ކޮރިއެންޑާ ނުވަތަ ކޮތަނބިރިއަކީ އެކިކަހަލަ ކާއެއްޗެހި ތައްޔާރު ކުރުމަށްޓަކައި އަޅުގަނޑުމެން އެންމެންވެސް ބޭނުންކުރާ އެއްޗެކެވެ. މިއީ ސިއްހަތަށް ފައިދާހުރި މާއްދާތަކެއް އެކުލެވިގެންވާ އެއްޗަކަށްވީއިރު، މިއީ އަޅުގަނޑުމެންގެ ގެތަކުގައި ފަސޭހަކަމާއެކު ހައްދާލެވޭ އެއްޗެއްވެސް މެއެވެ.
އެހެންކަމުން މިފަހަރު މި ހިމަނާލަނީ ގޭގައި ކޮތަނބިރި ގަސް ހައްދާނެ ގޮތެވެ.
- އަލަށް ގަސް އިންދަން ފަށާ މީހެއް ނަމަ، އޮށް ބޭނުން ކޮށްގެން ކޮތަނބިރި ގަސް އިންދުމަށްވުރެ ފަސޭހަވާނީ ކޮތަނބިރި ގަހުގެ އޮފިތައް ބޭނުންކޮށްގެން ގަސް އިންދުމެވެ. އެގޮތުން ވަރަށް ރަނގަޅަށް ހެދިފައިވާ ކޮތަނބިރި ގަހެއްގެ އޮފިތައް ބޭނުންކޮށްގެން ގަސް އިންދަން އުޅޭނަމަ ފަސޭހަކަމާއެކު އެ ގަސް ހެދި ބޮޑުވާނެއެވެ. އަދި އެ ގަސް ބޮޑުވުމުން އެއިން އިތުރު އޮފިތައް ކަނޑައި ގަސް ހެއްދޭނެއެވެ.
- ގަސް އިންދަން އޮފި ހޯދަން ބޭނުންނަމަ ގާތް އެކުވެރިއެއްގެ ގޭގައި މިފަދަ ގަހެއް ހުންނަ ނަމަ އެމީހެއްގެ އަތުން އޮފިކޮޅުތައް ހޯދިދާނެއެވެ. އެހެން ނޫނީ ފިހާރަތަކުގައި ހުންނަ ކޮރިއެންޑާ ފަތްތައް ގަނެ، އޭގައި ހުންނަ ރީތި، ސިއްހަތު ރަނގަޅުހެން ހީވާ އަދި އެންމެ ފެހި އޮފިތައް ބޭނުން ކޮށްގެންވެސް ކޮތަނބިރި ގަސް އިންދިދާނެއެވެ.
- ގަސް އިންދުމަށްޓަކައި އެންމެ ފުރަތަމަ ރީތި ކޮތަނބިރި އޮފިކޮޅެއް ނަގައި އެ އޮފިކޮޅު 3-5 ބަޔަށް ބުރިކޮށްލާނީއެވެ.
- އެއަށްފަހު ފެން އަޅާފައި ހުރި އެތެރެ ފެންނަ ކަހަލަ ފުޅިއެއްގައި ކޮތަނބިރި އޮފިތައް ޖަހާނީއެވެ. އޮފިތައް ފެނަށް ޖަހާއިރު، އޭގެ ކުރި ފެނުން މަތީގައި ބެހެއްޓުމަށް ސަމާލުކަން ދޭންޖެހެއެވެ. އެހެން ނޫންނަމަ މާ ގިނަ ދުވަހެއް ނުވެ، އޮފިތައް ހަލާކުވެދާނެއެވެ.
- އެއަށްފަހު އޮފިތައް އަޅާފައި ހުރި ފުޅި އިރުގެ އަލި ލިބޭކަހަލަ ތަނެއްގައި ދުވަސްކޮޅަކަށް ބަހައްޓާނީއެވެ.
- އަދި ފުޅީގެ ފެން ކޮންމެ ދުވަހަކުވެސް ބަދަލު ކުރަން ޖެހޭނެއެވެ. މިހެން ހެދުމުން މާ ގިނަ ދުވަހެއް ނުވެ އޮފިތަކުން މޫތައް ފެންނަން ފަށާނެއެވެ.
- 10 ވަރަކަށް ދުވަސްތެރޭގައި އިންދަން ބަހައްޓާފައިހުރި އޮފިތަކުން މުލާއި ކުރިތައް ފެންނަން ފަށާނެއެވެ. މިހެން ވާން ފެށުމުން ކޮތަނބިރި އޮފިތައް ފުޅިން ނަގައި މުށިގަނޑެއްގައި ނުވަތަ އެނޫން އެއްޗެއްގައި އިންސާނާއެވެ.
- އެ އޮފިތައް އިންދަން ޖެހޭނީ ގަހަށް ބޭނުންވާ ނިއުޓްރިއެެންޓުތައް ލިބެން ހުންނަ ފަސްގަނޑެއްގެ ތެރޭގައެވެ.
- ގަސް ކާނާ ހިމެނޭ ފަހުގައި ކޮތަނބިރި އޮފިތައް އިންދުމަށްފަހު ކޮންމެ ދުވަހަކު އެއް ފަހަރު އެއަށް ފެން ދޭން ޖެހޭނެއެވެ. ފެން ދޭއިރު މާގިނައިން ފެން ދީފިނަމަ ގަހުގެ މޫތައް ކަޅުވެ، އޭގެ ސަބަބުން ގަހުގެ ފަތްތައް ކަޅުވުމަކީވެސް އެކަށީގެންވާ ކަމެކެވެ. އެހެންކަމުން ފެން ދޭއިރު މިކަމަށް ވަރަށް ބޮޑަށް ވިސްނަންވާނެއެވެ. އަދި މީގެ އިތުރުން ކޮންމެ ދުވަހަކުވެސް ގަހުގެ ފަތްތަކަށް ފެން ސްޕްރޭއި ކޮށްލަން ޖެހޭނެއެވެ.
- އަދި ގަސް މުށިތައް ބަހައްޓަން ވަނީ އިރުގެ އަލި ލިބޭ ތަނެއްގައެވެ. ސަބަބަކީ ގަސް ހެދިބޮޑުވުމުގައި އިރުން ލިބޭ އައްޔަކީ ވަރަށް މުހިންމު އެއްޗަކަށް ވާތީއެވެ.
- 20 ވަރަކަށް ދުވަސްފަހުން ގަސް ހުންނާނީ ބޭނުން ކުރެވޭ ވަރަށް ހެދި ބޮޑުވެފައެވެ.
ކޮތަނބިރި ފަތަކީ އޭގައި ގިނަ އަދަދަކަށް ވިޓަމިނާއި މިނަރަލް އެކުލެވޭ އެއްޗެކެވެ. އަދި މިއީ ތަފާތު އެކިކަހަލަ އެންޓި ބެކްޓީރިއަލް ޕްރޮޕަޓީތަައްވެސް ހިމެނޭ އެއްޗެކެވެ. އެހެންކަމުން މި ބޭނުން ކުރުމުން މީހާގެ ދިފާއީ ނިޒާމު ވަރުގަދަވެ، މީހާ ބަލިތަކުން ދުރުކޮށްދެއެވެ. އަދި މީގެ އިތުރުން މި ބޭނުން ކުރުމުން މީހާގެ ލޭގެ ޕްރެޝަރު ދަށްކޮށްދީ ހިތުގެ އެކި މައްސަލަތަކުންވެސް މީހާ ދުރުކޮށްދެއެވެ.
މަސްދަރު: އިންޑިއާޓައިމްސް އާއި ވެބްއެމްޑީ

ކިޔުންތެރިންގެ ހިޔާލު