ބޭރު ފައިސާ ގަނެވިއްކުމާބެހޭ އާ ގަވައިދުގެ ދަށުން ބޭރު ފައިސާ ގަނެވިއްކުމުގެ ލައިސަންސް އަލަށް ދޫކުރާނީ ގިނަވެގެން 50 ފަރާތަށް ކަމަށް އެމްއެމްއޭ އިން ހާމަކޮށްފިއެވެ.
ބޭރު ފައިސާގެ ވިޔަފާރި ކުރުމާ ގުޅޭގޮތުން އަލަށް އެކުލަވާލި ޤަވާއިދުގެ ދަށުން ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރި ކުރުމުގެ ލައިސަންސަށް އެދި ހުށަހެޅުމުގެ ފުރުސަތު އެމްއެމްއޭއިން އިއްޔެ ވަނީ ހުޅުވާލާފައެވެ.
އެގޮތުން އެމްއެމްއޭ އިން ބުނެފައިވަނީ އާ ގަވައިދުގެ ދަށުން އަލަށް ލައިސަންސް ދޫކުރާނީ ގިނަވެގެން 50 ފަރާތަށް ކަމަށެވެ. އަދި ލައިސަންސަށް އެދޭ ފަރާތްތައް އެއަށްވުރެ އިތުރުވާ ނަމަ ލައިސަންސް ދޫކުރާނެ ފަރާތްތަކަށް ކަނޑައަޅާނީ ގުރުއަތު ލައިގެންކަމަށް އެމްއެމްއޭ އިން ވަނީ ބުނެފައެވެ.
އެމްއެމްއޭ އިން ބުނީ އާ ގަވައިދަށް އަމަލު ކުރަން ފަށާއިރު އެމްއެމްއޭ އިން ދޫކޮށްފައިވާ ލައިސަންސެއް ލިބިގެން ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރި ކުރާ ފަރާތްތަކުން، އާ ގަވައިދުގެ ދަށުން ލައިސަންސަށް އެދި ހުށަހަޅާ ހުށަހެޅުމަށް ވަކި ގޮތެއް ނިންމަންދެން މިހާރު ދޫކޮށްފައިވާ ލައިސަންސްގެ ދަށުން ވިޔަފާރި ކުރިއަށް ގެންދެވޭނެ ކަމަށެވެ.
އަދި އާ ގަވައިދަށް އަމަލު ކުރަން ފަށާ ތާރީހުން ފެށިގެން ދެ މަސް ތެރޭ ޓިއާ 1 ނުވަތަ ޓިއާ 2 ލައިސަންސަށް އެދެން ޖެހޭނެ ކަމަށާއި އެހެން ނޫންނަމަ އާ ގަވަައިދަށް އަމަލު ކުރަން ފަށާތާ ދެ މަސް ތެރޭ މިހާރު ދޫކޮށްފައިވާ ލައިސަންސް ބާތިލް ވާނެ ކަމަށް އެމްއެމްއޭ އިން ވަނީ ބުނެފައެވެ.
އެމްއެމްއޭގެ އިޢޫލާނުގައި ބުނެފައިވަނީ ލައިސަންސް އާ ކުރަން ހުށަހަޅާނީ އެ ކަމަށް ހާއްސަކޮށްފައިވާ ފޯމުން ކަމަށެވެ.
ބޭރު ފައިސާ ގަނެވިއްކުމާބެހޭ އާ ގަވައިދުގެ ދަށުން ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރި ކުރުމަށް ހާއްސަ ކުންފުންޏެއް އުފައްދަން ޖެހެ އެވެ. ހަމައެއާއެކު ވިޔަފާރީގެ މުއާމަލާތްތަކާ ގުޅޭ ލިޔެކިޔުންތައް ފުރިހަމައަށް ބަލަހައްޓަން ޖެހޭއިރު ވިޔަފާރީގެ މުވައްޒަފުންގެ ގޮތުގައި ގެންގުޅެން ޖެހެނީ ދިވެހިންނެވެ.

ކިޔުންތެރިންގެ ހިޔާލު