މިދިޔަ އަހަރު އެސްޓީއޯ އަށް ލިބުނު ފައިދާ އިން ހިއްސާއަކަށް 58 ރުފިޔާބެހުމަށް އެ ކުންފުނީގެ ބޯޑުން ނިންމައިފި އެވެ.
މައިކްރޮސޮފްޓް ޓީމްސް ލައިވް އިވެންޓްސް މެދުވެރިކޮށް 30 އޮގަސްޓް 2020 ވާ އާދިއްތަ ދުވަހުގެ ހަވީރު 04:00 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެސްޓީއޯގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި އެ ޢަދަދު ބެހުމަށް ފާސްކުރާނެއެވެ. މި ޖަލްސާގައި ބައިވެރިވުމަށް ނުވަތަ ޕްރޮކްސީ ހުށަހެޅުމަށް، 29 އޮގަސްޓް 2020 ވާ ހޮނިހިރު ދުވަހުގެ ހަވީރު 04:00 ގެ ކުރިން އެސްޓީއޯގެ ވެބްސައިޓްގައި ހޮސްޓް ކޮށްފައިވާ ވެބްޕޭޖް މެދުވެރިކޮށް ރަޖިސްޓަރީ ކުރަންޖެހެ އެވެ.
ނިމިދިޔަ 2019 ވަނަ އަހަރަކީ އެސްޓީއޯގެ ތާރީހްގައިވެސް މާލީގޮތުން އެންމެ ކާމިޔާބު އެއް އަހަރެވެ. މިގޮތުން، އެ ކުންފުނީގެ ޖުމްލަ ފައިދާ އޭގެކުރީ އަހަރާ އަޅާބަލާއިރު 13 އިންސައްތަ އިތުރުވެފައިވާއިރު، ހިންގުމުގެ ފައިދާވަނީ 80 އިންސައްތަ އިތުރުވެފަ އެވެ.
މުޅި އެސްޓީއޯ ގްރޫޕްގެ ފައިދާވެސް ވަނީ 2018 ވަނަ އަހަރާ އަޅާބަލާއިރު ވަރަށް ބޮޑުތަން އިތުރުވެފަ އެވެ. އެގޮތުން، ނިމިދިޔަ 2019 ވަނަ އަހަރު އެސްޓީއޯ ގްރޫޕް ފައިދާގެ ގޮތުގައި 383 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.
އެސްޓީއޯ އިން ބުނީ، މި އަހަރު އެ ކުންފުނީގެ ހިއްސާގެ ފައިދާ ދޫކުރާ ގޮތަށް ހަމަޖެހިފައިވަނީ، ބޭންކް އެކައުންޓަށް ޖަމާކުރާ ގޮތަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު