ޖަޒުބާތީ ގުޅުން ވަރުގަދަ ނަމަ ދިރިއުޅުން އުފާވެރިވޭ- ގޫގުލް އިމޭޖެސް
ޖަޒުބާތީ ގުޅުން ވަރުގަދަ ނަމަ ދިރިއުޅުން އުފާވެރިވޭ- ގޫގުލް އިމޭޖެސް
ހަޔާތުގެ ބައިވެރިޔަކު ޚިޔާރުކުރާއިރު ކޮންމެ މީހަކުވެސް ވަރަށް ފުންކޮށް އެކަމާމެދު ވިސްނާނެއެވެ. އެގޮތުން ހަޔާތުގެ ބައިވެރިޔާ ޚިޔާރުކުރާއިރު އެމީހަކާ އެންމެ ގުޅޭ، ވިސްނުން އެންމެ އެެއްގޮތް މީހާ ޚިޔާރުކުރެވޭތޯ ކޮންމެ މީހަކުވެސް ބަލައެވެ. ދިގުދެމިގެންދާ ގުޅުމެއް ބިނާކުރުމަށް ދެން އެންމެ މުހިންމު އަނެއް ކަމަކީ ބައިވެރިޔާއާއި ދެމެދު އޮންނަ ޖަޒުބާތީ ގުޅުން ވަރުގަދަވުމެވެ. މިކަން މިހެން ވާން ޖެހޭ ވަރަށް ގިނަ ސަބަބުތަކެއްވެއެވެ.

ބައިވެރިޔާއާއި އެކު އެ އޮންނަ ޖަޒުބާތީ ގުޅުން ވަރުގަދަ ނަމަ އެކަކު އަނެކެއްގެ އިހުސާސްތައް ރަނގަޅަށް ދެނެގަނެވޭނެއެވެ. އަދި އޭގެ ސަބަބުން ދިމާވާ އެކި ކަންކަމުގައި ގޮތް ނިންމަން ފަސޭހަވެ، އަރައިރުންވާން ޖެހޭ ވަރު މަދުވެއެވެ. އަދި ދެމީހުންގެ ޖަޒުބާތުތައްވެސް އެކަކު އަނެކަކަށް ވިސްނޭތީ، ދެމީހުންވެސް އެކަކު އަނެކަކަށް އިހުތިރާމު ކުރާ ވަރު ބޮޑުވެއެވެ. އަދި އޭގެ ސަބަބުން ޒަވާޖީ ހަޔާތް ވަރަށް ކާމިޔާބުވެއެވެ.

މީގެ އިތުރުން ބައިވެރިޔާއާއެކު އެ އޮންނަ ގުޅުމަކީ ޖަޒުބާތީ ގޮތުން ވަރުގަދަ ގުޅުމެއްނަމަ، ބައިވެރިޔާގެ އަޅާލުމާއި އެހީ އެންމެ ބޮޑަށް ބޭނުންވާ ދުވަހު، އެ އެހީ ފަސޭހަކަމާއެކު ލިބޭނެއެވެ. އަދި ހަޔާތުގައި އަންނަ އަޑިގުޑަންތަކުގައި ތިބާގެ އަތުގައި ހިފައި، ތިބާއަށް އެހީތެރިވެދޭން ހުންނާނެއެވެ. އަދި ހަމަ އެހެންމެ ހަޔާތުގައި ދިމާވާ އުސްމިންތަކުގައިވެސް ތިބާގެ އެންމެ ގާތުގައި ހަޔާތުގެ ބައިވެރިޔާ ހުންނާނެއެވެ. މިކަން މިހެންވަނީ ޖަޒުބާތީ ގުޅުން ވަރުގަދަ ވުމުގެ ސަބަބުން ދެމީހުންވެސް އެކަކު އަނެކަކާ ގުޅި ލާމެހިފައިވާތީއެވެ. އަދި ދެމީހުންގެވެސް ވިސްނުމާއި ފިކުރުތައް އެކަކު އަނެކަކަށް ވިސްނޭތީއެވެ.

އަދި މީގެ އިތުރުން ބައިވެރިޔާއާއެކު އޮންނަ ޖަޒުބާތީ ގުޅުމަކީ ވަރުގަދަ ގުޅުމެއްނަމަ ދެމީހުންވެސް އެކަކު އަނެކަކަށް އިތުބާރުކުރާވަރު ބޮޑުވެއެވެ. އަދި އޭގެ ސަބަބުން ހަޔާތުގެ ހުރިހާ ކަމެއްވެސް ބައިވެރިޔާއާއި ހިއްސާ ކުރަން ފަސޭހަވެ، ބައިވެރިޔާއަކީ ތިބާގެ އެންމެ ގާތް އެކުވެރިޔާ ކަމުގައި ވެސް ވެގެން ދެއެވެ. އަދި އޭގެ ސަބަބުން ޒަވާޖީ ހަޔާތުގައި ދިމާވާ މައްސަލަތައް މަދުވެ، ދެމީހުންނަށްވެސް ވަރަށް އުފަލުގައި އުޅެވެއެވެ.

ބައިވެރިޔާއާއެކު އޮންނަ ޖަޒުބާތީ ގުޅުން ވަރުގަދަ ނަމަ ދެމީހުންގެ ގުޅުން އިތުރަށް ފުރިހަމަ ވެގެން ދާކަން މިކަންކަމަށް ވިސްނާލުމުންވެސް އެނގެއެވެ. އެހެންކަމުން ތިބާގެ މުޅި އުމުރު ދުވަހު އެކުގައި އުޅޭނެ ބައިވެރިޔާ ޚިޔާރުކުރުމުގައި މިކަމަށް ވިސްނައި، ދެމީހުންގެ ދެމެދުގައި ވަރުގަދަ ޖަޒުބާތީ ގުޅުމެއް ވޭތޯ ބެލުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި މިއީ ދެމީހުންގެ ގުޅުން މަރުދުވަހާ ހަމައަށް ދަމަހައްޓަން ބޭނުންވާނަމަ ވަރަށް މުހިންމު ކަމެއްވެސް މެއެވެ.

މަސްދަރު: ޓައިމްސްއޮފްއިންޑިއާ


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން