ފަތުރުވެރިކަން ދަމަހައްޓަން ދިވެހި ގޮތްތައް ހިފަހައްޓަން ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.

މިއަދު ފާހަގަކުރާ ގައުމީ ފަތުރުވެރިކަމުގެ ދުވަހާ ގުޅިގެން ރައީސް މުއިއްޒު އެކްސްގައި ވިދާޅުވީ ފަތުރުވެރިކަމުގެ ބިންގަލަކީ މިތުރުވެރިކަމާއި އެކުވެރިކަމާއި، ހިތްހެޔޮކަމާއި، އަމާންކަމާއި، ރައްކާތެރިކަން ކަމަށެވެ.

އެހެންކަމުން ރާއްޖޭގެ ފަތުރުވެރިކަން ކާމިޔާބުކަމާއިއެކު ދެމެހެއްޓުމުގައި ދިވެހިންގެ ސުލްހަވެރި އޮމާން ދިވެހި ގޮތްތައް ހިފެހެއްޓުން ނުހަނު ބޭނުންތެރި ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ސަރުކާރުން ވެރިކަމަށް އައުމަށް ފަހު ފަތުރުވެރިކަން ފުޅާކުރުމަށް ދަނީ މަސައްކަތް ކުރަމުން ނެވެ.

އެގޮތުން ކޮންމެ އަތޮޅަކަށް ފަތުރުވެރިކަމުގެ މާސްޓާ ޕްލޭނެއް ހެދުމަށް ވެސް ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން އާ މަންޒިލްތަކުން ފަތުުރުވެރިން ގެނައުމަށް ވެސް ވަނީ މަސައްކަތް ފަށައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން