[މިހިރީ މަގޭ ފިރިމީހާ ޒަހީން. ވަރަށް ހިތްހެޔޮވާނެ. ކޮންމެ މީހަކާވެސް ގުޅޭ މިޒާޖެއްގެ ވެރިއެއް.] ރާނިޔާ ޒަހީން ތަޢާރަފްކޮށްދިނެވެ. ޒަހީން ރަޝްފާމެނަށް ބަލައިލުމަށްފަހު ހިނިތުންވެލިއެވެ.
[ދެން އަހަރެމެން ޒަހީނަށް ތަޢާރަފްކޮށްދީ.] ލަހުފާ ލާނެތް ހިނިގަނޑެއް ޖަހާލަމުން ބުންޏެވެ.
[މިއީ ރަޝްފާ. ދެން މިއިނީ ލަހުފާ.] ރާނިޔާ އޭނާގެ ރަޙްމަތްތެރިން ތަޢާރަފްކޮށްދިނެވެ.
[ހިނގާ ދަމާ. މިހާރުވެސް މާލަސްވެއްޖެ.] ޒަހީން ނުކުންނަން ހިނގައިގަތެވެ. ފަހަތުން ރާނީއާއި ރަޝްފާމެންވެސް ހިނގައިގަތެވެ.
އެރޭ ޒަހީންމެނަށް ގެޔަށް އާދެވުނުއިރު އެގާރަ ޖަހާ ބޮޑުވެއްޖެއެވެ. ފާއިޒާއާއި ރާފިޢުވެސް ނިދައިފިއެވެ.
[މިރޭ މަންމަ ވަރަށް ރުޅި އަންނާނެ، ނުކައި ދިޔައީމާ.] ގެޔަށް ވަންނަމުން ރާނިޔާ ވާހަކަ ދެއްކިއެވެ.
[މަންމަ ރުޅިއަރުވާކަށްނު، އަހަންނަށް ކާންނުދީ ގެންދިޔައީ.] ޒަހީން ކުށްވެރިކުރީ ރާނިޔާއެވެ.
[އޭތް ރާނީ މާދަމާ ހަތްގަޑި ބައިގައި އޮފީހަށް ދާންޖެހޭނެ. މިރޭ ތަންކޮޅެއް އަވަހަށް ނިދާލާހިތްވަނީ.....] ޒަހީން ވަނީ ކޮޓަރިއަށެވެ. ފަހަތުން ރާނިޔާވެސް ވަނެވެ.
[ރާނީ....މިރޭ ނިދާނީ....އާދެބަލަ މިތަނަށް.] ޒަހީން އެނދުގައި އޮށޯންނަމުން އެދުނެވެ. ޒަހީން ވާހަކަ ދެއްކި ގޮތުން، ޒަހީން ކަމަކަށް އެދޭކަން ރާނިޔާއަށް އެނގުނެވެ. ރާނިޔާގެ މޫނުމަތިން ލަދުވެތިކަމުގެ އަސަރު ފާޅުވިއެވެ.
[އަޅެ އާދެބަލަ....] ޒަހީން އާދޭހުގެ ރާގަކަށް ބުންޏެވެ. ރާނީ ހުރިގޮތަށް ހުރީއެވެ. އެންމެފަހުން ޒަހީން ލައްވާ އާދޭސް ކުރުވާކަށް ރާނީއަކަށް ކެތެއް ނުކުރެވުނެވެ. އެހެން ނޫނަސް، ބާރަ ޖަހަންވާއިރަށް އޭނާ ހުސްވާންޖެހެއެވެ. ރާނީ މަޑުމަޑުން ހިނގާފައި ގޮސް ޒަހީން އޮތް އެނދުގައި އިށީނެވެ. ޒަހީން މަޑުމަޑުން ރާނިޔާއާ ގާތްވެލިއެވެ. ރާނިޔާވެސް ބޮޑަށް ޒަހީންގެ އަތުތެރެއަށް ބޮނޑިވެލައިފިއެވެ.
އެގާރަގަޑި ފަންސާސްވީއިރުވެސް ރާނިޔާއަކަށް ޒަހީންގެ ކިބައަކުން ސަލާމަތެއް ނުވެވުނެވެ. އެހެނަސް ފަހުވަގުތު ޖެހުމުން، އޭނާ ކޮންމެވެސް ގޮތެއް ރާވާނެއެވެ.
ކާކުގެ ނަޞީބެއް ކަމެއް ނޭނގެއެވެ. ބާރަޖަހާ ދޭއް ހިނގިއިރު، ޒަހީނަށް ނިދުނެވެ. ރާނިޔާ އަވަސް އަވަހަށް ކޮޓަރިން ނުކުމެ، ލޮނުޒިޔާރަތްކޮޅު ތޮށިގަނޑު މައްޗާ ދިމާލަށް މިޞްރާބު ޖެހިއެވެ. އެހެނަސް އޭރު ވަގުތުތައް ގުނަމުން ގަޑީގެ ކަށި އެނބުރެމުންދެއެވެ. އެއީ ކޮންމެވެސް މީހެއްގެ ބަދުނަޞީބުކަން ޔަޤީނެވެ. ތޮށިގަނޑު މައްޗަށް ދެވުމުގެ މާކުރިން ރާނިޔާގެ ހަށިގަނޑު ބިރުވެރި ސިފައަށް ބަދަލުވެ، ދިރިހުރި ފުރާނައަކަށް ފެންބޮވައިގަތެވެ. ރާނީ ދެކޮޅުހޯދާ ބަލަން ފެށިއެވެ. މީހަކު ފެންނަން ނެތުމުން އޭނާ ކުރިއަށް ހިނގައިގަތެވެ. އޭރު އޭނާއަށް ހުރީ ވާނެ ހުރިހާ އެއްޗެއް ވެފައެވެ. އޭނަ އެސިފައިގައި ހުއްޓާ ފެނިއްޖެނަމަ، ބިރުނުގަންނާނޭ އެކަކުވެސް ނުހުންނާނެކަން ޔަޤީނެވެ. ހިނގަމުން ގޮސް ވަކިހިސާބަކަށް ދެވުނުތަނާ، ފަހަތުން މީހަކު ހިނގާފައި އަންނަހެން ހީވެގެން، އޭނާ ސިހިފައި އެނބުރުނެވެ.
ޒުވާން ފުރައިގެ ފިރިހެން ކުއްޖަކު އޭނާއާ އަރާހަމަވަނީއެވެ. އޭނާ ފުރްޞަތުގެ ބޭނުންކުރިއެވެ. ހަމަ ވަގުތުން އެ ޒުވާނާ އޭނާގެ ޝިކާރައަކަށް ވެއްޖެއެވެ. ކަރުހިއްކުން ފިލުވައިލުމަށްފަހު، އޭނާ ހިނގައިގަތްއިރު މުޅި މަގުމަތީ އޮތީ އެޒުވާނާގެ ލެއިން ކަޅިވެފައެވެ. ގުނަވަންތައް އޮތީ ކުދިކުދިވެފައެވެ. ރަނގަޅަށް ސިފަވެސް ވަތްކެއް ނުވެއެވެ.
ރާނިޔާ އެނބުރި ގެޔަށް އައިސް ވަންއިރުވެސް، ޒަހީން އޮތްގޮތަށް ނިދާފައި އޮތެވެ. ރާނިޔާ ފާޚާނާއަށް ވަދެ ހަށިގަނޑުގައި ހުރި ލޮނުފެނުގެ އަސަރު ފިލުވާލުމަށްފަހު، އެނދުގެ މަގަތުގައި އޮށޯވެއްޖެއެވެ. ފަހުން ރާނިޔާއަށް ރޮވުނެވެ. އޭނާގެ ފަރާތުން ފިރިމީހާ ކަހަލަ އިންސާނަކަށް ދެވުނު އަނިޔާ ހިތަށް ތަޞައްވުރު ކުރެވޭތީއެވެ.
އަނެއް ދުވަހު ހެނދުނު ޒަހީން ހޭލިއިރުވެސް ރާނިޔާ ނުތެދުވެއެވެ. ހަށިގަނޑަށް ލިބިފައިވާ ބޮޑު ލޮޑު ކަމެއްގެ ސަބަބުން ހޭލެވުނީމަވެސް އޮތީއެވެ.
[ރާނީ....ބަލީތަ؟] އެހެން ދުވަސްތަކާ ޚިލާފަށް، ރާނީ ނުތެދުވެ އޮތުމުން ޒަހީން ކަންބޮޑުވިއެވެ.
[އުހުނ، ބައްޔެއް ނޫން. ކުޑަކޮށް ބޮލުގައި ރިއްސަނީ.] ރާނިޔާ އަމިއްލަ ދިފާޢުގައި ދޮގުހެދިއެވެ.
[ޕެނަޑޯލް ގުޅައެއް ކާލަބަލަ. މާބޮޑަށް ސަކަރާތްވަންޏާ ޑޮކްޓަރަށް ދައްކާތި. މިއަދު އޮފީހުގައި ވަރަށް މަސައްކަތް އޮންނާނެ.] ޒަހީން އޮފީހަށް ދާން ނުކުތެވެ. ޒަހީން ދިޔުމާއެކު ރާނިޔާ ތެދުވިއެވެ. ތެދުވުމާއެކު ރޭގެ ޙާދިޘާގެ މަތިން ހަނދާންވާން ފެށިއެވެ. އެމީހާއާ ދޭތެރޭ ކަންތައް ކުރެވުނު އިހާނެތިގޮތެވެ. މަރުން ސަލާމަތްވުމަށް އެމީހާ ފަކީރު ކުރި މަސައްކަތެވެ.
ކުއްލިއަކަށް ރާނިޔާއަށް ރޮވިއްޖެއެވެ. އޭނާއަކީ ދިރޭ ފުރާނަތަކަށް ހުރި ނުރައްކަލަކަށްވީތީއެވެ. އޭނާގެ ޢަޒުމަކީ ކޮންމެ ރެޔަކުވެސް ބާރަ ޖެހުމުގެ ކުރިން ތޮށިގަނޑު މައްޗަށްދާށެވެ. ނަމަވެސް އޭނާ ޢަޒުމް ކަނޑައަޅައިގެން ހުންނަ ގޮތަށް ކަންތައްވަނީ މަދު ރޭތަކެއްގައެވެ. ގިނަރޭރޭ އޭނާއަށް އޮންނަނީ ތޮށިގަނޑާ ހަމައަށް ނުދެވިފައެވެ. ރެޔަކީވެސް އެ ބަދުނަޞީބާ ކުރިމަތިލާން ޖެހުނު ރެއެވެ.
[ދަރިފުޅާ ރާނީ.....އަދިވެސް ނުތެދުވަނީތަ؟] މަންމަ ބޭރުން ގޮވި އަޑު އިވުނެވެ.
[ނޫނޭ ތެދުވެއްޖައީމޭ.] ރާނިޔާ ދޮރު ހުޅުވިއެވެ. ރާނިޔާ ދޮރު ހުޅުވުމުން، ދޮރުމަތީގައި ހުރި ފާއިޒާ ގަޑިއަށް ބަލައިލިއެވެ.
[މިހުރިހާއިރު ވަންދެން ތިޔައޮތީ ސައިވެސް ނުބޮއެއްނު. ގަޑިން މިހާރު އަށެއްޖަހަނީ. މަންމަވެސް މިއައީ ދަރިފުޅު ތެދުވީމާ ސައިބޯން ކަމަށް.] ފާއިޒާ ދަރިފުޅުގެ ބުރަކަށީގައި ފިރުމާލިއެވެ.
[މަންމަ އަހަރެން ނަޔަސް ސައިބުއިނަމަ.] ރާނީ ކޮޓަރިން ނުކުތެވެ.
[އޭރުންނޯ. ދަރިފުޅު އެކަނި ސައިބޯން ޖެހުނީމަ، ރަނގަޅަކަށް ނުވެސް ކެވޭނެ. ދެންވެސް އަވަހަށް ހިނގާ ސައިބޯން.] ފާއިޒާ ގޮސް ވަނީ ކާކޮޓަރިއަށެވެ. ފަހަތުން ރާނިޔާވެސް ކާކޮޓަރިއަށް ވަދެއްޖެއެވެ.
[މަންމާ މިއަދު ރިހަގަނޑުގެ ކުލަ ހާދަ ތަފާތޭ.] ރާނިޔާ ތަށްޓަށް ރިހަ އަޅައިގެން ކާން ފަށައިފިއެވެ.
[ކުލަ ތަފާތުތަ؟] ރަޝްފާ ވާހަކަ ދެއްކީ ލޯބިވެރިޔާ މާއިލާއެވެ.
[އާނ މުޅިމީހާ ތިހުރީ ރީނދޫވެފައެއްނު. ހީވަނީ ރީނދޫ ހުން ޖެހިފައި ހުރިހެންވިއްޔަ.] މާއިލް ވާހަކަ ދެއްކީ، ރަޝްފާގެ ކުލަ ބަދަލުވެފައިވާކަން ރަނގަޅަށް ފާހަގަކުރެވިގެންނެވެ.
[އާނ މިއަދު ހެނދުނު ތެދުވިއިރު މަންމަމެންވެސް ކިޔޭ، އަހަރެން ރީނދޫވެފަޔޭ.] ރަޝްފާ ބުންޏެވެ. ރަޝްފާއަކީ ކުޑައިރުން ފެށިގެންވެސް އޭނާގެ ހަށިގަނޑުގެ ރީތިކަމަށް ފަޚްރުވެރިވާ ކުއްޖެކެވެ. އެކަމާ އޭނާގެ ބައެއް ރައްޓެހިން އޭނަދެކެ ބައެއްފަހަރަށް ރުޅިވެސް އާދެއެވެ.
[އަޅެ ކިހާދެރަ ވަރަށް ބޮޑަށް އެނގޭތަ؟] ރަޝްފާ ކަންބޮޑުވިއެވެ.
[ގެޔަށްވަދެ ލޯގަނޑުން ބަލާލަބަލަ. އަނެއްކާ ނުގުޅޭ ކޮންމެވެސް އެއްޗެއް ކެއީތަ؟] މާއިލްވެސް ހުރީ ފިކުރު ބޮޑުވެފައެވެ. ލޯބިވެރިޔާގެ ހަށިގަނޑަށް އައިސްފައިވާ އާދަޔާ ޚިލާފު ބަދަލުގެ ސަބަބުންނެވެ.
[އަންނާނަން ބަލާފައި.] ރަޝްފާ ގެޔަށް ވަނެވެ. މާއިލް ރަޝްފާ އަންނަންދެން މަޑުކުރިއެވެ.
[އޭތް......މިއަދު އެތެރެއަށް ނުވަދެވިފަތަ؟ ރަޝްފާ ނުވެއްދީ....ދޯ.] މާއިލް ސިހުނީ ލަހުފާގެ އަޑުންނެވެ.
[އަހަނ ލަހޫ، ރަޝް ހުއްދަ ނުދީގެން.....] ކުއްލިއަކަށް ލަހުފާ ފެނުމުން މާއިލް ބުންޏެވެ.
[ކޮބާ ރަޝް.....އަނެއްކާ ގޭގަ ނޫޅެނީތަ؟] ލަހުފާ އެތެރެއަށް ވަންނަމުން އެހިއެވެ.
[ދެމީހުން އެއް ބައްޔެއްތަ؟.....] މާއިލަށް ލަހުފާގެވެސް ކުލަ ބަދަލުވެފައިވާކަން ފާހަގަކުރެވުނެވެ.
[ކީކޭ! ކޮންބައްޔެއް؟] ލަހުފާ މަޑުޖެހިލިއެވެ. ލަހުފާއަކަށް އޭނާގެ ހަށިގަނޑަށް ބަދަލެއް އައިސްފައިވާ ކަމެއް ފާހަގައެއް ނުކުރެވެއެވެ.
[ނޭނގޭތަ؟ މުޅި މީހާ ތިހިރީ ރީނދޫ ވެފައެއްނު. ރަޝްވެސް އެދިޔައީ ލޯގަނޑު ކައިރިއަށް އަމިއްލަ ސިފަ ދެކިލަން.] މާއިލް މިހެން ބުނިއިރު، ރަޝްފާ ބޭރަށް ނުކުންނަނީއެވެ. ރަޝްފާ ފެނުމުން ކުލަ ބަދަލުވެފައިވާކަން ލަހުފާއަށް ފާހަގަކުރެވުނެވެ.
[އަޅެ ލަހޫވެސް ތިހިރީ ރީނދޫވެފައެއްނު.] ރަޝްފާ އެމީހުންނާ އަރާހަމަކުރަމުން ބުންޏެވެ.
[ހަމަ އަހަރެން ބުނާނީ ރަޝްއާއި ލަހޫ ނުގުޅޭ ކޮންމެވެސް އެއްޗެއް ކެއީއޭ.] އެއީ މާއިލަށް ލަފާކުރެވޭގޮތެވެ.
[އަހަރެމެން ރޭގައި ކެއީ ކޯޗެއްތަ؟] ރަޝްފާ ވިސްނަން ފެށިއެވެ.
[އާނ، ރަޝް ރޭގަ ޝިޒޫއާއެކު ސްކޫޕަށް ގޮސް، ރެހެންދި އައިސްކްރީމް ބުއީމެއްނު.] [ލަހުފާ ކުއްލިއަކަށް ހަނދާންވާ ކަހަލަ ގޮތަކަށް ބުންޏެވެ. ތެދެކެވެ. ގެއިން ބޭރުން އެމީހުން ބުއީ އައިސްކްރީމް އެކަންޏެވެ.
[އައްދޭ! ކުރީގައިވެސް އައިސްކްރީމް ބޮމެއްނު. ތީ ދެން ކިހާ ހަމަނުޖެހޭ ވާހަކައެއް.] ރަޝްފާގެ ގާތަށް އައީ ނުލަފާ ހިންޏެކެވެ.
[ދެން އެންމެ ރަނގަޅު. މިއަދު ރަޝްއާއި ލަހޫއާ ދެމީހުން އެކުގައި ދޭބަލަ ޑޮކްޓަރަށް ދައްކަން. އޭރުން ވެގެން އުޅޭ ގޮތެއްވެސް އެނގިދާނެއެއްނު.] މާއިލް ލަފާދިނެވެ.
[ތެދެއް މިއަދު ހޮސްޕިޓަލަށް ދާންވާނެ. ހޮސްޕިޓަލަށް ނުގޮސް އަޅާނުލާ ތިއްބާ، ނުބައި ބައްޔަކަށްވެސް ވެދާނެ.] ލަހުފާގެ ހިތުގައި ބިރުވެރިކަން އުފެދުނެވެ.
އެދުވަހު ހަވީރު ރަޝްފާއާއި ލަހުފާ ހޮސްޕިޓަލަށް ދިޔައެވެ. އެވަގުތު ހޮސްޕިޓަލްގައި ޢާންމު ބަލިތަކަށް ފަރުވާ ދިނުމަށް ހުރީ ހަމުގެ ޑޮކްޓަރ ރޯޝަންއެވެ.
[ލަފާކުރެވެނީ ހަމުގެ މައްސަލައެއް ކަމަށް. ރަނގަޅުވާން ދުވަސްވާނެ.]
ޓެސްޓްތަކަށްފަހު ޑޮކްޓަރ ބުންޏެވެ.
[ކިހާ ދުވަހެއް ނަގާނެތޯ؟] ރަޝްފާ ހުރީ ހިތް އަވަސްވެފައެވެ. ލަހުފާވެސް ހުރީ މާޔޫސްވެފައެވެ. އެބައްޔަށް އެމީހުން ބޭނުންވަނީ ވީހާވެސް އަވަސް ފަރުވާއެކެވެ.
[ނޫނޭ މިފަހަރު ދޭނަން ދެބޭހެއް. ތިންދުވަސް ތެރޭގައި ރަނގަޅު ނުވެއްޖިއްޔާ، އަނެއްކާވެސް ދައްކާލާތި.] ޑޮކްޓަރ ބޭސް ލިޔެދިނެވެ. ބޭސް ލިޔެދިންއިރުވެސް ރަނގަޅުވެދާނެ ކަމުގެ އެއްވެސް އުންމީދެއް ޑޮކްޓަރުގެ ނެތެވެ. ބޭސް ލިޔެދިނީ ބަލިމީހާގެ ހިތްހަމަޖައްސައި ދިނުމުގެ ގޮތުންނެވެ. ޑޮކްޓަރުގެ މާބޮޑު އުއްމީދެއް ނެތްކަން ރަޝްފާމެނަށްވެސް ޔަޤީންވިއެވެ.
ރަޝްފާމެން ގެޔަށް އައީ މާޔޫސްވެފައިވާ ޙާލެއްގައި ތިބެގެންނެވެ.
[ކޮންކަހަލަ ބައްޔެކޯ؟] ރަޝްފާމެން ގެޔަށް އައިސް ވަނުމުން، ރަޝްފާގެ މަންމަ ޒާހިދާ އެހިއެވެ.
[މަންމާ....ރަނގަޅުވާނެ ކަމުގެ ޔަޤީންކަމެއް ޑޮކްޓަރު ނުދޭ.] ރަޝްފާ ރޯން ފެށިއެވެ. ޒާހިދާ ރަޝްފާގެ ބުރަކަށީގައި ފިރުމަން ފެށިއެވެ.
[މައްސަލައެއް ނެތް. ކީކޭ ބުނީ؟] ޒާހިދާވެސް ހުރީ ދެރަވެފައެވެ.
[ރަނގަޅުވާން ދުވަސް ނަގާނެޔޯ.] ރަޝްފާ ބުންޏެވެ. ކުޑަކުއްޖެއްހެން ރަޝްފާ ރޯން ފެށުމުން، ދެރަވެފައި ހުރި ލަހުފާ ދިޔައީ އޭނާގެ ގެޔަށެވެ. އޭރު އޭނާއަށްވެސް އޭނާގެ އަމިއްލަ ޙާލަތާމެދު ވިސްނާލެވުމުން ރޮވެން ފެށިއެވެ.
ޒަހީން ރޭގަނޑު އޮފީސް ނިންމާފައި އައިސް ގެޔަށް ވަންއިރު އަތުގައި ހަވީރު ނޫސްވެސް އޮތެވެ. އޭނާއަކީ މީގެކުރިން ދުވަހަކުވެސް ނޫހެއް ގެޔަށް ގެނައި މީހެއް ނޫނެވެ.
[ރާނީ.....ރާނީ......] އެތެރެއަށް ވަންނަމުން ޒަހީން ރާނީއަށް ގޮވިއެވެ. އޭނާ ގޮވިގޮތުން މުހިއްމު ޚަބަރެއް ނޫހުގައި އޮވެގެން އުޅޭހެންވެސް ހީވެއެވެ.
[ކިހިނެއްވީ؟ ހާދަ ހާސްވެފަ.] ރާނިޔާ ނުކުތެވެ.
[މި ނޫހުގައި މިވާ ޚަބަރެއް ކިޔާބަލަ.] ޒަހީން ރާނިޔާގެ އަތަށް ދިނީ ނޫހެވެ. ރާނިޔާ ނޫހުގެ ބޭރުގަނޑަށް ބަލާލިއެވެ. އެވަގުތު އެތަނަށް ޒަހީންގެ މަންމަވެސް އައެވެ.
[މަންމާ! މިނޫހުގައި މިއޮތް ޚަބަރު ކިޔާލަބަލަ.] މަންމަ އައުމުން ޒަހީން ބުނެލިއެވެ.
[ކީކޯ އޮތީ. އައިނު ނައަޅާ ކިޔަން މަންމައަށް ވަރަށް އުނދަގޫވާނެ.] ފާއިޒާ ގޮނޑީގައި އިށީނެވެ.
[މީގައި މިއޮތީ ރޭގައި ލޮނުޒިޔާރަތްކޮޅު ތޮށިގަނޑާ ދިމާ މަގުމަތިން ގުނަވަންތައްވެސް ވަކިކޮށްފައި މަރާލާފައި އޮތް މީހަކު ފެނުނު ވާހަކަ. އެމީހާގެ ސިކުނޑިވެސް އޮތީ ޗިސްވެފަޔޯ.] ޒަހީން މަންމައަށް ކިޔައިދިނެވެ.
[سبحان الله ! ތީ ކާކު ކުރި ކަމެއްކަން އެނގޭތަ؟] ފާއިޒާ ބިރުގަތެވެ.
[ނޭނގެޔޯ. ސިފައިން މައްސަލަ ބަލަމުންދާ ވާހަކަވެސް އެބައޮތް. މަންމާ އަޅެ އެމީހާއަށް ހާދަ ވަރެއް ކޮށްފައޭ އެއޮތީ.] ޒަހީން ހަމްދަރުދީވިއެވެ.
[ޒަހީން ދުށިންތަ؟] ނޫސް ފެނުމުން، ބަސް ހުއްޓިފައި ހުރި ރާނިޔާ ހަމަޖެހިލަން މަސައްކަތް ކުރަމުން ވާހަކަ ދެއްކިއެވެ.
[މަށެއް ނުދެކެން. ނޫހުގައި މިއޮތީނު ތަފްޞީލުކޮށް ލިޔެފައި.] ޒަހީން ރާނިޔާގެ އަތުން ނޫސް އަތުލިއެވެ.
[ރޭގައި މާލެއިން އާދަޔާ ޚިލާފު ގޮތަކަށް މީހަކު މަރުވެގެން އެބައުޅެއެއްނު.] އެވަގުތު އެތަނަށް އައިސް ވަން ޒަހީންގެ ބައްޕަ ރާފިޢު ވާހަކަ ދެއްކިއެވެ. އޭނާ ހިތުން އެދިނީ ޒަހީންމެނަށް އާ ޚަބަރެކެވެ.
[އަހަރެމެންވެސް މިދައްކަނީ ތިވާހަކައޭ. މިނޫހުގައި އެބައޮތޭ، ގުނަވަންތައްވެސް ހުރީ ވަކިންނޭ.] ޒަހީން ނޫސް، ބައްޕައާ ދިމާއަށް ދިއްކޮށްލިއެވެ.
[ބައްޕަ ކީއްކުރާ ނޫހެއް. ބައްޕަ މިއައީ އެތަނަށް ގޮސްފައޭ. ތެދެއް، އެމީހާގެ ސިކުނޑިއެއްވެސް ނެތް. ކިރިޔާ ސިފަ ވަކިކުރަން އެނގޭވަރުވަނީ. އެތާ ތިބި ބައެއް މީހުން އެބަކިޔާ، އިންސާނަކަށް ނުކެރޭނެޔޯ، އެފަދަ ގޮތަކަށް މީހަކު މަރާލާކަށް.] ރާފިޢު އެމީހާ އޮތްގޮތް ކިޔައިދިނެވެ.
[ބައްޕައަށް ތިޔަ ފެނުނު ގޮތަށް އަހަރެމެންނަށް ފެނިއްޖިއްޔާ، ބިރުން ހަލާކުވެދާނެ ދޯ ރާނީ.] ޒަހީން ބުނެލިއެވެ. ރާނިޔާ އާއެކޭ ބުނީ ބޮލުގެ ޙަރަކާތުންނެވެ.
[މި ނޫސް ލިބުނުފަހުން ރާނިޔާ ހީވަނީ ކޮންމެވެސް ކަމަކާމެދު ވިސްނާހެން. އަނެއްކާ ރާނިޔާ ދަންނަ ކުއްޖެއްތަ؟] ޒަހީން ރާނިޔާގެ މޫނުމަތިން ފާޅުވެ ފެންނަމުންދިޔަ ހާސްކަން ފާހަގަކުރަމުން ރާނިޔާއާ ދިމާކޮށްލިއެވެ. ޒަހީން ދިމާކުރުމުން ރާނިޔާ އިތުރަށް ހާސްވިއެވެ.
[ޒަހީން....ތިވާހަކަ ނުދައްކަބަލަ، ބިރުގަނެޔޭ.] ރާނިޔާ ހާސްކަން ފޮރުވަން މަސައްކަތް ކުރަމުން ބުންޏެވެ. ޒަހީން ހީކުރީ އެވާހަކަ ދެއްކުމުން، ޙަޤީޤަތުގައިވެސް ރާނިޔާ ބިރުގަތީ ކަމަށެވެ. އެހެންވެ އޭނާ އިތުރަށް އެވާހަކަ ނުދައްކާ ހުއްޓާލިއެވެ.
[ހިނގާބަލަ ކޮޓަރިއަށް.] ޒަހީން ގޮސް ވަނީ ކޮޓަރިއަށެވެ.
[ކޮފީ ތަށްޓެއް ބޭނުންތަ؟] ފަހަތުން ހިނގައިގަންނަމުން ރާނިޔާ އެހިއެވެ. އޭރު ޒަހީން ހުރީ ކޮފީއަކަށް ބޭނުންވެފައެވެ.
[އާނ....ކޮފީއެއް ގެނެސްދީ.]
[މިދަނީ......] ރާނިޔާ ކޮފީ ތަށްޓެއް ހަދަން ދިޔައެވެ. ޒަހީން އެނދުގައި އޮށޯވެލިއެވެ. އިރުކޮޅަކު އެހެން އޮތުމަށްފަހު، އޭނާ ހެދުން ބަދަލުކުރިއެވެ. ރާނިޔާ ކޮފީތަށި ހިފައިގެން އައިސްވަނީ އެވަގުތުއެވެ.
[މިހިރީ ކޮފީތަށި.] ރާނިޔާ [ސައިޑްކަބަޑް] މަތީ ކޮފީތަށި ބެހެއްޓިއެވެ.
[އުހުނ މަށެއް ނުބޯނަން. ރަޝްފާ ބޭސް ބުއިމަށް އިންކާރު ކުރަމުން ދިޔައެވެ.
ދަރިފުޅާ ބޭސް ނުބޮންޏާ، ބޮޑަށް ގޯހެއްނުވާނީ.] މަންމަ ޒާހިދާ ރަޝްފާއަށް ވިސްނައިދެވޭތޯ އުޅުނެވެ.
[މަންމާ ޑޮކްޓަރު އެހާ އުއްމީދެއް ނެތި ދިން ބޭހެއް އަހަރެން ބޯހިތެއްނެތް.] ރަޝްފާއަށް ރޮވޭގޮތްވިއެވެ. އޭނާގެ ހަށިގަނޑުގެ ކުލައަށް އަންނަ ބަދަލު، އޭނާއަށް ތަޞައްވުރު ކުރެވެއެވެ.
އެންމެފަހުން މަންމަ އާދޭސް ކުރަން ފެށުމުން ރަޝްފާ ބޭސް ބުޔެވެ.
ރަޝްފާ ފަދައިން ލަހުފާގެ ހަށިގަނޑުގެ ކުލަވެސް ފާއިތުވަމުންދާ ގަޑިއަކަށްފަހު ގަޑިއަކަށް އަންނަނީ ބަދަލުވަމުންނެވެ. ރަޝްފާ ބޭސް ނުބޯން އުޅުނަސް، ލަހުފާ، ޑޮކްޓަރު ދިން ބޭސް ގަވާއިދުން ބޭނުންކުރެއެވެ.
ބޭސް ބޮއި ނިމިގެން ރަޝްފާ ރާނިޔާއާ ގުޅިއެވެ.
[ޝިޒޫތަ؟] ރަޝްފާ ޝިޒްނީގެ އަޑުކަން ފާހަގަކޮށްގެން ވާހަކަ ދެއްކިއެވެ.
[އާނ ރަޝްފާތަ. އަނެއްކާ ކިހިނެއްވީ. މާ ނުވަގުތެއްގައި ތިޔަ ގުޅީ.] ރާނިޔާވެސް ވާހަކަ ދެއްކީ ރަޝްފާކަން އެނގިގެން ހުރެއެވެ.
[ނުކެރުނެއްނު ދައްކާލަންވެސް. ވަރަށް ބޮޑަށް ބަލިވެގެން ނުވެސް ތެދުވަން.] ރަޝްފާ ޝަކުވާ ކުރިއެވެ.
[ކިހިނެއްވީ؟ އަހަންނަކަށް ނާންގަމެއްނު. މާދަން ތިގެޔަށް ދާނަން.] ރާނިޔާ އެގެއަށް ދާނެ ކަމަށް ބުންޏެވެ. އޭރު ޒަހީން ކޮފީތަށި ބޮއިބޮއި އެނދުގައި އިނެވެ.
[ނޭނގެ، އެއްކަލަ ރޭ ސްކޫޕުން އައިސްކްރީމް ބުއީމަކަންނޭނގެ. މުޅިމީހާ ރީނދޫވެގެން މިއުޅެނީ. ބައެއް މީހުން އެބަކިޔާ ޖިންނި ކަންތަކެކޯ.] ރަޝްފާ ބަލީގެ ތަފްޞީލް ދިނެވެ.
[އޭނ....ޖިންނި ކަންތަކެކޭ....ކާކު ބުނީ.....] ރާނިޔާގެ ހިތުގެ ހިނގުންވެސް އަވަސްވިއެވެ. އެހިނގުމުގެ އަޑު، ރަޝްފާއަށްވެސް އިވޭކަހަލައެވެ.
[އައްދޭ ހާދަ ހާސްވެފަ ބިރުގަތީތަ؟] ރާނިޔާ ހާސްވެފައި ހުރިކަން އެނގުމުން ރަޝްފާއަށްވީ މަޖަލަކަށެވެ.
[ބިރުގަންނާނެއެއްނު.] ރާނިޔާ ބިރުގަންނަ ކަމަށް ހެދިއެވެ.
[ދެން އެންމެ ރަނގަޅޭ. އަހަރެންގެ ވާޖިބު އަދާކުރެވިއްޖެ. ރަޙްމަތްތެރިޔާއަށް އެންގިއްޖެ.] ރަޝްފާ ފޯނު ބޭއްވިއެވެ.
[ކާކުގެ ފޯނެއްތަ؟] ރާނިޔާ ފޯނު ބޭއްވުމުން ޒަހީން އެއްސެވެ.
[ރަޝާފާ. މާދަމާ ޖެހޭނެ އެގެޔަށްދާން.] ރާނިޔާ ޖަވާބު ދިނުމަށްފަހު ބުންޏެވެ.
[އަނެއްކާ މާބޮޑު ކަމެއް އޮތީތަ؟] ޒަހީން އެހިއެވެ.
[ރަޝްފާ އުޅެނީ ބަލިވެޔޯ.] ރާނިޔާ އޮޅުންފިލުވައިދިނެވެ.
[ތިހެންވީއިރު މާދަން ދާންވާނެ. އެއޮއް ބާރަޖަހަނީ ހިނގާ ނިދަން.] ޒަހީން ހެދުން ބަދަލުކޮށްގެން އެނދުގައި އޮށޯވެލިއެވެ. ރާނިޔާވެސް އެނދުގެ މަގަތުގައި އޮށޯތެވެ. އޭނާ ބޭނުންވަނީ، ވަގުތު ޖެހުމުގެ ކުރިން ޒަހީން ނިންދަވާށެވެ. އެހެންވެ އޭނާ އިތުރަށް އެއްވެސް ވާހަކައެއް ނުދައްކައެވެ.
އެރޭ ރާނިޔާ ބޭނުންވިގޮތަށް ވަގުތު ޖެހުމުގެ ކުރިން ޒަހީން ނިދިއެވެ.
ޖެހިގެން އައި ދުވަހު މެންދުރު ރާނިޔާއާއި ޒަހީން، ރަޝްފާމެންގެ ގެޔަށް ދިޔައެވެ.
[އާދެވިއްޖެދޯ، ކޮބާ ފިރިމީހާ ޒަހީން.] ރާނިޔާ އައިސް ވަނުމުން ރަޝްފާ އެއްސެވެ.
[ބޭރުގައި އެބަހުރި. އެބުނިހެން މުޅިން ތިއިނީ ބަދަލުވެފައެއްނު.] ރަޝްފާ އިށީނދެ އިން އެނދުގައި އިށީންނަމުން، ރާނިޔާ ވާހަކަ ދެއްކިއެވެ.
[ބުނެބަލަ ވަންނާށޭ. ތިހާ ބީރައްޓެހިވާކަށް ނުވާނެޔޭ.] ރަޝްފާ ބުންޏެވެ. ރާނިޔާ ނުކުމެ، ޒަހީން ގޮވައިގެން އައިސް ވަނެވެ.
[ޑޮކްޓަރަށް ދެއްކިންތަ؟] ރާނިޔާ އެހިއެވެ.
[ދެއްކިން. އެކަމަކު ޔަޤީންކަމާއެކު ރަނގަޅުވާނެޔޭ ބުނާކަށް ޑޮކްޓަރަކަށް ނޭނގުނު.] ރަޝްފާ ފެންކަޅިވިއެވެ.
[މިހާރުވެސް އަހަރެންދޭ އެންމެ ފެންތަށްޓަކުން ރަޝްފާ ތިބަލިން ސަލާމަތް ކޮށްދީފާނަން.] ރާނިޔާ ތެދުވެ މޭޒުމަތީ ހުރި ފެންޖަގުން ބިއްލޫރި ތަށްޓަށް ފެން އެޅިއެވެ. ކައިރީގައި ހުރި ޒަހީން ގާތަށް އައީ ނުލަފާ ހިންޏެކެވެ. ރާނިޔާ ފެންތަށި ހިފައިގެން ހުރެ ކޮންމެވެސް އެއްޗެހިތަކެއް ކިޔެވެ. އަޑުނީވުނަސް ރަޝްފާއަށާއި ޒަހީނަށް އެނގުނެވެ.
[އައްދޭ! ކިޔެވެއްޔެއްވެސް އެބަ ކިޔަވަޔޭދޯ.] ޒަހީން ރާނިޔާއާ ދިމާކޮށްލިއެވެ.
[މި ފެންތަށި އެއްކޮށް ބޯލަބަލަ. އަހަރެން ޔަޤީންކަންދެން ރަނގަޅުވާނެ ކަމަށް.] ރަނގަޅުވާނެ ކަމުގެ ޔަޤީންކަން ރާނިޔާ ދިނުމަށްފަހު، ރަޝްފާގެ އަތަށް ފެންތަށި ދިނެވެ.
ހަމަވަގުތުން ރަޝްފާ އެ ތަށި ބޮއިފިއެވެ.
[ދެން ބަލަން ހުންނާތި، ބަރާބަރު އެއްގަޑިއިރު ތެރޭގައި ރަނގަޅުނުވޭތޯ.] ރާނިޔާގެ ވާހަކައިގައި ވަނީ ޔަޤީންކަމެވެ. ރާނިޔާ ކިތަންމެ ޔަޤީންކަން ދިނަސް، ރަޝްފާގެ އުއްމީދެއް އަލެއް ނުވެއެވެ. އޭނާއަށް އޭނާގެ ބައްޔާމެދު އިތުބާރެއް ނުކުރެވެއެވެ. ޑޮކްޓަރުން ނުދިން ޔަޤީންކަމެއް، ވަކި ޝިޒްނީއަށް ދެވޭނެހޭ އޭނާގެ ހިތަށް އެރިއެވެ.
[އޭތް ދެން އަހަރެމެން ދަނިއްޔޭ. އަދި ޖެހޭނެއެއްނު، ލަހޫމެން ގެޔަށްވެސް ދާން.] ޒަހީނާއި ރާނިޔާ ނުކުތެވެ. ރަޝްފާ އިންގޮތަށް އިނީއެވެ.
އޭގެ ގާތްގަނޑަކަށް އެއްގަޑިއިރުފަހެވެ. ރަޝްފާގެ ލޯބިވެރިޔާ މާއިލް އައިސް ރަޝްފާ އޮތް ކޮޓަރިއަށް ވަނެވެ.
[އޭތް!.......ރަޝް.....ރަނގަޅުވީތަ.] ކޮޓަރިއަށް ވަންނަމުން، މާއިލް ވާހަކަ ދެއްކިއެވެ. އޭރު ރަޝްފާއަށް އޮތީ ނިދިފައިކަމުން، އޭނާއަކަށް އޭނާގެ ހަށިގަނޑު އިހު ހުންނަ ތާޒާ ކުލައަށް ބަދަލުވެފައި ހުރިކަމެއް ނޭނގުނެވެ. އޭނާއަށް ހޭލެވުނީވެސް މާއިލް ދެތިންފަހަރު ގޮވިފަހުންނެވެ.
[އޭތް...ރަޝް ބަލި ރަނގަޅުވީމަވެސް ނިދަނީތަ. ދެން ތެދުވެބަލަ.] މާއިލް ރަޝްފާ އެނދުން ނަގާ ތެދުކޮށްލިއެވެ.
[ބަލި ރަނގަޅޭ؟] ރަޝްފާ ތެދުވިއެވެ.
[ކިހިނެއްވީ، ހަށިގަނޑުގެ އެތެރޭގައި ވޭންހުރިތަ؟ ޔަޤީނުން ކުލަގަނޑު ތިހިރީ މުޅިން ރަނގަޅުވެފަ.] މާއިލް މިހެން ބުނުމާއެކު، ރަޝްފާއަށް އޭނާގެ ހަށިގަނޑަށް ބަލައިލެވިއްޖެއެވެ. ތެދެކެވެ. އޭނާގެ ހަށިގަނޑުގައި ރީނދޫ ކުލައިގެ އެއްވެސް އަސަރެއް މިހާރަކު ފެންނާކަށް ނެތެވެ.
[އަޅެ....ޝިޒޫ ހާދަ މޮޅޭ. ޔަޤީނޭ ފަންޑިތަ ބޮއިގެންހުރި މީހެއްކަން....] ރަޝްފާއަށް ބޭއިޚްތިޔާރުގައި ރާނިޔާއަށް ތަޢުރީފްކޮށްލެވުނެވެ. ބަލިން ރަނގަޅުވުމުން އޭނާއަށް ލިބިފައިވާ އުފާވެރިކަން، މޫނުމަތިން ވަރަށް ރަނގަޅަށް ފާހަގަކުރެވެއެވެ.
[ދަރިފުޅާ ފޯނެއް....ހީވަނީ ލަހުފާހެން.] މަންމަގެ އަޑު އިވުނެވެ. ރަޝްފާ ނުކުމެ ފޯނު ނެގިއެވެ.
[ހަލޯ ރަޝްތަ....އަޅެ ޝިޒޫ ހާދަ މޮޅޭ.] ލަހުފާވެސް ތަޢުރީފު ކުރީ ރާނިޔާއަށެވެ.
[ކިހިނެއްވީ؟] ރަޝްފާ ނޭނގޭ ކަމަށް ހެދިއެވެ.
[އޭނަ ތިގެޔަކަށް ނުދޭތަ. މިއަދު މިގެޔަށް އައިސް ކިޔަވާފައި ދިން ފެންތަށްޓެއް ބުއިމުން، މުޅިން ރަނގަޅުވެއްޖެ. އަޅެ އޭނާ ހާދަމޮޅޭ....] ލަހުފާއަށް އުފަލުން ވާހަކަ ދެއްކެނީވެސް ކިރިޔާއެވެ.
[މަވެސް ލަހޫއާ ގުޅަން އުޅެނިކޮށް ތިގުޅީ. ތިބުނީ ހަމަ ރަނގަޅަށް. ޝިޒޫ ވަރަށް މޮޅު. ޝިޒޫއަށް ތަޢުރީފް ކުރަން މިއަދު ހަވީރު ދާންވާނެ.] ރަޝްފާވެސް ހުރީ ވަރަށް ބޮޑަށް އުފާވެފައެވެ.
[އޭތް ދެން މިވަގުތު ބާއްވަނިއްޔޭ. މާއިވެސް އެބަހުއްޓޭ.] ރަޝްފާ ފޯން ބާއްވާފައި ގޮސް ކޮޓަރިއަށް ވަނެވެ.
[އަހަންނަށް ކިޔައިދީބަލަ ޝިޒްނީ ފަންޑިތަ ހެދީތަ؟] މާއިލްވެސް ހުރީ އޮޅުންފިލުވަން ބޭނުންވެފައެވެ.
[އާނ ދެންމެ ކިޔަވާފައި ފެން ތަށްޓެއް ދީފައި ބުނީ، އެއްގަޑިއިރު ތެރޭ ރަނގަޅުވާނޭ. ލަހޫވެސް ގުޅީ އެހެންވެގެންނޭ. އޭނަވެސް ރަނގަޅުވެއްޖޭ.] ރަޝްފާ އޮޅުންފިލުވައިދިނެވެ.
[ތިވެދާނެ އިއްތިފާޤަކަށްވެސް.] މާއިލަކީ ފަންޑިތަ ޤަބޫލުކުރާ މީހަކަށް ނުވިއެވެ.
[ނޫނޭ މާއީ، އޭނަ ދިޔައީ އެއްގަޑިއިރުތެރޭ ރަނގަޅުވާނެ ކަމުގެ ޔަޤީންކަން ދީފައޭ.] ރަޝްފާ ތެދުވެގެން ގޮސް ކޮޓަރި ދޮރު ލެއްޕިއެވެ. މާއިލް މަސްތީ އަސަރުތަކެއް ތުންފަތްމައްޗަށް ވެރިކުރުވަމުން، ރަޝްފާގެ އަތުގައި ހިފާ، އޭނާގެ ހަށިގަނޑާ ގާތްކޮށްލިއެވެ. މާއިލްގެ މޫނުމަތިން ފާޅުވި އަސަރުތައް ފެނުމުން، ރަޝްފާ ލަދުގެންފިއެވެ.
މޯޅިވަމުން ގޮސް ބޮޑަށް މާއިލާ ގާތްވެވިއްޖެއެވެ.
ހަވީރުވަމުންދިޔަ ވަގުތު ރާނިޔާއާއި މަންމަ ފާއިޒާއާ ދެމީހުން ހަވީރުގެ ސަޔަށް ކޮންމެވެސް ހެދިކާތަކެއް ތައްޔާރު ކުރުމުގައި އަވަދިނެތި އުޅެމުންދެއެވެ. ރާފިޢުވެސް ގެޔަކު ނޫޅެއެވެ. ޒަހީންވީ އޮފީހުގައެވެ.
[އައްސަލާމް ޢަލައިކުމް.] މީހަކު ސަލާމް ގޮވިއަޑަށް، ބޭރަށް ނުކުތީ ރާނިޔާއެވެ.
[އަހަނ ރަޝް...ލަހޫ......] ދޮރުމަތީގައި ތިބީ ރަޝްފާއާއި ލަހުފާއެވެ. ރާނިޔާއަށް ތަޢުރީފް ކުރުމަށް އައިހެވެ.
[އަޅޭ....ޝިޒޫ، ކާކުތަ ފަންޑިތަ ދަސްކޮށްދިނީ. ޝިޒޫ ހާދަ މޮޅޭ....ހާދަ މޮޅޭ....]
[އެތެރެއަށް ވަދެބަލަ....] ރާނިޔާ އެދުނެވެ. ރަޝްފާއާއި ލަހުފާ އެތެރެއަށް ވަނެވެ.
[ޝިޒޫ އަހަރެމެންނަށް ދަސްކޮށްދީބަލަ.] ރަޝްފާ އެތެރެއަށް ވަދެ އިށީންނަމުން އެދުނެވެ.
[ޤަބޫލު ކުރެވިއްޖެދޯ، އަހަންނަކީ މޮޅު މީހެއް ކަމަށް.] ރާނިޔާ ފަޚުރުވެރިވެލިއެވެ.
އެއީ ޒަހީންވެސް އޮފީސް ނިންމާފައި އައިސް ވަން ވަގުތެވެ.
[އަހަނ ރަޝްފާ، ލަހުފާ! ބަލިގަނޑު ރަނގަޅުވީތަ؟] އެތެރެއަށް ވަންނަމުން ޒަހީން އެއްސެވެ.
[ރަނގަޅުވީހޭ؟ ރަނގަޅުކޮށްދިނީ ޒަހީންގެ އަނބިމީހާއެއްނު.] ރަޝްފާއާއި ލަހުފާއާ ދެމީހުން އެއްކޮށް ވާހަކަ ދެއްކިއެވެ.
[އަޞްލުގައިވެސް ރާނީ ދިން ފެންތަށި ބުއިމުން ރަނގަޅުވީތަ!] ޒަހީން ހުރީ ޙައިރާންވެފައެވެ.
[އައްދޭ ޝިޒްނީގެ ނަންވެސް ބަދަލުކުރީތަ؟] ޒަހީން ޝިޒްނީއަށް ރާނީއޭ ކިޔުމުން ރަޝްފާ އެހިއެވެ.
[އެއީ ޒަހީން ލޯބިން ކިޔާގޮތް.] ޖަވާބު ދިނީ ރާނިޔާއެވެ. ޒަހީން ރަޝްފާމެނަށް ބަލައިލުމަށްފަހު ހިނިތުންވެލިއެވެ.
[އޭ ދެން ބުނެބަލަ، ކާކުތަ ފަންޑިތަ ހަދަން ދަސްކޮށްދިނީ؟] ރަޝްފާ ބޭނުންވީ، ރާނިޔާއަށް ފަންޑިތަ ހަދަން ދަސްކޮށްދިނީ ކާކުތޯ އޮޅުންފިލުވާށެވެ.
[އަހަންނަށް ދަސްކޮށްދިނީ އަހަރެންގެ ބައްޕަ. ބަލިމަޑުކަމުން ސަލާމަތްވާނެ ހުރިހާ ފަންޑިތައެއް، ބައްޕަ އަހަންނަށް ދަސްކޮށްދިން.] ރާނިޔާ ޙަޤީޤަތް ފޮރުވުމަށްޓަކައި ދޮގު ހެދިއެވެ.
[އަހަރެމެންނަށްވެސް ދަސްކޮށްދޭންވީނު.] ލަހުފާ ޝައުޤުވެރިކަމާއެކު އެދުނެވެ.
[ދަސްކޮށްދިނަކަސް އެންމެންނަކަށް އެކަން ކުރާކަށް ނޭނގޭނެ. އިދިކޮޅަށް ޖެހިއްޖިއްޔާ، ހަދާ މީހާ މޮޔަވެސް ވެދާފަދަ ބާރުގަދަ އެއްޗެއް ފަންޑިތައަކީ.] ރާނިޔާ ވާހަކަ ދެއްކީ، ފިސާރި ވިސްނުންތެރިކަމާ އެކުގައެވެ.
[ތިޔަހެންވީއިރު ނުކެރޭނެ ދަސްކުރާކަށްވެސް.] ލަހުފާ ބިރުގަތެވެ. އެއީ ރާނިޔާ ބޭނުންވެސްވީ ގޮތެވެ.
[މިއަދު ދާންވާނީ ސައިވެސް ބޮއިގެން. އަންނާނަން ސައި ހަދާފައި.] ރާނިޔާ ގޮސް ކާކޮޓަރިއަށް ވަނެވެ.
[ނޫން އަހަންނެއް ސައެއް ނުބޯނަން.] ހއ. ކެލާގައި ހުރި ޝިޒްނީ ސައިބުއިމަށް ދެކޮޅު ހަދަމުން ދިޔައެވެ. މިހާރަކަށް އައިސް ޝިޒްނީ ކެއުން ބުއިން ވަރަށް ބޮޑަށް މަދުވެއްޖެއެވެ. ކޮންމެ ދުވަހަކުވެސް ބޮޑުދައިތަ ޙަފީޒާ، އެތައް ނަޞޭޙަތެއްދެއެވެ. މާލެ ދިޔުމަށްވެސް އެދެއެވެ.
ކޮންމެ ފަހަރަކުވެސް ޝިޒްނީ، އެކަމާ ދެކޮޅުހަދައެވެ. ޒަހީނަށް އޭނަ ފެނި، ޒަހީންގެ ޙަޔާތުގެ ކުރިމަގަށް ހުރަސް އަޅާކަށް އޭނާ ބޭނުމެއް ނުވެއެވެ.
ރަޙްމަތްތެރިޔާގެ ޙައްޤުގައި ޒަހީން އޭނާއާ ވަކިވާން ނިންމި ކަމުގައިވިޔަސް، ޒަހީން އޭނާދެކެ ލޯބިވާނެކަން އޭނާއަށް ޔަޤީނެވެ.
ޝިޒްނީ ނުކައި ނުބޮއި ހުރުމުން، ތިހަށިގަނޑަށް އިތުރު ފައިދާތަކެއްވާނެޔޭ ހީވަނީތަ؟] ބޮޑުދައިތަ ޙަފީޒާގެ ގާތަށް ކޮންމެވެސްވަރަކަށް ރުޅި އަތުވެއްޖެއެވެ. އެކަން އެނގެނީ އޭނާގެ ޙަރަކާތް ހުރިގޮތުންނެވެ.
[އަޅެ ޙަފިއްތާ އަހަރެން ހަމަ ކާހިތްނުވަނީޔޭ.] އެއީ ތެދެކެވެ. މިހާރު އޭނާ އެއްވެސް އެއްޗެއް ކާހިތެއްނުވެއެވެ.
[ކާހިތް ނުވާނެއެއްނު. އަބަދުވެސް ތިކުރަނީ އެއް ޚިޔާލެއްވިއްޔަ. އަމިއްލަ ނަފްސަށް އިތުބާރުކޮށްބަލަ.] ޙަފީޒާގެ ވާހަކަ ހުރީ ޝިޒޫއަށް ވިސްނައިދޭކަހަލަ ގޮތަކަށެވެ.
[ޙަފިއްތަ ތިޔަ ބުނާ ޚިޔާލެއް ނުކުރަމޭ. އެކަމަކު ޙަފިއްތާ އަހަރެން ދުނިޔޭގައި ހުރުމުގެ ބޭނުމަކީ ކޮބާ؟ އަހަންނަށް އޮތީ ކޮން އުފަލެއް؟] ޝިޒްނީގެ މޫޑު ބަދަލުވިއެވެ. ދެލޯ ކަރުނައިން ތެމިއްޖެއެވެ.
[ޙަފިއްތައަށްވެސް އިޙްސާސް ކުރެވޭ، ޝިޒޫ ދެރަވާނެވަރު. އެކަމަކު ހިތްވަރު ކުރެވިދާނެއެއްނު.] ޙަފީޒާގެ ލޮލުންވެސް ކަރުނަ އަންނަން ފެށިއެވެ. ނިކަމެތި ޝިޒްނީ ތަޙައްމަލް ކުރަމުންދާ ވޭނީ ހިތާމަތައް، އޭނާއަށް ތަޞައްވުރު ކުރެވެއެވެ.
[މަންމާ ބަނޑުހައިވެއްޖެ.] އެވަގުތު އެތަނަށް އައިސް ވަން ޙަފީޒާގެ ފިރިހެން ދަރިފުޅު ފުއާދު ބުންޏެވެ. ފުއާދަކީ ޝިޒްނީއާ ދާދި އެއް ޢުމުރެއްގެ ފިރިހެން ކުއްޖެކެވެ.
[ދަރިފުޅާ އިހަށްދޭ ފެންވަރައިގެން އަންނަން. ދަރިފުޅު ނުކުންނަންވާއިރަށް، މަންމަ ސައި ހަދާނަން.] ޙަފީޒާ އޭނާ އިށީނދެ އިން ގޮނޑިން ތެދުވިއެވެ.
ޝިޒްނީވެސް ތެދުވެގެން ގޮސް ކޮޓަރިއަށް ވަނެވެ.
*********************
ދުވަސްތައް ކުރިއެކޭވެސް އެއްފަދައިން މާޒީވަމުންދެއެވެ. މިރޭވެސް ރާނިޔާ މަސައްކަތް ކުރަމުންދަނީ ޒަހީން ނިންދަވާށެވެ.
(ނުނިމޭ)

ކިޔުންތެރިންގެ ހިޔާލު