާތައް އދ ގެ ވެރިޔާ ކުށްވެރި ނުކުރައްވާ ކަމަށް ބުނެއެވެ. އެހެން އިސްރާއީލުން ވަނީ އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭސް، އިޒްރޭލަށް އެތެރެނުވެވޭ ގޮތަށް ބްލެކްލިސްޓު ކޮށްފި އެވެ.

މީގެ ކުރިންވެސް އިސްރާއީލުން ވަނީ އދ އިން އެގައުމާމެދު ތަފާތުކުރުން ގެންގުޅޭކަމަށް ބުނެފައެވެ. އެގޮތުން ފަލަސްތީނުގެ މައްސަލާގައި އދ އިން ތަފާތުކުރުން ގެންގުޅޭ ކަމުގެ ޝަކުވާ އިޒްރޭލުން އަބަދުވެސް ކުރެ އެވެ.

މި މައްސަލައާއި ގުޅިގެން އިސްރާއީލުގެ ފޮރިން މިނިސްޓަރު އިސްރާއީލް ކަޓްސް ބުނީ، އިރާނުން އިޒްރޭލަށް ދިން މިސައިލް ހަމަލާތައް ފާޅުގައި، ކެރިގެން ކުށްވެރި ކުރަން ގުޓެރޭސް ނުކުޅެދިފައިވާ ކަމަށެވެ. އަދި މި ހަމަލާތައް ކެރިގެން ކުށްވެރި ނުކުރާ އެއްވެސް މީހަކަށް އިޒްރޭލުގެ ފަސްގަނޑުގައި ފައިތިލަ ބީއްސާލުމުގެ ހައްގެއް ނޯންނާނެ ކަމަށް ކަޓްޒް އެކްސްގައި ކުރި ޕޯސްޓެއްގައި ބުންޏެވެ.

އެމެރިކާއިން ހަތިޔާރު ފޯރުކޮށްދޭ ނިރުބަވެރި އިސްރާއީލުން ބުނީ ގުޓެރޭސް އަކީ "މީހުން މަރައި، ރޭޕްކުރާ ނިރުބަވެރިންނަށް" ތާއީދު ކުރައްވާ ބޭފުޅެއްގެ ކަމަށެވެ.

އިރާނުން އަންގާރަ ދުވަހުގެ ރޭ އިޒްރޭލަށް ވަރުގަދަ ވައިގެ ހަމަލާތައް ދިނުމާ އެކު، ގުޓެރޭސް ވަނީ މެދުއިރުމަތީގެ ހާލަތު އިތުރަށް ގޯސްވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، ހަމަލާތައް ވަގުތުން ވަގުތަށް ހުއްޓާލަންޖެހޭ ކަމަށް ވިދާޅުވެފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން