ސައުދީއަށް މަސް އެކްސްޕޯޓުކުރަން ފަށަން މަގުފަހިކުރުމަށް އެމްއޯޔޫއެއްގައި ސޮއިކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ސައުދީ ސަރުކާރުން އެ އެމްއޯޔޫގައި ސޮއިކުރަން ނިންމިކަން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު އެކްސްގައި ވަނީ ހާމަކުރައްވައިފަ އެވެ.

އެ އެމްއޯޔޫގެ ތަފްސީލު ހާމަކުރައްވައި މިނިސްޓަރު ވިދާޅުވީ އެއާއެކު ރާއްޖެއިން ބާނާ މަސް ސައުދީއަށް އެކްސްޕޯޓްކުރަން ހުރި ފުރުސަތުތައް ބަލައި ޓެކްނޮލޮޖީ އާއި ފަންނީ ވިސްނުން ހިއްސާކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

ހަަމަ އެހެންމެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް މެރިކަލްޗާ ސިނާއަތަށް އިންވެސްޓްމަންޓްތައް ގެނައުމަށް އެހީތެރިވެދޭނެ ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.

އެ އެމްއޯޔޫގައި ސޮއިކުރާނެ ތާރީހެއް ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ،


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން