15 ކިލޯގެ ކެނެބިސް އެތެރެކުރި މެލޭޝިއާގެ ދެ މީހުންގެ މައްޗަށް ދައުވާކުރަން ފޮނުވައިފި އެވެ.
ކޯރ ހުއާން ބޫ އާއި އެން ޖީ ތަމް ލިޕް ނަމަކަށް ކިޔާ މެލޭޝިއާ ދެ މީހުން ކަސްޓަމްސްއިން އަތުލައިގަތީ ޖުލައި މަހު ފަހުކޮޅުއެވެ.
މީގެ ކުރިން އެ މީހުންގެ ބަންދުގެ މުއްދަތު އެތައް ފަހަރަކު އިތުރުކޮށްފައިވާ އިރު ކްރިމިނަލް ކޯޓުން ރޭ ނެރުނު ބަންދު އަމުރުގައި ވަނީ އެ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފަ އެވެ. އެއީ ރިމާންޑް ޖަލެއްގަ އެވެ،
ރޭ ނެރުނު ބަންދު އަމުރުގައި ބުނީ އެ ދެ މީހުންގެ ތަހުގީގު ފުލުހުން ނިންމައި ދައުވާކުރަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.
ބަންދު އަމުރުގައިވާ ގޮތުން ކަސްޓަމްސް އޮފިސަރާއި ފުލުހުންގެ ބަޔާނާއި އަދި މޮބައިލް ފޮރެންސިކް ރިޕޯޓާއި ތަހުލީލަށް ބަލާލާއިރު އެ ދެ މީހުންގެ މައްޗަށް އެކަށީގެންވާ ވަރަށް ތުހުމަތު ކުރެވޭ މިންވަރުގެ ހެކި ހުށަހަޅާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު